Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިއެމްއެމް އޮސްޓްރޭލިއާ

އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

އެމްއެމްޕީއާރުސީއިން މި ފެެއަރގެ ފުރަތަމަ ދުވަހު ޓްރެވްމީޑިއާ ސަމިޓްގައި ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މާރިޗު 2023 | ބުދަ 09:22
އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

އެމްއެމްޕީއާރުސީން އައިއެމްއެމް އޮސްޓްރޭލިއާގައި ރާއްޖެ އިސްތިހާރުކުރަނީ

އޮސްޓްރޭލިއާ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށާއި ރާއްޖެއަށް އޮތް ލޯބި އިތުރު ކުރުމަށް އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް އޮސްޓްރޭލިއާ) 2023 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

މި ފެއަރއަކީ ފެބްރުއަރީ މަހުގެ 23-24 ގައި އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި ފެއަރއެކެވެ. މި ފެއަރގައި ބައިވެރިވުމަކީ އޯޝިއެނިކް މާކެޓުގެ މަޝްހޫރު ނޫސްވެރިންނާއި މީޑިއާ ޕަބްލިކޭޝަންތަކާ ބައްދަލުކޮށް، ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަދަ ކުރިއަށް އޮތް އިވެންޓްތައް ޕްރޮމޯޓްކޮށް، ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އޯޝިއެނިކް މާކެޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

އެމްއެމްޕީއާރުސީއިން މި ފެެއަރގެ ފުރަތަމަ ދުވަހު ޓްރެވްމީޑިއާ ސަމިޓްގައި ބައިވެރިވިއެވެ. ޓްރެވްމީޑިއާ ސަމިޓަކީ އައިއެމްއެމް އޮސްޓްރޭލިއާގެ ތެރޭގައި ބޭއްވި ހާއްސަ ކޮންފެރެންސްއެކެވެ. ޕެނަލް ޑިސްކަޝަންތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބްރޯޑްކާސްޓް މީޑިއާ އާއި އިންކްލޫސިވް ޓޫރިޒަމް ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. މިއަށް ފަހު އޯޝިއެނިކް ސަރަހައްދުގެ 150 އަށް ވުރެ ގިނަ މަގުބޫލު މީޑިއާއާ އެކު ނެޓްވޯކިން ސެޝަންތައް ކުރިއަށްދިޔައެވެ. މި ފެއަރގައި ބައިވެރިވާ ބައެއް މީޑިއާތަކުގެ ތެރޭގައި ބީބީސީ ޓްރެވަލް، ކޮންޑޭ ނާސްޓް ޓްރެވަލާ، ވޯގް މެގަޒިން، ނޭޝަނަލް ޖިއޮގްރަފިކް ޓްރެވަލާ ފަދަ މަޝްހޫރު މީޑިއާތައް ހިމެނެ އެވެ. އަދި 2023 ވަނަ އަހަރު ޑެސްޓިނޭޝަން މާކެޓިން އޯގަނައިޒޭޝަންތަކުގެ ދައުރާއި ޕަބްލިކް ރިލޭޝަންސް ފަދަ މައުޟޫއުތަކުގެ މައްޗަށް ތަގުރީރުތަކާއި މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔައެވެ. ފެއަރގެ ދެވަނަ ދުވަހު އެމްއެމްޕީއާރުސީން ދިވެހިރާއްޖެއަށް ހާއްސަ ސްޓޭންޑެއްގައި އޯޝިއޭނިކް މާކެޓުގެ 22 ކުންފުންޏަކާއެކު ބައްދަލުކުރިއެވެ.

މި އިވެންޓުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ މި މާކެޓުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމާއި، މަންޒިލުގެ އެންމެ ފަހުގެ މައުލޫމާތާއި ދަތުރުފަތުރުގެ ގައިޑްލައިންތަކާއެކު އޮސްޓްރޭލިއާގެ މީޑިޔާއަށް އަޕްޑޭޓް ކުރުމެވެ. އައިއެމްއެމްގައި ބައިވެރިވުމަކީ މި މާކެޓުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަށާއި، މީޑިއާ ޕްރޮފެޝަނަލުންނަށް ފަތުރުވެރިކަމުގެ އެކި ސެގްމަންޓްތައް ރަނގަޅަށް ޕްރޮމޯޓް ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ސްޓްރެޓެޖީއާ އެއްގޮތައް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައިވެސް އޮސްޓްރޭލިއާ އާއި ނިއުޒީލެންޑުން ލިބޭ ބުކިންތަކާއި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

29 ޖެނުއަރީ 2023 ގެ ނިޔަލަށް އޮސްޓްރޭލިޔާގެ 2،610 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީން މިދިޔަ އަހަރު ވެސް އައިއެމްއެމް އޮސްޓްރޭލިއާގައި ބައިވެރިވިއެވެ. އަދި މިދިޔަ އަހަރު މި މާކެޓަށް ގިނަ ކެމްޕޭންތަކެއް ހިންގާފައިވާއިރު އޭގެ ތެރޭގައި ޓްރެވްމީޑިއާގެ މެމްބަޝިޕް، ސްޓޭބް މެގަޒިން ފަދަ ކެމްޕޭންތައް ހިމެނެއެވެ. މި އަހަރުގެ ރޮބް ރިޕޯޓާއެކު ކެމްޕޭނެއް ކުރިއަށްދާއިރު، މި އަހަރުގެ ކުރީކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

އޮސްޓްރޭލިއާއައިއެމްއެމް އޮސްޓްރޭލިއާއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

14 ޑިސެމްބަރު 2025
އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު