Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބްގެ ޖަލު ބަދަލުކުރުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

އަދީބް ޖަލުން ބަދަލުކުރީ ފިއްލަވަން އުޅޭ ކަމަށް ފުލުހުން ވެސް އަދި ކަރަކްޝަނަލްއިން ވެސް ބުނެފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 މާރިޗު 2017 | ހުކުރު 17:12
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޝަރީއަތުގެ އަޑުއެހުމަކަށް މާލެ ގެންނަނީ - އޭނާ ޖަލުން ފިލުމަށް މަސައްކަތްނުކުރާކަމަށް ޤާނޫނީ ވަކީލުން ބުނެޭ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޝަރީއަތުގެ އަޑުއެހުމަކަށް މާލެ ގެންނަނީ - އޭނާ ޖަލުން ފިލުމަށް މަސައްކަތްނުކުރާކަމަށް ޤާނޫނީ ވަކީލުން ބުނެޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް، މާފުށީ ޖަލުން ފިލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ގެނެސްދީފައި ވަނީ ދޮގު ހަބަރެއް ކަމަށާއި، އެއްވެސް އިރެއްގައި ޖަލުން ފިލުމަށް އަދީބް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އަދީބް ކުއްލި ގޮތަކަށް މާފުށީ ޖަލުގައި ހުންނަވަނިކޮށް، ދޫނިދޫ ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ. ދުނިދޫ ޖަލަށް އަދީބުބަދަލުކުރުމާ ގުޅިގެން، އޮންލައިން ނިއުސް، "ވީއޮންލައިން" ގައި ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ގެނެސްދީގައިވާ ޚަބަރު ދޮގުކޮށް އަދީބްގެ ޤާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޚަބަރު ގެނެސްދީފައިވަނީ އަދީބްގެ ޤާނޫނީ ވަކީލުންގެ ބަހެއް ނެތި، އިވުނު ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ.

Advertisement - newsAdvertisement

އަދީބްގެ ޤާނޫނީ ވަކީލުން ވިދާޅުވީ، މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތްޕުޅު ކުރައްވާފައި ނުވާ ކަމަށާއި، އެފަދަ ގާނޫނާ ހިލާފު ކަމެއް ކުރައްވަން އެއްވެސް އިރެއްގައި އެމަނިކުފާނު ރާއްވަވާފައި ވެސް ނުވާ ކަމަށެވެ. އަދި ދޫނިދޫ ޖަލަށް އަދީބު ބަދަލުކޮށްފައި ވަނީ އެފަދަ ސަބަބެއް އޮވެގެން ކަން ފުލުހުންގެ ފަރާތުން ނުވަތަ ކަރެކްޝަންސް އިން ވެސް އަދީބަށް ނުވަތަ އާއިލާ އަށް ވެސް އަންގާފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ، އެކަމާ ގުޅޭ ޚަބަރުތައް ގެނެސްދީފައި ވަނީ ނަން ހާމަނުކުރާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެކަނި ކަމަށާއި އެ ޚަބަރުގައި އަދީބުގެ އާއިލާގެ ނުވަތަ ވަކީލުންގެ ބަހެއް ހިމަނާފައި ނުވާ ކަމަށެވެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ލިބިދޭ ހައްގު އަދީބަށް ވެސް ލިބިގެންވާ ކަމަށާއި މިފަދަ ޚަބަރުތައް ފަތުރާއިރު ގާނޫނުގައިވާ ގޮތުން ދެ ފަރާތުގެ ބަސް ހޯދުމަށް ވެސް އަދީބުގެ ވަކީލުން ވަނީ ނަސޭހަތްވެރިވެފަ އެވެ.

ޤާނޫނީ ވަކީލުން ދެކިވަޑައިގަންނަވާ ގޮތުގައި އަދީބު ދޫނިދޫ ޖަލުގައި ބެހެއްޓުމަކީ ޤާނޫނާ ހިލާފު ކަމެކެވެ. ދޫނިދޫ ޖަލަކީ ކަސްޓޯޑިއަލް ޖަލެކެވެ. ޤާނޫނު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލުގައި ބޭތިއްބޭނީ ހަމައެކަނި ތަހުޤީޤް މަރުހަލާގަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރެވޭ ފަރާތްތަށް ބަހައްޓަންޖެހޭނީ ރިމާންޑް ޖަލެއްގައެވެ. އަދި ޝަރީއަތް ނިމި، ހުކުމް ތަންފީޒްކުރާ ކުށްވެރިން ބައިތިއްބަންޖެހޭނީ އާންމު ޖަލެއްގަ އެވެ. އަދީބަކީ، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!
12 މާރިޗު 2017

މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު