Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ނަޕޯލީއަށް މެންޗެސްޓަރ ސިޓީ ބަލިކުރެވޭނެ – މައުރިޒިއޯ ސައްރި

ނަޕޯލީ އަދި މެންޗެސްޓަރ ސިޓީ އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު، އެފަހަރުގެ މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ނަޕޯލީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 17 އޮކްޓޯބަރު 2017 | އަންގާރަ 13:09
ނަޕޯލީގެ ކޯޗު މައުރިޒިއޯ ސައްރި ކުޅުންތެރިންނަށް އިރުޝާދު ދެނީ

ނަޕޯލީގެ ކޯޗު މައުރިޒިއޯ ސައްރި ކުޅުންތެރިންނަށް އިރުޝާދު ދެނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ ނަޕޯލީއާ މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ނަޕޯލީގެ ކޯޗު މައުރިޒިއޯ ސައްރި ބުނެފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައްރި ބުނީ، މި ގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި އޮތް ސިޓީގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނޭ ޓީމްތައްވެސް ބަލިކުރުމުގެ ފެންވަރު ނަޕޯލީ ޓީމުގައި އެބަހުރި ކަމަށެވެ.

"މި ގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި އޮތް މެންޗެސްޓަރ ސިޓީގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނޭ އެހެން ޓީމްތައްވެސް ބަލި ކުރެވޭ ފެންވަރު ނަޕޯލީ ޓީމްގައި އެބަހުރި" ސައްރި ބުންޏެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ އެއް ގްރޫޕްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުންދާ މި ގްރޫޕްގައި ނަޕޯލީއާ ސިޓީގެ އިތުރުން ދެން ހިމެނެނީ ޔުކްރެއިންގެ ޝަކްތަރ ޑޮނެސްކް އާއި ނެދަލޭންޑްސްގެ ފޭނޫޑްއެވެ.

މި ގުރޫޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ސިޓީ ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. އެހެން ކަމުން ސިޓީ އޮތީ 6 ޕޮއިންޓާއެކު ގުރޫޕު އެފްގެ އެއްވަނާގައެވެ. އަދި މިރޭ ސިޓީއާ ދެކޮޅަށް ނިކުންނަ ނަޕޯލީ ގުރޫޕު ސްޓޭޖުގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް މެޗުން ވަނީ ބަލިވެފައެވެ.

ޝަކްތަރ ޑޮނެސްކް އަދި ނަޕޯލީ އަށް އެއްވަރަކަށް ޕޮއިންޓް ލިބޭއިރު، ގޯލްގެ ތަފާތުން ގުރޫޕުގެ ދެވަނާގައި އޮތީ ޝަކްތަރ ޑޮނެސްކް އެވެ. ނަޕޯލީ އޮތީ ތިންވަނާގައެވެ. މި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ފޭނޫޑްއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ނަޕޯލީ އަދި ސިޓީ ދެފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އެއީ 2011 ވަނަ އަހަރުގައެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވެގެން ނިމުނުއިރު އަނެއް މެޗުގައި ނަޕޯލީން ވަނީ ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ.

ނަޕޯލީއާއި ސިޓީ ބައްދަލުކުރާ މި މެޗް ކުޅޭނީ ނަޕޯލީގެ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު