Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް ޖަމިއްޔާ ރަޖިސްޓްރީކުރު

މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ

ރާއްޖެތެރެއިން އަދި މާލެއިން ގިނަ ކްލަބް ޖަމިއްޔާތައް ވަނީ ރަޖިސްޓްރީކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 14:20
ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ބައެއް ކްލަބް ޖަމިއްޔާތަކާއެކު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް އަދި ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު ފޮޓޯ އަކަށް ހުއްޓިގެން

ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ބައެއް ކްލަބް ޖަމިއްޔާތަކާއެކު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް އަދި ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު ފޮޓޯ އަކަށް ހުއްޓިގެން

ކުޅިވަރު ކްލަބް ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޑޭވް ވިދާޅުވީ، ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމަށް އެދި މާލެއިން އަދި ރާއްޖެތެރެއިން ގިނަ އަދަދެއްގެ ކްލަބް ޖަމިއްޔާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، އަދިވެސް ބައެއް ކްލަބް ޖަމިއްޔާތަކުން ރަޖިސްޓްރީ ނުކުރާ ކަމަށާއި، އެ ކްލަބް ޖަމިއްޔާތަކުން މުއްދަތުހަމަވުމުގެ ކުރިން ރަޖިސްޓްރީ ކުރައްވާނެ ކަމަށް އުންމީ ދުކުރައްވާ ކަމަށެވެ.

ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރަން ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރު ކޮށްފައެވެ. މީގެ ކުރިން ޖުލައި މަހުގެ 20 ވަނަ ދުވަހަށް ވެސް މުއްދަތެއް ކަނޑައަޅާފައިވާއިރު، އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވެސް މުއްދަތެއް ކަނޑައެޅިއެވެ. އޯގަސްޓް މަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު ވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށް އިތުރު ކޮށްފައެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ތާރީހުގެ ފަހުން ފޯމް ހުށަހަޅާ ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކޮށްދޭނީ ޖަމްއިއްޔާތަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ތާރީހުން ފެށިގެންނެވެ. އެގޮތުން މި ތާރީހުގެ ފަހުން، ކޮމިޝަނަރ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީ ވެގެން މެނުވީ އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމުކޮށް ހިންގުމާއި، ވާދަކުރުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ މި ބަޔާނުގައި ބުނެފައެވެ.

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދު އަދި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭ ފޯމް، ޔޫތުމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރަން ނިންމާފައި ވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ކުޅިވަރު ހަރަކާތަކަށް ނިސްބަތްވާ ކްލަބް، ނުވަތަ ޓީމް، ނުވަތަ ޖަމްއިއްޔާއެއް ގާއިމްކޮށް ހިންގޭނީ އެ ގާނޫނުގެ ދަށުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިގެން ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު