Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުލޫފް

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

ބޭސްފަރުވާ އަށް މަހުލޫފަށް ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 21 ފެބުރުއަރީ 2017 | އަންގާރަ 14:00
އަހުމަދު މަހުލޫފް

އަހުމަދު މަހުލޫފް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ބޭސްފަރުވާއަށް އަންގާރަ ދުވަހު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ) ވިދާޅުވީ، ކަރެކްޝަންނަލް ސާވިސް އިން ހުއްދަ ދިނީ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަން 7 ދުވަހުގެ މުއްދަތެއް ކަމަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު 12:45 ގައި ކަމަށް ނަޒުރާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަހުލޫފަށް ދީފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން އެނާ އެބުރި ރާއްޖެ ވަޑައިގަންނަވަން ޖެހެއެވެ. އެހެންނަމަވެސް ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށައެޅުމުގެ ފުރުސަތު މަހުލޫފަށް އޮންނާނެކަމުގައި ވެއެވެ.

މަހުލޫފު އެލާޖިކުވުމުގެ މައްސަލަ ސީރިއަސްވުމުން، ޑޮކްޓަރުންގެ ލަފާގެ މަތިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި ވެސް ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައެވެ. އެ ފަހަރު މަހުލޫފަށް ދިނީ 10 ދުވަހުގެ މުއްދަތަކެއެވެ.

މަހުލޫފަށް ކުރިމަތިވެފައިވަނީ އެލާޖިކުވުމުގެ މައްސަލަތަކާއި ލޮލާއި ހަމުގެ މައްސަލަތަކެކެވެ. އެ މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން މަހުލޫފް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ. މަހުލޫފްގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ އަށް ރާއްޖޭން ދެމުންދަނީ އެންމެ އެކަށޭނެ ފަރުވާއެއް ނޫނެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި
18 މެއި 2017

ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

18 މެއި 2017
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
15 މެއި 2017

މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ

15 މެއި 2017
މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ
30 މާރިޗު 2017

މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް

30 މާރިޗު 2017
މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު