Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޮމިޝަނަރ

ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ކުޅިވަރު ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރަންޖެހޭކަން އަދިވެސް ގިނަ ފަރާތްތަކަށް ނޭނގޭ

ލީވާން އަލީ
ލީވާން އަލީ | 21 އޯގަސްޓު 2017 | ހޯމަ 06:29
ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު (ޑޭވް) (ވ) އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް (ކ)

ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު (ޑޭވް) (ވ) އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް (ކ)

އެޓާނީ ޖެނެރަލްގެ ލަފާގެ ލަފާގެ މަތިން ކުޅިވަރު ކްލަބް ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިއީ ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމަށް މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޖުލައި މަހުގެ 20 ވަނަ ދުވަހަށްވެސް މުއްދަތެއް ކަނޑައަޅާފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށްވެސް މުއްދަތެއް ކަނޑައެޅިއެވެ.

އެހެންނަމަވެސް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މުއްދަތު ވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ތާރީހުގެ ފަހުން ފޯމް ހުށަހަޅާ ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކޮށްދޭނީ ޖަމްއިއްޔާތަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ތާރީހުން ފެށިގެންނެވެ. އެގޮތުން މި ތާރީހުގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީ ވެގެން މެނުވީ އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމުކޮށް ހިންގުމާއި، ވާދަކުރުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ މި ބަޔާނުގައި ބުނެފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވީ، ކުޅިވަރު ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރަންޖެހޭކަން އަދިވެސް ގިނަ ފަރާތްތަކަށް ނޭގޭ ކަމަށާއި، އެގޮތުން މުއްދަތު އިތުރުކުރީ އެފަރާތްތަކަށް ރަޖިސްޓްރީކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ޑޭވް ވިދާޅުވީ، ބައެއް އެސޯސިއޭޝަންތަކުން މިހާރުވެސް އަންނަނީ ރަސްޓްރޭޝަނަށް އެދި ފޯމް ހުށަހަޅުއްވަމުން ކަމަށާއި، މިހާތަނަށް 8 އެސޯސިއޭޝަނެއްގެ އިތުރުން ނުވަ ކްލަބަކުން ވަނީ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައި ކަމަށެވެ.

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދު އަދި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭ ފޯމް، ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރަން ނިންމާފައި ވަނީ، ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނުގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ކުޅވަރު ހަރަކާތަކަށް ނިސްބަތްވާ ކްލަބް، ނުވަތަ ޓީމް، ނުވަތަ ޖަމްއިއްޔާއެއް ގާއިމްކޮށް ހިންގޭނީ އެ ގާނޫނުގެ ދަށުން، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިގެން ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު