Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން

އެމްއެމްޕީއާރުސީން ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ރޯޑްޝޯވއެއް ބާއްވައިފި

މި ސަރަހައްދުގެ އިތުރު ދެ ސިޓީއެއްގައި ރޯޑްޝޯވ ބާއްވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 މެއި 2022 | އަންގާރަ 14:56
ރިޔާޟުގައި ކުރިއަށްދިޔަ ރޯޑްޝޯވގެ ތެރެއިން

ރިޔާޟުގައި ކުރިއަށްދިޔަ ރޯޑްޝޯވގެ ތެރެއިން

ދިވެހިރާއްޖެއާ މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސް ރޯލެއް އަދާކުރާ ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މި ސަރަހައްދުގެ 3 ސިޓީއެއްގައި އެމްއެމްޕީއާރުސީން ރޯޑްޝޯވ ސިލްސިލާއެއް ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯވ މެއި 23 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ވެރިކަންކުރާ ރަށްކަމުގައިވާ ރިޔާޟްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މެއި 25 ވަނަ ދުވަހު ޖިއްދާގައި ރޯޑްޝޯވ ކުރިއަށްދާނެއެވެ. އަދި މެއި 26 ވަނަ ދުވަހު މި ސިލްސިލާގެ ފަހު ރޯޑްޝޯވ ކުވައިތުގެ ކުވައިތު ސިޓީގައި ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ އަމާޒަކީ، އިންޑަސްޓްރީ ޕާޓްނަރުންނާއެކު މެދުއިރުމަތީ މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި, ރާއްޖެއާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, މި މާކެޓުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. މި ރޯޑްޝޯވތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތައް އިޝްތިހާރުކުރާނެއެވެ. ރިޔާޟްގައި ކުރިއަށްދާ ރޯޑްޝޯވގައި 16 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެފައިވާއިރު، ޖިއްދާގައި ބާއްވާ ރޯޑްޝޯވގައި 18 ޕާޓްނަރުންބައިވެރިވާނެވެ. މީގެ އިތުރުން، ކުވައިތު ސިޓީގައި ބާއްވާ މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯވގައި 17 ފަރާތަކުން ބައިވެރިވާނެއެވެ.

"ކަނެކްޓް ވިތު މޯލްޑިވްސް… ދަ އަލްޓިމޭޓް ޑްރީމް ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށްދާ މި ރޯޑްޝޯތައް ފަށައިގަންނަނީ އިންޑަސްޓްރީ ޕާޓްނަރުންގެ ހޫނު މަރުހަބާއަކާއެކުގައެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޚާއްސަ ވީޑިއޯ ޕްރެސެންޓޭޝަނެއް އެމްއެމްޕީއާރުސީން ދައްކައެވެ. މި ޕްރެސެންޓޭޝަނުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑްތަކުގެ މައުލޫމާތާއި، ރާއްޖޭގައި ކުރެވެންހުންނަ ޚާއްސަ ތަޖުރިބާތަކަށް އަލިއަޅުވާލައެވެ. ރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްކަން، ރޯޑްޝޯވ ސިލްސިލާގައި އިޝްތިހާރުކުރެއެވެ.

ޑެސްޓިނޭޝަން ޕްރެސެންޓޭޝަނަށްފަހު މި ރޯޑްޝޯވގަައި ނެޓްވޯރކިންގ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ރޯޑްޝޯތަކުގައި ވިޒިބިލިޓީ އިތުރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ، ރޯޑްޝޯވތައް ކުރިއަށްދާ ކޮންމެ ސިޓީއަކުން 80 އަށްވުރެގިނަ އެޖެންޓުންނަށް ދައުވަތުދީފައެވެ. މިއީ މި ރޯޑްޝޯވ ސިލްސިލާގައި ބައިވެރިވި އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީ އިޝްތިހާރުކޮށް، ވަން-އޮން-ވަން ބައްދަލުވުންތައް ބާއްވައި، އައު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތުތަކެކެވެ. ނެޓްވޯރކިން ސެޝަންތަކަށްފަހު މި ރޯޑްޝޯވ ސިލްސިލާގައި ރެެފްލްއެއް ކުރިއަށް ގެންދެއެވެ. ރިޔާޟުގައި ބޭއްވި ރޯޑްޝޯވގައި ގުރުއަތުން ހޮވުނު އެއް ފަރާތަށް ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާއިން ސްޕޮންސަރކޮށްފައިވާ، ހިލޭ ޗުއްޓީއެއް ހަދިޔާކުރިއެވެ. ޖިއްދާގައި ބާއްވާ ރޯޑްޝޯވގެ ރެފްލް ސްޕޮޮންސަރކޮށްފައިވަނީ ވިލާ ހޮޓެލްސް އެންޑް ރިޒޯޓެވެ. އަދި ކުވައިތު ސިޓީގައި ބާއްވާ ރޯޑްޝޯވގެ ރެފްލް ސްޕޮންސަރކޮށްފައިވަނީ ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާއިންނެވެ. އެމްއެމްޕީއާރުސީ ސްޕޮންސަރކޮށްގެން، ގުރުއަތުން ދެވަނައަށް ހޮވޭ ފަރާތަށް ސްމާޓްވޮޗްއެއް ލިބޭއިރު، ތިން ވަނައަށް ހޮވޭ ފަރާތަށް ލިބޭނީ އެމޭޒަން ގިފްޓް ކާޑެކެވެ.

މި ރޯޑްޝޯވ ސިލްސިލާ އެމްއެމްޕީއާރުސީން ކުރިއަށްގެންދަނީ މެދުއިރުމަތީގެ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީގެ އަމާޒުތަކުގެ ތެރޭގައި، މެދުއިރުމަތީ މާކެޓުގައި ބީ-ޓު-ބީ އައުޓްރީޗް ފުޅާކުރުުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރާ ކެމްޕެއިނުތައް ހިނގުން ހިމެނެއެވެ. ދިވެހިރާއްޖެއަކީ މަތީފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުން އެއް ޑެސްޓިނޭޝަންކަމާއި، އެފްލުއެންޓް ފަތުރުވެރިން އިސްކަންދޭ މަންޒިލެއްގެގޮތުގާ ރާއްޖެ ދެމެހެއްޓުމަކީވެސް މި މާކެޓަށް ކަނޑައަޅާފައިވާ ސްރެޓަޖީގައި ހިމެނޭ އަމާޒެކެވެ.

މިދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސައޫދީ އަރަބިއްޔާއަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މި އަހަރު މާރޗް މަހާ ހަމައަށް 21،117 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިހާތަނަށް މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއާރތަކުގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. ކިއުބީއެލްޓީ ކޮންގްރެސް, މޯލްޓް ކޮންގްރެެސް އަދި އޭޓީއެމް 2022 ފަދަ ބޮޑެތި ފެއާރތައް މީގެތެރޭގާ ހިމެނެއެވެ. މީގެ އިތުރުން، އޭޓީއެމް 2022ގެ ހަވާސާގައި އެމްއެމްޕީއާރުސީން ވަނީ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑާއި، މީޑިއާގެ މެންބަރުންނަށް އަމާޒުކޮށް ޚާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވައި، ރާއްޖޭގެ އެންމެ ފަހުގެ ޑެސްޓިނޭޝަންތަކުގެ މައުލޫމާތާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރުމަށް ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

މި ފެެއާރތަކުގައި ބައިވެރިވުމުގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ މެދުއިރުމަތީ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ރީތި ނަން މި މާކެޓުގައި ދަމަހައްޓައި، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވެއެވެ. މީގެ ތެރޭގައި ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ދަތުރުތަކާއި, އައުޓްޑޯރ އެޑްވެޓައިޒިންނާއި، ރޯޑްޝޯވތަކުގެ އިތުރުން ބޮޑެތި ފެއާރތަކުގާ ބައިވެރިވުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި

ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި

20 މެއި 2024
އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

01 މާރިޗު 2023
ޓްރެވަލް މެގަޒިން ޑެސްޓިންއޭޝިއަން އާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި

ޓްރެވަލް މެގަޒިން ޑެސްޓިންއޭޝިއަން އާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި

20 ޖޫން 2022
އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް، އަސްޓާއާ ގުޅިގެން ކެމްޕެއިނެއް ފަށައިފި

އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް، އަސްޓާއާ ގުޅިގެން ކެމްޕެއިނެއް ފަށައިފި

04 އެޕްރީލު 2022

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު