Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ މާކެޓް ކުރުން

ޓްރެވަލް މެގަޒިން ޑެސްޓިންއޭޝިއަން އާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި

މި މެގަޒިންގެ ކޮންމެ އެޑިޝަނެެއްގެ ރީޑާރޝިޕް 98,364 އާއި ހަމަކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖޫން 2022 | ހޯމަ 07:30
ރާއްޖެ އިސްތިހާރު ކުރުމަށް ޓްރެވެލް މެގަޒިން ޑެސްޓިންއޭޝިއަން އެމްއެމްޕީއާރުސީން މަސައްކަތްތަކެއް ވަނީ ފަށާފައި

ރާއްޖެ އިސްތިހާރު ކުރުމަށް ޓްރެވެލް މެގަޒިން ޑެސްޓިންއޭޝިއަން އެމްއެމްޕީއާރުސީން މަސައްކަތްތަކެއް ވަނީ ފަށާފައި

ދެކުނު އިރުމަތީ އޭޝިއާގެ ނަން މަޝްހޫރު ފަތުރުވެރިކަމުގެ މެގަޒިން، ޑެސްޓިންއޭޝިއަން އާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެޑްވަޓައިޒިންގް ކެންޕެއިނެއް ފަށައިފިއެވެ.

ޖޫން މަހުން އޯގަސްޓް މަހުގެ ނިޔަލަށް ކުރިޔަށްދާ މިކެންޕެއިނުގެ މަގުސަދަކީ ދެކުނު އިރުމަތީ އޭޝިޔާ މާކެޓުގާ ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގާ ދިވެހިރާއްޖެ އިޝްތިހާރުކުރުމެވެ.

2001 ވަނަ އަހަރު ފަށައިފައިވާާ ޑެސްޓިންއޭޝިއަން މެގަޒިނަކީ އޭޝިއާ ޕެސިފިކް ރީޖަންގައި ނަން މަޝްހޫރު، މަގުބޫލު އަދި އެތަކެއް އެވޯޑެއް ހާސިލްކޮށްފައިވާ މެގަޒިންއެކެވެ. މި މެގަޒިންގެ ކޮންމެ އެޑިޝަނެެއްގެ ރީޑާރޝިޕް 98,364 އާއި ހަމަކުރެއެވެ. ޑެސްޓިންއޭޝިއަން މެގެޒިންގައި އާންމުކޮށް ފީޗާރު ކުރާ މައުޟޫޢުތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އޭޝިއާ އާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަލްޗަރަލް، ލައިފްސްޓައިލް އަދި ޓްރެވަލް ހަބަރުތަކެވެ. މި މެގަޒިންގެ މިއަހަރުގެ ރީޑާރސް ޗޮއިސް އެވޯޑްސްގައި ދިވެހިރާއްޖެއަށް ވަނީ 'ޓޮޕް 5 ބެސްޓް އައިލެންޑްސް' އެވޯޑު ލިބިފައެވެ. އެހެންކަމުން މިކެންޕެއިނުގެ ތެރޭގާ ޑެސްޓިންއޭޝިއަން ކިޔުންތެރިންނަށް ޝުކުރުއަދާކުރުމުގެ ގޮތުން އެޑްވަޓިސްމަންޓެއް ޝާއިޢުކުރާނެއެވެ. މި ކެންޕެއިނުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްކަން ކަށަވަރުކޮށްދޭ ސޯޝަލް މީޑިއާ ޕޯސްޓްތައްވެސް ހިމެނެއެވެ. މީގެ އިތުރުން، ޑެޑިކޭޓަޑް އީޑީއެމް އީމެއިލް ބްލާސްޓަކާއި، ބޯނަސް 2 އެމްޕީޔޫ ބެނާރވެސް ޑެސްޓިންއޭޝިއަން ވެބްސައިޓްގައި 2-މަސްދުވަހަށް ޝާއިޢުކުރާނެއެވެ.

މި ކެންޕެއިނަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެންޕެއިންނެކެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ދިވެހިރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށްވެސް އެންމެ މަގުބޫލު އަދި ގުތުރަތީގޮތުން އެކަހެރިކޮށް އުފެދިފައިވާ ރައްކާތެރި މަންޒިލެއްކަން އިޝްތިހާރުކުރުމެވެ. މިގޮތުން، ރާއްޖޭގެ  ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިޒޯޓް, ގެސްޓްހައުސް, ލިވަބޯޑް, އަދި ހޮޓެލްތައް އިޝްތިހާރުކުރުމުގެ އިތުރުން، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުންނަ ތަފާތު ހާއްސަ ތަޖުރިބާތައްވެސް އިޝްތިހާރުކުރިއެވެ. މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

މިއަހަރުގެ އޭޕިރިލް ނިޔަލަށް ރާއްޖެއަށް 431,503 ފަތުރުވެރިން އައިސްފައިވާއެއެވެ. މިއަހަރުގެ ޖެނުއަރީއިން މާރޗް އާ ހަމައަށް ސީމާކެޓުން ރާއްޖެއަށް 3,990 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރެއިން ޓްރިޕްޒިއްލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ މާކެޓިންގް ކެމްޕެއިނަކާއި, ޓްރެވަލް ވީކްލީ އޭޝިއާއާ ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕެއިނަކާއި, ދެކުނުއިރުމަތީ އޭޝިޔާގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ  ބޮޑެތި ފެއާރތަކުގައި ބައިވެރިވުން ހިމެނެއެވެ. މީގެ ތެރޭގާ މާޓާ ފެއާރ 2022 ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެގާ ވޭތުވެދިޔަ 2 އަހަރުތެރޭ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން 4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މިގޮތުން، ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން މިހާރު ނުޖެހޭނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. 13 މާޗްއިން ފެށިގެން ރާއްޖޭގައި އަޅާފައިވާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު  މިވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ހާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލްކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

24 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު