Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އިސްތިހާރުކުރުން

އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް، އަސްޓާއާ ގުޅިގެން ކެމްޕެއިނެއް ފަށައިފި

މި ފޮތަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ އެނުއަލް ފޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2022 | ހޯމަ 11:50
އެމްއެމްޕީއާރްސީން އަސްޓާއާއެކު ފެށި ކެމްޕެއިން

އެމްއެމްޕީއާރްސީން އަސްޓާއާއެކު ފެށި ކެމްޕެއިން

އެމެރިކަން ސޮސައިޓީ އޮފް ޓްރެވެލް އެޑްވައިޒަރސް (އަސްޓާ)އާ ގުޅިގެން އެމެރިކާ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް, މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މާކެޓިންގ ކެމްޕެއިނެއް ފަށައިފިއެވެ.

މި އަހަރުގެ މާރޗް މަހު ފެށުނު, އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ކެމްޕެއިނުގައި އަސްޓާ ވޯރލްޑްވައިޑް ޑެސްޓިނޭޝަން ގައިޑްގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. މިފޮތަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ އެނުއަލް ފޮތެކެވެ.

އެމެރިކާ މާކެޓުގައި ހަރަކާތްތެރިވާ ޓްރެވެލް އެޖެންޓުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖެ ޓުއަރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ވިއްކުމަށްބޭނުންވާ ހުރިހާ މައުލޫމާތެއް މި ފޮތުން ލިބޭނެއެވެ. ދިވެހިރާއްޖެއަށް ދަތުރުކުރުމަށް އެންމެ ރަނގަޅު ދުވަސްވަރުގެ އިތުރުން, ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު އެއް މަންޒިލަށްވާ ސަބަބުތަކާއި, އަދިވެސް ބޭނުންތެރި ތަފާތު މައުލޫމާތު އަސްޓާ ވޯރލްޑްވައިޑް ޑެސްޓިނޭޝަން ގައިޑްއިން އެޖެންޓުންނަށް ލިބޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިޒޯޓް, ގެސްޓްހައުސް, ލިވަބޯޑް, ހޮޓެލް) އަދި ރާއްޖެއިން ކުރެވެންހުންނަ ތަފާތު ތަޖުރިބާތަކާ ބެހޭ މައުލޫމާތުވެސް މި ފޮތުން ލިބޭނެއެވެ.

ދިވެހިރާއްޖޭގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި ރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ވަކިރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ މަންޒިލަކަށް ވުމުން ރާއްޖެއަކީ މި ދަނޑިވަޅުގައި ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްކަން މި ފޮތުގައި އިޝްތިހާރުކުރެވޭނެއެވެ. ލަފާކުރާގޮތުގައި މި ފޮތުގެ ޕްރިންޓް އެޑިޝަން 55,000 ފަރާތަށް ފޯރާނެއެވެ. އަދި ޑިޖިޓަލް އެޑިޝަން 20,000 އަސްޓާ މެމްބަރުންނަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

2021 ވަނަ އަހަރު އެމެރިކާ މާކެޓްއިން ވަނީ ދިވެހިރާއްޖެއަށް 54,745 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔައަހަރު މި މާރކެޓަކީ 5 ވަނައަށް އެންމެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާރކެޓެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޔާދަ ކުރުމުގައި އެމެރިކާ މާރކެޓުން ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށް އެމެރިކާ މާރކެޓުން 5,028 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިހާތަނަށް ޖުމްލަ 229,027 ފަތުރުވެރިން މި އަހަރު ދިވެހިރާާާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެމެރިކާ މާރކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޑެސްޓިނޭޝަން ޓްރެއިނިންގތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި އަދި ރޯޑްޝޯތައް ހިމެނެއެވެ. މީގެ އިތުރުން ވަރޗުއަލް ހަރަކާތްތައް ހިންގުމާއި، މި އަހަރު އޭ.ޓީ.ޓީ.އޭ އެލެވޭޓް ނޯތު އެމެރިކަން ކޮންފަރެންސް އަދި އުސްޓޯއާ އެނުއަލް ކޮންފަރެންސްގައި ބައިވެރިވުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާރޓްނަރުންނާއެކު 22 މާރކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރއާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު