Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީޒްމަންގެ ޓްރާންސްފާ

މެންޗެސްޓަރ ޔުނައިޓުން ފެނުމަކީ އެކަށީގެންވާ ކަމެއް: ގްރީޒްމަން

23 މެއި 2017 | އަންގާރަ 12:14

ޔުނައިޓުން ފެނިދާނެ ކަމަށް ބުނި ފުރަތަމަ ފަހަރު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 23 މެއި 2017 | އަންގާރަ 12:14
އެޓްލެޓިކޯ މެޑްރިޑްގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ގްރިޒްމަން އުފާ ފާޅުކުރަނީ

އެޓްލެޓިކޯ މެޑްރިޑްގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ގްރިޒްމަން އުފާ ފާޅުކުރަނީ

ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުން އެކަށީގެންވާ ކަމަށް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

ފްރާންސްގެ ޓީވީ ޝޯ އަކަށް ދިން އިންޓަވިއުއެއްގައި ގްރީޒްމަން ބުނީ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު ދިހައަކުން ހަ ޕަސެންޓް އޮތް ކަމަށެވެ.

ގްރީޒްމަން އެގޮތަށް ރޭޓްކޮށްފައި ވަނީ އޭނާ ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބުނުމުން އެ ޝޯގެ ޕްރެޒެންޓަރު ގްރީޒްމަންގެ އެވާހަކައަށް އޭނާ އަމިއްލައަށް 10-1 އާ ދެމެދު ދޭނީ ކިހާ ވަރެއްތޯ ސުވާލު ކުރުމުންނެވެ.

ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ގްރީޒްމަން ބުނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޭނާގެ މުސްތަޤްބަލާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

ގްރީޒްމަން ޔުނައިޓުން ފެނިދާނެތޯ ފްރާންސްގެ ކޯޓިޑިއެން ޝޯގެ ޕްރެސެންޓަރ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ގްރީޒްމަން ވެސް ވަނީ އޭނާ ޔުނައިޓެޑަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖަވާބުތަކުރާރު ކޮށްފައެވެ.

މިއީ ގްރީޒްމަން ޔުނައިޓެޑުން ފެނިދާނެ ކަމަށް ބުނި ފުރަތަމަ ފަހަރެވެ. ޝޯގެ ޕްރެސެންޓަރު އެ ސުވާލު އަމާޒްކޮށްލުމުން ގްރީޒްމަން ބުނެފައި ވަނީ މިއީ އޭނާ އެގޮތަށް ބުނި ފުރަތަމަ ފަހަރު ކަމަށެވެ.

ގްރީޒްމަންގެ ސޮއި ހޯދުމަށް 100 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ޔުނައިޓުން އޮތީ ތައްޔާރަށެވެ. އަދި އެކަމުގެ މަޝްވަރާތައް ދެ ކުލަބުގެ މެދުގައި ވެސް ކޮންމެވެސް ވަރަކަށް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

ޔުނައިޓެޑަށް ގްރިޒްމަންގެ ސޮއި ހޯދިދާނެ ކަމަށް ބެލެވޭ އަނެއް ސަބަބަކީ އަންނަ ސީޒަނުގައި އެކުލަބަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮތުމެވެ.

ބުދަ ދުވަހު ރޭ އަޔެކްސްއާ ދެކޮޅަށް ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ނުކުންނަ އިރު އެ މުބާރާތް ކާމިޔާބު ކޮށްފި ނަމަ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭނެއެވެ. އެހެންވެއްޖެ ނަމަ ގްރީޒްމަން ހޯދުމުގައި ޔުނައިޓެޑަށް ފަސޭޙަތަކެއް ލިބިގެންދާނެއެވެ.

އަނެއްކޮޅުން ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ޔުނައިޓެޑުގައި ހުރުމަކީ ވެސް ގްރީޒްމަން ހޯދުމުގައި އެކުލަބަށް އޮތް އެޑްވާންޓޭޖެކެވެ. އެއީ ޕޮގްބާއާ އެއްކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް ގްރީޒްމަން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
30 މާރިޗު 2017

ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ

30 މާރިޗު 2017
ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް