Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ސިއްހީ ހާލަތު

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އާއިލާއިން ވަނީ އެދިފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 މެއި 2017 | ހޮނިހިރު 12:39
ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފައި

ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފައި

ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށްސީރިއަސް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައިދެއްވުމަށް އެދި އާއިލާއިން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވަނިކޮށް، އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅިގެން ބުނާނެ އެއްޗެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން އަދީބަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ޢާއިލާއިން ބުނީ ބޮޑެތި ބަލިތަކާ ގުޅިގެން ޢާއިލާގެ ހަވާލުގައި ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތަކީ ބަންދުގައި ތިބޭ އެންމެހާ ފަރާތްތަކަށް ދެވޭ ފުރުސަތެއް ކަމަށާއި އެހެންކަމުން ޢާއިލާގެ ފަރާތުން މިހާރު ވާނީ ބޭސްފަރުވާއަށް އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައި ކަމަށެވެ.

އާއިލާއިން އެފަދަ ވާހަތަކެއް ދައްކާފައިވަނިކޮށް، އަދީބުގެ ބޭސްފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރާއްޖެއެމްވީއިން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް. ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުން ކުރާނެ ކޮމެންޓެއް ނެތް ކަމަށެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކުރިއިރު، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގި މަރުހަލާގައިވެސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވި އެވެ. އެހެންނަމަވެސް، ވަރަށް ގިނަ ދުވަސް ވަންދެން މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން ފަރުވާ ދީފައިވެ އެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަމުންދެ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު