Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮސެކިއުޓާ ޖެނެރަލް

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

ވަކިވި ވަކީލުން ވަނީ ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރައްވާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 ފެބުރުއަރީ 2017 | ބުދަ 12:35
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް: ގިނަ އަދަދެއްގެ ވަކީލުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް: ގިނަ އަދަދެއްގެ ވަކީލުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންމެ އެންމެ ފުންނާބު އުސް ދެ ވަކީލުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވާފައިވަނީ ޕަބްލިކް ޕްރޮސެކިއުޓަރުންގެ މަގާމުގައި ތިއްބެވި، ނޫރުއްސަލާމް އަބޫބަކުރާއި އަހުމަދު ހިޝާމް ވަޖީހު އެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ހިޝާމް އިސްތިއުފާ ދެއްވި އިރު، ނޫރުއްސަލާމް އިސްތިއުފާ ދެއްވީ މިމަހުގެ ތެރޭގަ އެވެ.

ހިޝާމް މަސައްކަތް ކުރައްވާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާގެ މައްސަލައާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ބައެއް ދައުވާތަކާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލި ބައެއް ދައުވާތަކާއި ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ މައްޗަށް އުފުލި ދައުވާ ހިމެނެ އެވެ.

ނޫރުއްސަލާމް މަސައްކަތް ކުރެއްވި ބައެއް މައްސަލަތަކުގެ ތެރޭގައި، ރިޔާސީ ލޯންޗުކޮޅު ގޮއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާއާއި، ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ދައުވާގެ އިތުރުން އަބްދުލް މުހީތު (ބޮބީ)ގެ މަރުގެ މައްސަލައާއި ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ހިމެނެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގިނަ ވަކީލުންތަކެއް ދަނީ ބިޝާމްއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، ބައްދަލުވުންތަކުގައި ވަކީލުންގެ ޚިޔާލު ނުހޯދެއްވުމާއި، ވަކި ކަންތައްތަކެއް ކުރަން މަޖުބޫރުކުރުވުމާއި، އެއްފަހަރާ ގިނަ އަދަދެއްގެ މައްސަލަތައް ހަވާލުކުރުމާއި، ވަކީލުންނަށް ދިފާއުވުމަށް ފުރުސަތު ނުދެއްވާ ބިޝާމް އަށް ފެނިވަޑައިގަންނަވާ ގޮތްގޮތަށް ކަންތައް ކުރައްވަމުން ގެންދަވާ ކަމަށް ޕީޖީގެ ވަކީލުން ބުނެ އެވެ.

މީގެ އިތުރުން މައްސަލަތަކުގައި އެކި މީސްމީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި އިތުރު ފުރުސަތު ކޮމެޓީ އިން ނިންމާފައިވާ ބައެއް ނިންމުންތަކާއި ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ޕީޖީގެ ވަކީލުން ބުނެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ބިޝާމް ހަވާލުވެވަޑައިގެންނެވި ފަހުން އެތަނުގައި މަސައްކަތް ކުރުމަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި މުވައްޒަފުންނާއި ބިޝާމްއާ މެދު ޖެހޭ މައްސަލަތައް ހައްލުނުކުރެވި "ރުންކުރު" ޖަވާބުތައް ލިބެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ނޫރުއްސަލާމް އާއި ހިޝާމްގެ އިތުރުން، ބައެއް އެހެން ވަކީލުން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކިވުމަށް ވިސްނަމުންދާ ކަމަށެވެ. އެހެންކަމުން، ވަރަށް އަވަހަށް އިތުރު ވަކީލުންތަކެއް ވެސް އެ އޮފީހާ ވަކިވާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ބިޝާމް ވިދާޅުވީ ހިޝާމް ވަޒީފާއިން ވަކިކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި ނޫރުއްސަލާމްއާ ގުޅޭ ގޮތުން ބިޝާމް ވިދާޅުވީ އޭނާ ވަކިވީ ނޯޓިސް ދިނުމަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ބިޝާމް ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

ޝާމް ވަޒީފާއިން ވަކިކުރެއްވީ އަމިއްލަފުޅަށް ކަމަށް ބިޝާމް ވިދާޅުވި ނަމަވެސް، ހިޝާމް ވަޒީފާ އިން ވަކިކޮށް ދިން ލިޔުމުގައި ބުނެފައިވާގޮތުން ވަޒީފާ އިން ވަކިވީ އަމިއްލަ އަށް އެދިގެންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު