Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އިސްތިހާރު ކުރުން

މެލޭޝިއާގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އެޕަލް ވެކޭޝަންސްއާއެކު ކެމްޕެއިނެއް ފަށައިފި

ކެންޕެއިން ކުރިއަށް ދާނީ މާޗު މަހުން ފެށިގެން އޭޕްރިލް މަހާއި ހަމައަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 02:55
އެމްއެމްޕީއާރުސީން މެލޭޝިއާގައި ވަނީ ކެމްޕޭނެއް ފަށާފައި

އެމްއެމްޕީއާރުސީން މެލޭޝިއާގައި ވަނީ ކެމްޕޭނެއް ފަށާފައި

މެލޭޝިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ހާއްސަ ބްރޭންޑް ވިޒިބިލިޓީ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެޕަލް ވެކޭޝަންސްއާއެކު ފަށައިފިއެވެ.

މި ކެންޕެއިން ކުރިއަށް ދާނީ މާޗު މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.

މެލޭޝިއާގެ އެޕަލް ވެކޭޝަންސް އަކީ 1996 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޓްރެވަލް އެޖެންސީއެކެވެ. މިއީ ނެޓްވޯކްތަކާއި، ޕާޓްނަރުންގެ އެހީގައި މެލޭޝިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކޭޝަން ޕެކޭޖުތައް ވިއްކުމުގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީއެކެވެ. މިއީ މަތީ ފަންތީގެ ތަފާތު ޓްރެވަލް ތަޖުރިބާތަކާއި، ގިނަ ބާވަތުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭ، އިތުބާރު ލިބިފައިވާ ޓްރެވަލް އެޖެންސީއެކެވެ. އެމްއެމްޕީއާރުސީއާއި އެޕަލް ވެކޭޝަންސްއިން ކުރިއަށްގެންދާ މިކެމްޕެއިންގެ ދަށުން ރާއްޖެއަކީ މެލޭޝިއާ ފަތުރުވެރިން ޒިޔާރަތްކުރުމަށް ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. މި ކެންޕެއިނަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެންޕެއިންނެވެ. ދެކުނުއިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ކެޓަގަރީތައް މާކެޓް ކުރުމަށެވެ.

ދުނިޔޭގެ ލީޑީންގް ޑެސްޓިނޭޝަނެއްގެ ގޮތުން ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް މި ކެމްޕޭންގައި އިޝްތިހާރުކުރެވޭނެއެވެ. ހަމަ އެއާއެކު، އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށް ހުރި ފުރުސަތުތައް ހިމެނިގެންދާނެއެވެ. އަދި ކަނޑުއަޑިއާއި، ލޯކަލް އަދި ހަނީމޫން ޓޫރިޒަމް ސެގްމެންޓުގައި ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް މި ސްޓްރެޓަޖީގެ ދަށުން އިޝްތިހާރުކުރުމަށް އިސްކަންދޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް، ހޯމްސްޓޭ އަދި ލިވަބޯޑުތަކުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ތަފާތު ތަޖުރިބާތައް މާކެޓްކުރެވޭނެއެވެ.

މި ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ މައުލޫމާތާއި، އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، އެހެނިހެން މުހިއްމު ތަފްސީލް ހިމެނޭ އާޓިކަލްތައް މެލޭޝިއާގެ ފަތުރުވެރިކަމާބެހޭ މައުލޫމާތު ފަތުރާ މައި އޮންލައިން ޕްލެޓްފޯމްތައް ކަމަށްވާ "ކަމް އޮން ލެޓްސް ޓްރެވަލް" އަދި "އޯމައިނިއުސް" ގައި ޝާއިޢުކުރާނެއެވެ. އަދި، ރާއްޖޭގެ ވީޑިއޯ އިޝްތިހާރުތައް އެޕަލް ޓީވީ އެފްބީ ލައިވްގައި ދެއްކުމުގެ އިތުރުން، އެޕަލް ވެކޭޝަންސްގެ ކްލައިޓުންނަށް އީމެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޝްތިހާރު އެޕަލް ވެކޭޝަންސްގެ ވެބްސައިޓުގައި ޖެހުމާއި، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޕޯސްޓްތައް ޝާއިޢުކުރާނެއެވެ.

ކޮވިޑްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މެލޭޝިއާގެ ބޯޑަރު އޮތީ ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައެވެ. މިހާރު މެލޭޝިއާ މިވަނީ ބައިނަލްއަޤްވާމީ އިންބައުންޑް އަދި އައުޓްބައުންޑް ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މި މާކެޓުގެ ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން ޓްރިޕްޒިއްލާ އަދި ޓްރެވަލް ވީކްލީ އޭޝިއާއާއެކު ވަނީ ހާއްސަ ކެމްޕެއިންތައް ހިންގާފައެވެ. މި އަހަރު މި މާކެޓަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓްރިޕްޒިއްލާ، ހިޕްވީ، އަދި މޯލްޑިވްސް އީ-ލާނިން ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. އަދި މީގެއިތުރުން މާޓާ ފެއަރ، މެލޭޝިއާ ޑައިވް އެކްސްޕޯ (މައިޑް) އަދި ތައިލެންޑް ޑައިވް އެކްސްޕޯގައި ބައިވެރިވެ، ދިވެހިރާއްޖެ މާކެޓްކުރުމަށް ހަމަޖެހިފައިވެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއާރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކާއި އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއާރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރްސީމެލޭޝިއާޓުއަރިޒަމް އެމްވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު