Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

ރައްޔިތުންގެ ނުތަނަވަސްކަން ފިލުވާލުމަށް ސަރުކާރުން އެކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 03:44
އަހުމަދު ނާޝިދު: އަދީބު ބޭރުކުރުމަށް ވޯޓު ދެއްވާފައިވޭ

އަހުމަދު ނާޝިދު: އަދީބު ބޭރުކުރުމަށް ވޯޓު ދެއްވާފައިވޭ

އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓަކީ ނައިބު ރައީސް އަހުމަދު އަދީބު ބޭރުކުރަން ދިން ވޯޓު ކަމަށާއި އެވޯޓު އެގޮތައް ދެވުނީތީ އުފާ ކުރައްވާ ކަމަށް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެ އެވެ.

އޭނާ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެްނަބރެއްގެ ހައިސިއްޔަތުން އޭނާ ދާއިރާ ތަމްސީލް ކުރުމުގަ އާއި ވޯޓް ދިނުމުގައި ޢަމަލުކު ކުރަމުންދާނީ ޤާނޫން އަސާސާސީގެ 75 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނާޝިދު ވިދާޅުވީ އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް އޭނާ ހަމައެކަނި ދީފައިވާ ވޯޓަކީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަޤާމުން ވަކިކުރުމަށް ދީފައިވާ ވޯޓު ކަމަށެވެ. އަދި އެވޯޓް އެގޮތައް ދެވިފައިވާތީ މިއަދުވެސް ފަޚުރުވެރިވާ ކަމަށާއި އެހެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަހުމަދު އަދީބާ މެދު ކުރެވުނު ތުހުމަތުތަކާއި އެމައްސަލައާ ގުޅިގެން ހިންގުނު ތަހުގީގްތަކުން ފެންމަތިވެފައިވާ ކަންތައްތަކަކީ އެފަދަ މަޤާމަކުން އޭނާ ވަކިކުރަން ޖެހޭފަދަ ކަންތައްތަކެއްކަމުގައި އޭނާގެ ޟަމީރު މިއަދު ވެސް ޤަބޫލު ކުރާތީ ކަމަށެވެ.

ފ. އަތޮޅު ވިއްކަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އެ ބަޔާނުގައި ނާޝިދު ވިދާޅުވީ، ގާނޫނު އަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ، ފ. އަތޮޅުގައި ސަރުކާރުން ހިންގާނެ ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓަކަށްވާނެ ކަމަށެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި ދެ ވަނަ އިސްލާހުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގައި އަމަލުކުރަންވީ ގޮތް ގާނޫނު އަސާސީއަށް އިތުރުކުރި 15 ވަނަ ބާބުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި އެގޮތުން ވަނީ ހާލަތެއް ފިޔަވައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަޔަ އެނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް އެ ބާބުގައި ވާކަމަށެވެ.

އޭގެ އިތުރުން އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ އިންވެސްޓްމެންޓަކީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ވުމުގެ އިތުރުން، އެ އިންވެސްޓްމެންޓްގައި ހިމެނޭ ބިމަކީ 70 ޕަސެންޓް އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަކަށް ވާންޖެހޭ ކަމަށާއި އަދި އެފަދަ ޕްރޮޖެކްޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާއްސަ ގާނޫނަކުން ހުއްދަ ދެވިފައިވާ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް އެތަނަކަށް ހިނގަންޖެހޭނެ ކަމަށް ވެސް ނާޝިދު ވިދާޅުވެފައި ވެއެވެ.

ނާޝިދުގެ ބަޔާނުގައި ބުނީ، "ސަރުކާރުން ހިންގުމަށް ޝައުގުވެރިވެފައިވާ" އިންވެސްޓްމެންޓާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި، އެ މަޝްރޫއަކީ އޭގެ ޒާތައް ބަލާއިރު ގާނޫނާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ ރަނގަޅު ޕްރޮޖެކްޓަކަށް ވާނެ ކަމަށާއި އޭގެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.

ނާޝިދު ވިދާޅުވީ، އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެހެނިހެން ފަރާތްތަކުން ނާޝިދު ފާޅުކޮށްފައިވާ ހިޔާލުތަކާއި ދައްކާފައިވާ ވާހަކަތަކުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ފަތުރައި އޭނާއަށް ހުތުރުބަހުން މުއާމަލާތް ކުރަމުން ގެންދާތީ އެކަމަކީ މިނިވަން ދިމިގްރާދީ ނިޒާމެއްގައި ކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.

ނާޝިދު ވިދާޅުވީ ޕްރޮޖެކްޓްގެ ވާހަކަތަކާ ގުޅިގެން ފެތުރިފައިވާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ ނުތަނަވަސްކަން ފިލުވާލުމަށް ސަރުކާރުން އެކަމުގެ ހަގީގަތް ހާމަކުރުމަށް އެދިލައްވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު