Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

ރާއްޖޭގައި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގައި އިންޑިއާއަށް އިސްދައުރެއް އަދާކުރެވޭނެ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 11:46
ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ރާއްޖޭގައި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގައި އިންޑިއާއަށް އިސްދައުރެއް އަދާކުރެވޭނެ ކަމަށާއި އެކަން ކުރުމަކީ އިންޑިއާއަށް ފަރުދީ ހައިސިއްޔަތުން އޮތް ޒިންމާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ. މިހާލަތުގައި، ރާއްޖޭގައި މިނިވަން އިންތިހާބެެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ކަންކަން ލެވެރޭޖް ކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން އިންޑިއާއަށް ބާރު އެޅޭނެކަމަށް. އެއީ އިންޑިއާއަށް އޮތް ފަރުދީ ޒިންމާއެއް. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އިންޑިއާއަށް އެޅޭނެ. އަޅުގަނޑަށް ޔަގީން އިންޑިއާއަށް އެކަން ވާނެ ކަން،" ކުރީގެ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލެއް ޓައިމްސް އޮފް އިންޑިއާއަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މި ސަރަަހައްދުގައި އިންޑިއާއިން އަދާކުރި އިސް ދައުރު ދޫކޮށްލާނަމަ، މި ސަރަހައްދުގައި ޗައިނާ އިން ފަތުރަމުންގެންދާ ނުފޫޒާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި، ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ޔާމީންގެ ސަރުކާރުން ފުރުސަތު ދިނުން އެކަށީގެންނުވާ ކަމަށާއި އެކަން ހުއްޓުވުމަށް އިންޑިއާ އާއި އެހެން ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "އިންޑިއާ ފަސްޓް" ޕޮލިސީ އެއް ގެންގުޅޭކަމަށް ވިދާޅުވި ނަަމަވެސް، މިހާތަނަށް ފެނިގެންދަނީ ޗައިނާ ފަދަ ގައުމުތަކާއި އޮތް ގުޅުން ބަދަހިކުރައްވާ، ޗައިނާގެ ގިނަ ކުންފުނިތަކަށް ރާއްޖޭގެ ގިނަ މަޝްރޫއުތަކުން ފުރުސަތު ދެއްވަމުން ގެންދަވާ ތަނެވެ. މިކަމާއި މެދު އިންޑިއާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެގޮތުން، ރާއްޖެއަކީ ސާކް ގައުމުތަކުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޒިޔާރާތްކޮށްފައިނުވާ ހަމައެކަނި ގައުމެވެ.

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު އިގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވާތާ މިހާރު އަހަރުވެފައިވާ އިރު، އެމަނިކުފާނު ވަނީ މިމަހު ސްރީލަންކާއަަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، އިދިކޮޅު އެމްއޯޔޫގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަޤާމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމަށް ކޮންގްރެސް އިން ވަނީ ލަފާ އަރުވާފައިވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު