Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިޔުންތަކަށް ބަދަލު ގެނައުން

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

ހެކި ނުލިބޭ ކަމަށް ލިޔެކިޔުންތައް ބަދަލުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 25 ފެބުރުއަރީ 2017 | ހޮނިހިރު 13:46
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ވައްކަމުގެ މައްސަލައަކުން ފިރިމީހާ ސަލާމަތް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޖީ އޮފީހުގެ ވަކީލުގެ ފިރިމީހާގެ މައްޗަށް ވައްކަމުގެ ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނިކޮށް ވަކީލު ވަނީ މައްސަލައިގެ ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނެސް ފިރިމީހާ ސަލާމަތް ކޮށްފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ވަކީލު ލިޔުއްވި ކޯޓް ޕްރޮސީޑިންތަކަށް ބަދަލު ގެނެސްފައިވަނީ ފިރިމީހާއާ ދެކޮޅަށް ހެކި ބަސް ނުލިބޭ ކަމަށް ބުނެ އެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ބަސް ނުލިބޭ ކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ކޯޓް ޕްރޮސީޑިންއަކީ އެ ދުވަހެއްގެ ޝަރީއަތެއްގައި ކަންތައްތައް ހިނގާ ގޮތް ޔައުމިއްޔާއެއް ސިފައިގައި ލިޔެފައި އޮންނަ ލިޔުމެކެވެ. ކަންތައްތައް ހިނގައިދިޔަ ގޮތް އޮޅުވާލުމަށް އެ ލިޔުން ބަދަލުކުރުމަކީ މަނާ ކަމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި މުހުތާޒް މުހުސިން ހުންނަވަނިކޮށް މި އަމަލު ހިންގާފައިވާއިރު، މިކަން ފަޅައިއެރީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ހުންނަވަނިކޮށް މިދިޔަ އަހަރު އެވެ.

މައްސަލަ ފެންމަތިވީ، އެ ވަކީލުގެ ފިރިމީހާގެ އެހެން މައްސަލައެއް މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާއި ގުޅިގެން، އޭނާގެ މައްސަލަތަކުގެ ރެކޯޑް ބެލުމުންނެވެ.

މި މައްސަލަ ފެންމަތިވުމާއެކު، ޕީޖީ އޮފީހުގެ ޚާއްސަ ކޮމެޓީއަކުން މައްސަލަ ބަލާފައި ވެއެވެ. ނަމަވެސް އެ ވަކީލާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ފިރިމީހާ ސަލާމަތްކުރުމަށް ލިޔެކިޔުންތަކަށް ބަދަލުތައް ގެނައި ވަކީލު މިހާރު ވެސް މަސައްކަތް ކުރައްވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގަ އެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރި ދައުވާތަކުގައި އެ ވަކީލު ވަނީ ކޯޓަށް ވަޑައިގެން ވަކާލާތު ވެސް ކުރައްވާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިފަދަ ކަމެއް ހިނގިކަން ދޮގުކޮށްފަ އެވެ. އެ އޮފީހުން ބުނީ އެފަދަ މައްސަލައެއް ފެންމަތިވެފައި ނުވާ ކަމަށާއި އަދި ބަލާފައި ވެސް ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ވީހާވެސް ބޮޑަށް މީހުން ބަންދުގައި ނުބަހައްޓާ ވާނެ ގޮތެއް ބެލުމަކީ ޕީޖީގެ މަސްއޫލިޔަތެއް: މެންބަރު ނަޝީދު

13 އޯގަސްޓު 2017
ވީހާވެސް ބޮޑަށް މީހުން ބަންދުގައި ނުބަހައްޓާ ވާނެ ގޮތެއް ބެލުމަކީ ޕީޖީގެ މަސްއޫލިޔަތެއް: މެންބަރު ނަޝީދު
20 ޖުލައި 2017

ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!

20 ޖުލައި 2017
ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!
10 ޖުލައި 2017

ކޯޓަށް ޕީޖީގެ ވަކީލުން ވަޑައިނުގަތުމުން ހިތާމަ ކުރަން : ގާސިމް

10 ޖުލައި 2017
ކޯޓަށް ޕީޖީގެ ވަކީލުން ވަޑައިނުގަތުމުން ހިތާމަ ކުރަން : ގާސިމް
08 ޖުލައި 2017

ޕީޕީއެމް ޕީޖީގެ ލަންކާ ދަތުރު: ނިހާން އާއި ފަލާހުގެ ވާހަކަފުޅު ދިމައެއްނުވޭ!

08 ޖުލައި 2017
ޕީޕީއެމް ޕީޖީގެ ލަންކާ ދަތުރު: ނިހާން އާއި ފަލާހުގެ ވާހަކަފުޅު ދިމައެއްނުވޭ!
08 ޖުލައި 2017

ލަންކާއަށް ވަޑައިގެންނެވި ޕީޕީއެމް ޕީޖީގެ ވަފުދު އެނބުރި ވަޑައިގެންފި

08 ޖުލައި 2017
ލަންކާއަށް ވަޑައިގެންނެވި ޕީޕީއެމް ޕީޖީގެ ވަފުދު އެނބުރި ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު