Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިގާލޯ ޔުނައިޓެޑުގައި މަޑުކުރުން

އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި

ޔުނައިޓެޑާއެކު އިގާލޯ މީގެ ކުރިން ހަދާފައިވާ އެއްބަސްވުން މެއި މަހު ވަނީ ހަމަވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2020 | ހޯމަ 11:49
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އޮޑިއޯން އިގާލޯ: އައު އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ 31ށް

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އޮޑިއޯން އިގާލޯ: އައު އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ 31ށް

ޝަންހާއި ގްރީންލޭންޑް ޝެންހުއާގެ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވަރޑް އޮޑިއޯން އިގާލޯގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ޗައިނާގެ ޝަންހާއި އިން ޔުނައިޓެޑަށް އިގާލޯ ބަދަލުވީ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއް ދަށުންނެވެ. ޔުނައިޓެޑާއެކު އިގާލޯ ހަދާފައިވާ އެއްބަސްވުން މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ޗައިނީސް ސުޕަރ ލީގު އަލުން ފަށަން ތައްޔާރުވަމުން ދާތީ ޝަންހާއި އިން ވަނީ އިގާލޯ އެނބުރި ގެންދަން މަސައްކަތް ކޮށްފައެވެ. އެކަމަކު ޔުނައިޓެޑުން އިގާލޯ މަޑުކުރުވަން ބޭނުންވީ އިރު، އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޝަންހާއި އިން އެއްބަސްވީ އިތުރު 20 މިލިއަން ޕައުންޑް ދެއްކުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑާއެކު އިގާލޯ އަލަށް ހެދި ލޯނު އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އިނގިރޭސި ޕްރިމިއަރ ލީގު ޖޫން މަހުގެ 17 ވަނަ ދުވަހު އަލުން ފަށަން ނިންމާފައި ވާއިރު، މި ސީޒަން ނިމެންދެން ޔުނައިޓެޑުގައި މަޑުކުރަން ބޭނުންވާ ކަމަށް އިގާލޯ މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިގާލޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 8 މެޗުގައި އޭނާ ވަނީ 4 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ޝަންހާއި އިން އެއްބަސްވީ އިރު، އިގާލޯ ޝަންހާއިއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އެ ކްލަބުންވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ޝަންހާއި އާއެކު އިގާލޯ މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އެ ކްލަބުން އަންނަނީ 2024 ގެ ނިޔަލަށް އިގާލޯގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިގާލޯ އަށް ހަފުތާއަކު 400 ހާސް ޕައުންޑުގެ މުސާރައެއް ލިބޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީ އިން ލީޑު ފުޅާކޮށްފި

އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީ އިން ލީޑު ފުޅާކޮށްފި

21 އޮކްޓޯބަރު 2017
ނަޕޯލީއަށް މެންޗެސްޓަރ ސިޓީ ބަލިކުރެވޭނެ – މައުރިޒިއޯ ސައްރި

ނަޕޯލީއަށް މެންޗެސްޓަރ ސިޓީ ބަލިކުރެވޭނެ – މައުރިޒިއޯ ސައްރި

17 އޮކްޓޯބަރު 2017
މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ

މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ

07 އޮކްޓޯބަރު 2017
ޕްރިމިއާ ލީގު: މެންޗެސްޓަރ ސިޓީއަށް ތަފާތު ބޮޑު މޮޅެއް !

ޕްރިމިއާ ލީގު: މެންޗެސްޓަރ ސިޓީއަށް ތަފާތު ބޮޑު މޮޅެއް !

24 ސެޕްޓެމްބަރު 2017
ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު