Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅަނގު މޫސުމުގެ ވިއްސާރަ

ރާއްޖޭގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަނީ

15 މެއި 2020 | ހުކުރު 12:02

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވާން މެޓުން އިލްތިމާސްކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 15 މެއި 2020 | ހުކުރު 12:02
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގެއްގެ މަތި: މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އުޅޭނީ ގޯސްކޮށް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގެއްގެ މަތި: މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އުޅޭނީ ގޯސްކޮށް

ރާއްޖޭގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، އެހެން ނަމަވެސް ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުރާނެވަރު ކުޑަވާނެ ކަމަށް ނެޝަނަލް މީޓިއަރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މި ކޮޅިގަނޑު، ހޮނިހިރު ދުވަހު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުޑަވާނެ ކަމަށެވެ. ރާއްޖެއަށް ތޫފާންގެ އަސަރުކުޑަވާނީ ތޫފާން ދަތުރު ކުރަނީ ބަންގްލަދޭޝްއާ ދިމާލަށްވުމުން ކަމަށް ހާފިޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހާފިޒް ވިދާޅުވީ، މިހާރު މޫސުން ބޮޑަށް ގޯސްވެެެގެން އުޅެނީ ވައި އެވަރޭޖްކޮށް ބާރުމިނުގައި ހުރުމުން ކަމަށެވެ. މެދު ރާއްޖެއާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް އެވަރޭޖް ވައިގެ ބާރުމިން އުޅެނީ 28 މޭލާއި 35 މޭލާއި ދޭތެރޭގަ އެވެ. ވިލާގަނޑުން 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މެޓުން ވަނީ މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް ނެރެފަ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުން ހުކުރު ދުވަހުގެ މެންދުރު ދޭއް ޖަހަންދެން ރަށްރަށުން ވާރޭ ރިކޯޑް ކުރެވުނު އަދަދުގެ ތަފްސީލު ހާފިޒް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ގދ. ތިނަދޫ އަށް 100 މިލި މީޓަރުގެ ވާރޭ، ނ. މާފަރު އަށް 80 މިލި މީޓަރުގެ ވާރޭ، ވ. ރަކީދޫ އަށް 52 މިލި މީޓަރުގެ ވާރޭ، ށ.ފޮނުދޫ އަށް 82.7 މިލި މީޓަރުގެ ވާރޭ ތ. ބުރުންޏަށް 75 މިލި މީޓަރުގެ ވާރޭ އަދި ގއ. ގެމަނަފުއްޓަށް 72.2 މިލި މީޓަރުގެ ވާރޭގެ އިތުރުން ގދ. ފަރެސް މާދޮޑާ އަށް 77.9 މިިލިމިޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މެޓުން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރު ފިޔަވައި އެހެނިހެން ދަތުރުތައް ނުކުރުމަސް އިލްތިމާސް ކޮށްފައެވެ. ކަނޑުގެ ރާޅު އުޅޭނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުކަމަށް މެޓުން ބުންޏެވެ. އަދި ރާޅު ބޮޑުވުމުގެ ސަބަބުން ރަށްރަށަށް އުނދައެރުމުގެ ފުރުސަތު ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް