Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީ އިން ލީޑު ފުޅާކޮށްފި

މިމޮޅާއެކު ސިޓީން ވަނީ ތާވަލްގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 23:03
ބާންލީ ކޮޅަށް ލަނޑު ޖަހައި، ސިޓީ އަށް ލީޑު ނަގައިދިނުމަށްފަހު އަގުއޭރޯ އުފާފާޅު ކުރަނީ

ބާންލީ ކޮޅަށް ލަނޑު ޖަހައި، ސިޓީ އަށް ލީޑު ނަގައިދިނުމަށްފަހު އަގުއޭރޯ އުފާފާޅު ކުރަނީ

އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބާންލީގެ މައްޗަށް މެން ސިޓީ ކުރިހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ.

މިމެޗުގެ 30 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ސިޓީ އަށް ކުރި ހޯދައިދިނީ އަގުއޭރޯ އެވެ. މިލަނޑާއެކު އަގުއޭރޯ ވަނީ، މެންޗެސްޓަރ ސިޓީގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިދިން އެރިކް ބްރޫކްގެ ރެކޯޑާއި ހަމަކޮށްފައެވެ. މިދެ ކުޅުންތެރިންވެސް ވަނީ ސިޓީ އަށް 177 ލަނޑު ޖަހައިދީފައެވެ.

ސިޓީ އަށް ލިބުނު ޕެނަލްޓީގެ މައްސަލާގައި ބާންލީގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ. ސިޓީ އަށް ޕެނަލްޓީ ދީފައިވަނީ ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕް، ސިޓީގެ ބެނާޑޯ ސިލްވާ އަށް ހަމަލާ ދިން ކަމަށް ބެލުމަށްފަހު އެވެ. އެހެންނަމަވެސް ވީޑީއޯ ރީޕްލޭ އިން ފެންނަ ގޮތުގައި ސިލްވާގެ ފައިގައި ކީޕަރުގެ ކަކޫ ޖެހެނީ ބޯޅަ އަށް އެރި ވަގުތު ކަހާލުމާއި ގުޅިގެންނެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ސިޓީން ވަނީ ދެވަނަ ހާފްގެ ފަހު ބައިގައި ދެ މިނިޓުގެ ތެރޭ އިތުރު ދެލަނޑު ޖަހާފައެވެ.

ސިޓީ އަށް ލީޑު ފުޅާކޮށްދިނީ 73 ވަނަ މިނިޓުގައި ލެރޯއީ ސަނޭ ނަގައިދިން ކޯނަރެއް، އާޖެންޓީނާގެ ޑިފެންޑަރު ނިކޮލައި އޮޓަމެންޑީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

އެޓީމުގެ ފަހު ލަނޑު ކެވިން ޑި ބްރުންޔޭ ދިން ބޯޅަ އަކުން 75 ވަނަ މިނިޓުގައި ޖަހައިދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ލެރޯއީ ސަނޭ އެވެ.

މިމޮޅާއެކު ސިޓީ އިން ޖެހިޖެހިގެން މޮޅުވި މެޗުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. ސިޓީގެ ތާރީޚުގައި ޖެހިޖެހިގެން މޮޅުވުމުގެ ރެކޯޑަކީވެސް 11 މެޗެވެ. ސިޓީއިން ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްފިނަމަ، އެކްލަބުގެ ރެކޯޑް އާކުރެވޭނެ އެވެ.

މިމެޗަށް ނުކުތްއިރު ސިޓީ އަށް ތާވަލްގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް އޮތްނަމަވެސް، ރޭ ހަޑަސްފީލްޑް އަތުން ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއިއެކު، ސިޓީ އަށް ވަނީ ތާވަލްގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ލީގުގައި ސިޓީ އަށް 9 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގާއިވާ ޔުނައިޓެޑަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

ރޭ ސިޓީ އަތުން ބަލިވި ބާންލީ އޮތީ 13 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނާގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު