Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމިން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

އިސްލާމީ ޤައުމުތަކުގެ ރައީސުން އެޤައުމުތައް ވަރުގަދައަށް ހިންގުމާއެކު ހުޅަނގުގެ ޤައުމުތަކުން އެޤައުމުތައް ސުންނާފަތިކޮށްލާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 17:15
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރާއްޖެ ހިމެނީ މިސަރަހައްދުގައި އެންމެ ރަނގަޅު ދުސްތޫރެއް (ޤާނޫން އަސާސީއެއް) އޮތީ ދިވެހިރާއްޖޭގައި ކަމަށާއި އަދި އެންމެ ރަނގަޅަށް އެ ދުސްތޫރެއް ހިންގަނީ ދިވެހިރާއްޖޭގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ މާލެ އަތޮޅު ތުލުސްދޫގެ ބިން ހިއްކާ ނިމުން ފާހަގަ ކުރުމަށް އެރަށުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ޤައުމުގެ ރައުސުލްމާލް އިތުރު ކުރުމަށާއި ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް މަސައްކަތް ކުރެއްވީ ކިތައް ވެރިންތޯ ރައްޔިތުން ޚިޔާލް ކޮށްލަން ޖެހޭ ކަމަށެވެ. ހައްޤުތައް ގެއްލިފައި ހުރި ގިންތިތަކަށް އެޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރެވެނީ ކިހާވަރަކަށްތޯ ޚިޔާލަށް ގެންނަން ވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ ރައީސުން އެޤައުމުތައް ވަރުގަދައަށް ހިންގުމާއެކު ހުޅަނގުގެ ޤައުމުތަކުން އެޤައުމުތައް ސުންނާފަތިކޮށްލާފައިވާކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަޖިލީހުގެ މެޖޯރިޓީއާއެކު ޤާނޫން ތަކާއި ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ސަބަބުން ޤާނޫން އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ޙައްޤުތަކެއް ހަނިވެ ވަނީ ގެއްލިފަ އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެންމެ ރަނގަޅު ދުސްތޫރެއް އޮތީ މިޤައުމުގައި ކަމަށާއި ދުސްތޫރަށް އެންމެ ރަނގަޅަށް ޢަމަލް ކުރަނީވެސް ދިވެހިރާއްޖޭގައި ކަމަށެވެ.

"ޤައުމުތަކުގެ ރައީސުން އެގައުމުތައް ހިންގުމާއެކީގައި ހުޅަނގުގެ އިސްތިއުމާރުން ވަނީ މުޅި އެތަނެއްގެ ތަހުޒީބް ބިމާ ހަމަކޮށްލިތަން ފެނިގެން މިދިޔައީ. ވަކި ޤައުމެއްގެ ނަން ކިޔާނެ ކަމެއް ނެތް. އިސްލާމީ ޤައުމުތަކުގެ އެންމެ ބާރުގަދަ ދައުލަތްތައް އެންމެ ކުރިއަރާ ދިޔަ ޤައުމުތަކާމެދު ކަންތައްތައް ވެފައި އޮތީ މިގޮތައް. އެއް އިރެއްގައި އެންމެ ރަނގަޅު އިލްމުވެރިންވެސް ތިބީ އިސްލާމީ ޤައުމުތަކުގައި. އެކަމަކު އެކަންކަންވެސް ބީވެގެން ދިޔައީ ހަސަދަވެރިކަމުގެ ތެރެއިން. ހުޅަނގުން އަޅުގަނޑުމެން އިމްޕޯޓް ކުރާ އެއްޗިއްސަކީ ފަސޭހައިން ޤަބޫލް ކުރެވޭކަހަލަ އެއްޗެހި. އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ބޮޑު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ނުހިމެނުނަމަވެސް ދިވެހި ދައުލަތުގެ ނިސްބަތުން މިތަކުލީފްތައް މި އުނދަގޫތައް ދިވެހި ދައުލަތައްވެސް ޖެހޭ. އެއީ ކަންކަން ޒަމާނީ ކުރުމުގެ ނަމުގައި ކަންކަން ދުސްތޫރީ ކުރުމުގެ ނަމުގައި. އެކަމަކު ބޭރުގެ ހުރިހާ ތަހުލީލް ކުރާ ފަރާތްތައްވެސް ބުނާ ގޮތުގައި މިސަރަހައްދުގައިވެސް އެންމެފުރިހަމަ ލިޔުމުން އެކުލަވާލެވިފައި އޮތް ދުސްތޫރެއް މިވަގުތު އޮތީ ދިވެހިރާއްޖޭގައި. އަދި އެދުސްތޫރު އެންމެ ރަނގަޅަށް ހިނގާ ޤައުމެއްގެ ގޮތުގައިވެސް އެކްސްޕާޓުން ބުނެފައި އެވަނީ މިރާއްޖޭގައޭ ހިނގަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި ނަމަވެސް ހަމަ މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިފަހުގެ ހުޅަނގުގެ ތަހުޒީބް އައިސްފައިވަނީ އިސްލާމީ ތަހުޒީބުގެ ތެރެއިން ކަމަށެވެ. ހުޅަނގުންވެސް އެކިއެކި ހުނަރާއި އެކިއެކި އިލްމު ހޯދާފައިވަނީ އިސްލާމީ އިލްމުވެރިންގެ ފަރާތުން ކަމަށެވެ.

"އޭގެ މައްޗަށް ބިނާކޮށް ސައިންޓިފިކް ރިސާޗް ތަކާއެކު އެމީހުންގެ ކަންކަން ގޮސްފައި އެހުރީ. އޭގެ ތެރޭގައި އިސްލާމީ ޤައުމުތަކަށް ޤަބޫލުކުރަން ފަސޭހަ އަދި ދިވެހިންނަށް ޤަބޫލުކުރަން ފަސޭހަ ނޫން ކަންތައްތަކެއް ހުންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު