Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓުއަރިޒަމްގެ ގެއްލުމުން އަރައިގަތުމަށް ވެބިނަރއެއް

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ތައްޔާރުވުމަށް އެމްއެމްޕީއާރުސީން ވެބިނާރ އެއް ބާއްވަނީ

މި ވެބިނަރ އޮންނާނީ މި މަހުގެ 27 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2020 | ހޮނިހިރު 08:24
އެމްއެމްޕީއާރުސީން އައިޓީބީ ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޯލެއް

އެމްއެމްޕީއާރުސީން އައިޓީބީ ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޯލެއް

ފަތުރުވެރިކަމުގެ ސިނާޢަތް، ކޮވިޑާ-19 އިން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން، ޚާއްސަ ވެބިނާރ އެއް ބޭއްވުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފަރާތުން ހަމަޖައްސައިފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ވެބިނަރއެއް ބާއްވަނީ، ކޮވިޑު19ގެ ޙާލަތުން އަރައިގަތުމަށްޓަކައި ، ދެން ކުރާން ހުރި ކަންކަމާމެދު، އަލުންވިސްނައި، އެޅެން އޮތް ފިޔަވަޅުތައް ދެނެގަނެގެން، ކުރިއަށް ދިއުމުގެ މަގުސަދުގައެވެ. މި ވެބިނާރަސް އެމް.އެމް.ޕީ.އާރުސީން ދީފައިވާ ޝިޢާރަކީ، "ރިއެކްޓް، ރީތިންކް، ރިކަވަރ، ސޮލިއުޝަ ޓު ދަ ކޮވިޑް-19 ކްރައިސިސް އެންޑް ދަ މޯލްޑިވިއަން ޓުއަރިޒަމް އިންޑަސްޓްރީ" އެވެ.

Advertisement - businessAdvertisement

އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ތައްޔާރު ވަމުން އަންނަ، މި ވެބިނާރަކީ އޭޝިއާ ޕެސިފިކް ގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕެސިފިކް އޭޝިއާ ޓެރެވަލް އެސޯސިއޭޝަން" (ޕާޓާ) އާއި ފަތުރުވެރިން ޗުއްޓީ ޕްލޭންކުރަން މަޢުލޫމާތު ހޯދާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ "ޓްރިޕް އެޑްވައިޒާ"އާއި ގުޅިގެން، ބާއްވާ ވެބިނާރެކެވެ.

މި ވެބިނާރުގެ ބައިވެރިންނާއި މުޚާތަބު ކުރައްވާނެ އެއް ބޭފުޅަކީ، މި ފަންނުގެ ތަޖުރިބާކާރެއް ކަމަށްވާ، އީ ޓޫރިޒަމް ޕްރަންޓިއަރސް ގެ ސީއީއޯ މރ. ދާމިއަން ކުކްއެވެ. އޭނާ އަކީ ސާސް އަދި އެބޯލާ ފަދަ ބަލިމަޑުކަމުގެ ކާރިސާ ތަކުން އަރައިގަތުމަށް ޓަކައި "ކްރައިސިސް މެނޭޖްމަންޓު" ރޮނގުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. މި ވެބިނާގައި ކޮވިޑް-19 އިން ފަތުރުވެރިކަމަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ކުކްގެ ފަންނީ އަދި އިލްމީ ތަޖުރިބާ ބައިވެރިންނާ ޙިއްސާ ކުރައްވާނެއެވެ.

ކުކްގެ އިތުރުން މިވެބިނާރ ގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނީ އެލްއެލްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް\ު މުޙައްމަދާއި، ޕާޓާގެ ސީއީއޯ މާރިއޯ މާޑީ އާއި، ޓްރިޕްއެޑްވައިޒަރގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިންގ މިސް ސާރާ މެތިއުސް އާއި، ޓްރިޕްއެޑްވައިޒަރުގެ އޭޝިއާ ޕެސިފިކް ބިޒްނަސް ޑިވެލޮޕްމަންޓް މޭނޭޖަރ ލިއޯން ޗާއި، އަދި ޕާޓާގެ ކޮމިއުނިކޭޝަން އެންޑް އެކްސްޓާނަލް އެފެއާޒްގެ ޑައިރެކްޓަރ ޕޯލް ޕްރައުންކިންއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެމްއެމްޕީއާރްސީ އިން މި ވެބިނާ ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ކޮވިޑް-19 އިން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ރިކަވަރީ ފެށުމަށް އެންމެ ފުރިހަމަގޮތެއްގައި ތައްޔާރުވުމަށްޓަކައި ތަޖުރިބާކާރުންގެ އިރުޝާދުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ފަރާތްތަކަށް އެހީތެރިވުމެވެ.

އެމްއެމްޕީއާރުސީން ބުނީ ވެބިނާރ ގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ޙިއްސާ ކުރައްވާ ކުދިބޮޑު ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި އެމްއެމްޕީއާރސީ ގެ މެމްބަރުން ނޫން ފަރާތްތަކަށްވެސް މި ވެބްނަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

01 މާރިޗު 2023
ޓްރެވަލް މެގަޒިން ޑެސްޓިންއޭޝިއަން އާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި

ޓްރެވަލް މެގަޒިން ޑެސްޓިންއޭޝިއަން އާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި

20 ޖޫން 2022
އެމްއެމްޕީއާރުސީން ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ރޯޑްޝޯވއެއް ބާއްވައިފި

އެމްއެމްޕީއާރުސީން ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ރޯޑްޝޯވއެއް ބާއްވައިފި

24 މެއި 2022
އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް، އަސްޓާއާ ގުޅިގެން ކެމްޕެއިނެއް ފަށައިފި

އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް، އަސްޓާއާ ގުޅިގެން ކެމްޕެއިނެއް ފަށައިފި

04 އެޕްރީލު 2022
މެލޭޝިއާގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އެޕަލް ވެކޭޝަންސްއާއެކު ކެމްޕެއިނެއް ފަށައިފި

މެލޭޝިއާގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އެޕަލް ވެކޭޝަންސްއާއެކު ކެމްޕެއިނެއް ފަށައިފި

01 އެޕްރީލު 2022

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު