Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑަބްލިއުޓީއެމްގެ ރެޖިސްޓްރޭޝަން

ޑަބްލިއުޓީއެމްގެ ރެޖިސްޓްރޭޝަން އެމްއެމްޕީއާރުސީން ފަށައިފި

މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ ހޯލްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 10:42
ޑަބްލިއުޓީއެމް ރެޖިސްޓްރޭޝަން ޕްރޮސެސްގެ ތެރެއިން

ޑަބްލިއުޓީއެމް ރެޖިސްޓްރޭޝަން ޕްރޮސެސްގެ ތެރެއިން

ވޯލްޑް ޓްރެވަލް މާކެޓް، ލަންޑަންގެ ރެޖިސްޓްރޭޝަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.

އަންގާރަ ދުވަހު އެމްއެމްޕީއާރުސީ އިން ޑަބްލިއުޓީއެމްގެ ރެޖިސްޓްރޭޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ ހޯލްގައެވެ.

ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންދަނީ ފުރަތަމަ އަންނަ މީހާއަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށެވެ. އަދި އޮންލައިންކޮށް ރެޖިސްޓްރޭޝަންގެ ޕްރޮސެސް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ފިޒިކަލްކޮށް މި ޕްރޮސެސް ކުރިއަށްގެންދަން ނިންމީ ވީހާވެސް ހަަމަހަމަ ފުރުސަތު ހުރިހާ ފަރާތްތަކަށް ދިނުމަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޑަބްލިއުޓީއެމް ނުބާއްވާ އޮތުމަށްފަހު މިއަހަރުގެ ނޮވެމްބަރު މަހު ބާއްވަން ތާވާލުކޮށްފައިވާ ކަމަށާއި، މިއަހަރުގެ ފެއަރ ބާއްވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން އާންމުކޮށް އެމްއެމްޕީއާރުސީން މީގެ ކުރިން ނަގާ ސްޓޭންޑުގައި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ދެވެނީ ވަރަށް މަދު ބަޔަކަށް ކަމަށާއި އެހެން ކަމުން ދެ ސްޓޭންޑުގެ ޖާގަ ހޯދައި މިހާރު 100 ފަރާތަކަށް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހޯދިފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މި ފެއަރއަށް ޑިމާންޑު އެބައޮތް ކަމަށާއި ރާއްޖެ އަކީ މިވަގުތު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމުން ފެއަރގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ތޮއްޔިބު ވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް ޓްރެވަލް މާކެޓް، ލަންޑަން ފެއަރ އަކީ ފަތުރުވެރިކަމުގެ މާކެޓުގައި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް ފެއަރއެވެ. މި އަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ އެކަކުން ތިން ވަނަ ދުވަހަށެވެ.

އެމްއެމްޕީއާރްސީވޯލްޑް ޓްރެވަލް މާކެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު