Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުލޫފް

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

ހުއްދަ ދިނީ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ދިއުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 ފެބުރުއަރީ 2017 | ހޯމަ 18:02
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ބޭސްފަރުވާއަށް އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މަހުލޫފްގެ އަނބިކަބަލުން ނަޒުރާ ނަސީމް (ނަޒޫ) ވިދާޅުވީ ކަރެކްޝަންނަލް ސާވިސް އިން ހުއްދަ ދިނީ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަން 7 ދުވަހުގެ މުއްދަތެއް ކަމަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު 12:45 ގައި ކަމަށް ނަޒްރާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމެވެސް މިކަމާއި ގުޅިގެން ކަރެކްޝަނުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނެވުފައެވެ.

މަހުލޫފަށް ދީފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން އެނާ އެބުރި ރާއްޖެ ވަޑައިގަންނަވަން ޖެހެއެވެ. އެހެންނަމަވެސް ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށައެޅުމުގެ ފުރުޝަތު މަހުލޫފަށް އޮންނާނެކަމުގައި ވެއެވެ.

މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވުމުން ޑްކްޓަރުންގެ ލަފާގެ މަތިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި ވެސް ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައެވެ. އެ ފަހަރު މަހުލޫފަށް ދިނީ 10 ދުވަހުގެ މުއްދަތަކެއެވެ.

މަހުލޫފަށް ކުރިމަތިވެފައިވަނީ އެލާޖިކްވުމުގެ މައްސަލަތަކާއި ލޮލާއި ހަމުގެ މައްސަލަތަކެކެވެ. އެ މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން މަހުލޫފް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ. މަހުލޫފްގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ އަށް ދެމުންދަނީ އެންމެ އެކަށޭނެ ފަރުވާއެއް ނޫނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު