Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯޖް ފްލޮއިޑުގެ މަރަށް އިންސާފު ހޯދުން

ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓުން މަނާކޮށްފި

ސިއްޙީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 21:43
ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓަކުން މަނާކޮށްފިއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އޮސްޓްރޭލިއާގެ ސިޑްނީގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ރާވާފައެވެ. އެގޮތުން ހަފްތާ ބަންދާ ދިމާކޮށް މި އެއްވުން ރާވާފައިވާއިރު، އެއްވުމުގައި އެތަކެއް ހާސް ރައްޔިތުން ބައިވެރިވާނެކަމަށް ވަނީ ބެލެވިފައެވެ.

އެގޮތުން ޖޯޖް ފްލޮއިޑްގެ މަރު ފަދަ ހާދިސާތައް އޮސްޓްރޭލިއާގެ ފުލުހުންގެ ކިބައިން އެ ޤައުމުގެ ކަޅު ނަސްލުގެ މީހުންނަށްވެސް ކުރިމަތި ވެފައިވާކަމަށް ބުނެ، އެކަމުގެ ނުރުހުން އެ ޤައުމުގެ ގިނަ ރައްޔިތުންތަކެއް ދަނީ ފާޅު ކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލައި، އެކަމަށް އިންސާފު ހޯދައިދިނުން އެދި މި އެއްވުމުގައި ގޮވާލުމަށް ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އާންމުން އެއްވެ އުޅުން މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލަމުންދާތީ، މިއީ އެފަދަ ބޮޑު އެއްވުމެއް ބާއްވަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ބުނެ، އެ ޤައުމުގެ ކޯޓުން ވަނީ އެއްވުން ބޭއްވުން މަނާކޮށްފައެވެ އެގޮތުން ޖަސްޓިސް ޑެސްމަންޑް ފަގަން ވިދާޅުވެފައިވާ ގޮތުގައި، މިއީ ވައިރަސްއާމެދު ރައްކާތެރިވެ، ހޭލުންތެރިވެ ތިބޭ ތިބުމާމެދު، ފަރުވާ ކުޑަކުރަންވީ ވަގުތެއް ނޫނެވެ.

އޭގެ އިތުރުން، މިފަދަ ދަނޑިވަޅެއްގައި ސިއްޙީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަ ކުރައްވައި ޖަސްޓިސް ޑެސްމަންޑް ވިދާޅުވީ، މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ ޙައްޤަށްވުރެ، ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުން މާ މުހިއްމު ކަމަށެވެ.

އެހެން ނަމަވެސް، ކޯޓުގެ އަމުރާ ޚިލާފަށްވެސް މި އެއްވުން ބޭއްވުމަށް ރާވަމުންދާކަމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވެސް ވަނީ އެމަނިކުފާނުގެ ޝުއޫރު ފާޅު ކުރައްވާފައެވެ. އެގޮތުން މޮރިސަން ވިދާޅުވީ، ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި ފާޅު ކުރާ ޝުއޫރުތައް، ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަކަށްވެސް ފާޅު ކުރެވިދާނެ ކަމަށެވެ. އަދި އެފަދައިން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދުން މާ ބުއްދިވެރިކަމަށް މޮރިސަން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 7200އެއްހާ ކޭސް ރިޕޯޓް ކުރެވިފައިވީ ނަމަވެސް، މި ދަނޑިވަޅުގައި އެ ޤައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވި، ފިޔަވަޅުތަކަށްވެސް ދަނީ ލުއިތަކެއް ދެމުންނެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު