Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޗައިނާގެ އިގްތިސާދު

ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް

އެގައުމުގެ އިގްތިސާދު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން އަންނަކަމަށް ފާހަގަކުރެވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 17 އެޕްރީލު 2021 | ހޮނިހިރު 07:29
ޗައިނާގެ އިގްތިސާދު ރިކޯޑު މިންވަރަކަށް ކުރިއެރުން

ޗައިނާގެ އިގްތިސާދު ރިކޯޑު މިންވަރަކަށް ކުރިއެރުން

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިގްތިޞާދީ ދާއިރާއިން ޗައިނާއިން 18.3 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިއީ ޗައިނާއިން 1992 ވަނަ އަހަރު އެ ގައުމުގެ ކުއާޓާތަކުގެ ރިކޯޑުތައް ބަލަހައްޓަން ފެށިފަހުން، ޖީޑީޕީއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެހެން ނަމަވެސް އިގްތިޞާދީ މާހިރުން ލަފާކުރި މިންވަރަށްވުރެ ޗައިނާގެ އިގްތިޞާދަށް ލިބުނު ކުރިއެރުން ދަށްކަން ފާހަގަކޮށްލެވެއެވެ. އެހެނީ، ފުރަތަމަ ކުއާޓަރުގައި ޗައިނާއިން އިގްތިޞާދަށް 19 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް މާހިރުން ލަފާކޮށްފައިވެއެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާގެ އިގްތިޞާދު ވަނީ 6.8 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ގައުމު ފުރަބަންދުކުރަން ޖެހުމުން އެގައުމުގެ އިގްތިޞާދަށް ލިބުނު ހީނަރުކަމެކެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި މި ލިބުނު ކުރިއެރުމަކީ ރަނގަޅު ފެށުމެއްކަމަށް ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެއެވެ.

އެގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ، މި ފެށުމަކީ ރަނގަޅު ފެށުމެއްކަމަށް ވިޔަސް ކޮވިޑް 19 ގެ ބަލިމަޑުކަން އަދިވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުން ދާކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް ގިނަ އަސަރުތަކެއް ކުރަމުން ދާކަމަށެވެ.

ޗައިނާގެ ސްޓެޓިސްޓިކް ޑިޕާޓްމަންޓުން ނެރުނު އެހެން ތަފާސްހިސާބުތަކަށް ބަލާއިރު އެގައުމުގެ އިގްތިޞާދު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން އަންނަކަމަށް ދައްކައެވެ. މިގޮތަށް ފާހަގަކުރެވިފައިވަނީ، މި އަހަރުގެ ފުރަތަމަ ކުއާޓާއާއި، ކޮވިޑް 19 ގެ ސަބަބުން އިގްތިޞާދަށް ބޮޑު ހީނަރުކަމެއް ލިބުނު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާކިޔާފައި ވުމުންނެވެ.

އެހެން ނަމަވެސް، ޗައިނާގެ އިގްތިޞާދީ ދުވެލި މުޅިން ހުއްޓިފައި ނުވާކަން މި ތަފާސްހިސާބުތަކުން އެނގިގެންދެއެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 0.6 އިންސައްތައަށް މި ކުއާޓާގައި އިގްތިޞާދު ކުރިއަރާފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމަށްފަހު، ޗައިނާގެ އިގްތިޞާދަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް އެންމެ ބޮޑު ބާރަކަށްވީ، ވައިރަސް ފެތުރޭ މިންވަރު ކުޑަކުރުމަށް އެގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކާއި، ވިޔަފާރިތަކަށް ދިން އެހީއެވެ.

މިހިނގާ 2021 ވަނަ އަހަރު އިގްތިޞާދީ ރޮނގުން 6 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް ޗައިނާއިން ވަނީ އަމާޒުހިފާފައެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު