Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުބާއީގައި ކޮވިޑް-19 ގެ ފިޔަވަޅު ތަކަށް ލުއި ދިނުނ

ދުބާއީގެ މޯލްތައް އަޅުން ހުޅުވާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވަނުން މަނާ

12 އަހަރުން ދަށުގެ ކުޑަކުދިންނާއި، 60 އަހަރުން މަތީގެ މީހުން ވަނުން މަނާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2020 | ބުރާސްފަތި 09:30
ދުބާއީ- ދުބާއީގައި ވަނީ 24 ގަޑިއިރުގެ ކާފިއު އިއުލާނު ކޮށްފައި

ދުބާއީ- ދުބާއީގައި ވަނީ 24 ގަޑިއިރުގެ ކާފިއު އިއުލާނު ކޮށްފައި

ކޮވިޑް-19 އާ ގުޅިގެން ދުބާއީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ ތެރެއިން ދުބާއީގެ ޝޮޕިންގ މޯލްތައް އަޅުން ހުޅުވަން ނިންމި ނަމަވެސް، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވަނުން މަނާކޮށްފިއެވެ.

ދުބާއީގެ ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް (ޑީއީޑީ) އާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އަލުން ފިހާރަތަކާއި ޝޮޕިންގ މޯލްތައް ހުޅުވަން ނިންމި ނަމަވެސް، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މޯލްތަކަށް ޒިޔާރަތް ކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި މިއީ ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމުގެ ޙާލަތްތަކަށް އަންނަ ބޮޑެތި ބަދަލުތައް ދޭހަވާ ކަމެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ސިފަކޮށްފައިވެއެވެ.

އެގޮތުން 12 އަހަރުން ދަށުގެ ކުޑަކުދިންނާއި، 60 އަހަރުން މަތީގެ މީހުން މޯލްތަކަށް ޒިޔާރަތް ކުރުން މަނާވާނެ ކަމަށް ޑީއީޑީގެ ނިންމުމުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ފިހާރަތައް އަލުން ހުޅުވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ޑީއީޑީން ވަނީ ބުނެފައެވެ.

ދުބާއީގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން 4 ސްޓޭޖަކަށް ބަހާލައިގެން އުވާލުމަށް ނިންމާފައި ވާއިރު، ފުރަތަމަ ސްޓޭޖްގައި ފިހާރަތަކާއި މޯލްތައް ހުޅުވި ނަމަވެސް ވަދެވޭނީ ފިހާރަތަކުގެ ޖާގައިގެ ނިސްބަތުން 20 އިންސައްތަ މީހުންނަށެވެ. އަދި މޯލްތަކަށް ވަންނަ ކަސްޓަމަރުންވެސް ސިއްޙީ ޗެކަޕެއް ހަދަން ޖެހޭއިރު، ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުން މަޖުބޫރު ކޮށްފައިވެއެވެ.

އޭގެ އިތުރުން، ފިހާރަތަކާއި މޯލްތަކަށް ވަންނަ މީހުންވެސް އިޖުތިމާއީ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ބުނެފައިވާއިރު، 2 މީޓަރުގެ ދުރުމިން ހުންނަން ޖެހޭނެ ކަމަށް ލާޒިމު ކޮށްފައިވެއެވެ. އަދި މޯލްތަކުގައި ސެނިޓައިޒަރ ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

ޑީއީޑީން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ފިހާރަތަކާއި މޯލްތައް އަޅުން ހުޅުވި ނަމަވެސް، އެއްވެސް ބާވަތެއްގެ ސޭލްއެއް ނުވަތަ ޕްރޮމޯޝަން ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށާއި، ވަޒީފާ އަދާ ކުރާ ފަރާތްތައްވެސް އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ދުބާއީން މިހާތަނަށް ކޮވިޑް-19 ގެ 8238 ކޭސް ރިޕޯޓް ކޮށްފައިވާއިރު، 52 މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ. އެގޮތުން ދުބާއީން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، 24 ގަޑިއިރުގެ ކާފިއުވެސް އިއުލާނު ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2023

ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ މީހުންގެ 70% އަކީ ކުޑަކުދިންނާއި އަންހެނުން

19 އޮކްޓޯބަރު 2023
ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ މީހުންގެ 70% އަކީ ކުޑަކުދިންނާއި އަންހެނުން
10 ޖުލައި 2023

ޗައިނާގެ ކުޑަކުދިންގެ ސްކޫލެއްގައި ވަޅިހަރައި، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފި

10 ޖުލައި 2023
ޗައިނާގެ ކުޑަކުދިންގެ ސްކޫލެއްގައި ވަޅިހަރައި، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފި
20 ފެބުރުއަރީ 2023

ބިންހެލުމުގައި މަރުވި ކުޑަކުދިންނާއި ފުއްޕާހަމާ އޮތީ މާނަފުން ގުޅުމެއް

20 ފެބުރުއަރީ 2023
ބިންހެލުމުގައި މަރުވި ކުޑަކުދިންނާއި ފުއްޕާހަމާ އޮތީ މާނަފުން ގުޅުމެއް
22 ޑިސެމްބަރު 2021

ޝާހީ ވަރީގެ ބަދަލެއްގެ ގޮތުގައި 734 މިލިއަން ޑޮލަރު ދިނުމަށް ދުބާއީގެ ވެރިޔާއަށް އަމުރުކޮށްފި

22 ޑިސެމްބަރު 2021
ޝާހީ ވަރީގެ ބަދަލެއްގެ ގޮތުގައި 734 މިލިއަން ޑޮލަރު ދިނުމަށް ދުބާއީގެ ވެރިޔާއަށް އަމުރުކޮށްފި
24 މާރިޗު 2021

ދުބާއީގެ ޑެޕިއުޓީ ލީޑަރ އަވަހާރަ ވެއްޖެ

24 މާރިޗު 2021
ދުބާއީގެ ޑެޕިއުޓީ ލީޑަރ އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު