Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

27 އޮކްޓޯބަރު 2026 | އަންގާރަ 07:04

ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ މަރްޔަމް ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، އޭނާ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. ދީނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދިނުމަށް ދިފާއުން އެދުނު ނަމަވެސް، މިއީ ޖިނާއީ ބޮޑު ކުށަކަށްވާތީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރެވެން ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2026 | އަންގާރަ 07:04
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި | ރާއްޖެ އެމްވީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

ދީނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ ފެނަކައިގެ ޕްރޮކިއުމަންޓް އިސްވެރިޔާގެ މަޤާމުގައި ދީނާ ހުންނެވިއިރު، އޭނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ފެނަކައަށް ކުއްޔަށް ހިފާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކުރިން ނިންމާފައިވާއިރު، އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދީނާއަކީ ދައުލަތުގެ އިދާރާއެއްގެ އިސް މަޤާމެއް އަދާކުރި ފަރާތަކަށްވާތީ އޭނާގެ އަދަބު ބޮޑުކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭނާއަކީ ކުޑަކުދިންތަކެއް ބަލަމުންދާ މީހަކަށްވާތީއާއި، މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް ފަރާތަކަށްވާތީ، އެއީ އަދަބު ލުއިކޮށްދެވިދާނެ ހާލަތްތަކެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުން އެދުނީ ދީނާގެ މައްޗަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ. އަދި މި އަދަބު ޖޫރިމަނާއަށް ބަދަލުކުރުމަށް ދައުލަތުން އިންކާރުކުރި އެވެ.

ދިފާއީ ވަކީލުން ކޯޓުގައި އެދިވަޑައިގަތީ ދީނާއަށް ޖަލު އަދަބު ނޫން އަދަބެއް ކަނޑައަޅައިދިނުމަށެވެ. ދީނާގެ ސިއްހީ ހާލަތާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވާނެކަން ބަޔާން ކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ، އޭނާއަކީ މައިގްރޭން، ގޭސްޓްރޮލޮޖީ، ހިރަފުހަށް އެލަރޖީވުން އަދި އަސްތްމާ ފަދަ ބަލިތައް ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް ދިފާއުން އެދުނެވެ.

މި މައްސަލަ ބެއްލެވި އިސްގާޒީ އާދަމް މުޙައްމަދު ނިންމެވީ، ދީނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ. އަދި އޭނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ސިއްހީ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް އިސްގާޒީ ވިދާޅުވި އެވެ. އެހެންކަމުން، ދީނާ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފަ އެވެ.

މި މައްސަލައިގައި ހިމެނޭ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށްވެސް މި ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ 4 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ދީނާގެ މައްޗަށް މި ހުކުމް އައީ ސައީދުގެ މައްޗަށް ހުކުމް ކުރިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ފެނަކަ ކޯޕަރޭޝަންމަރިޔަމް ދީނާ ޞާލިޙުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

23 އޮކްޓޯބަރު 2026
އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
18 އޮކްޓޯބަރު 2026

ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި

18 އޮކްޓޯބަރު 2026
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
17 އޮކްޓޯބަރު 2026

ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!

17 އޮކްޓޯބަރު 2026
ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!
15 އޮކްޓޯބަރު 2026

އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި

15 އޮކްޓޯބަރު 2026
އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި
13 އޮކްޓޯބަރު 2026

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

13 އޮކްޓޯބަރު 2026
މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!
12 އޮކްޓޯބަރު 2026

އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި

12 އޮކްޓޯބަރު 2026
އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި
11 އޮކްޓޯބަރު 2026

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!

11 އޮކްޓޯބަރު 2026
ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!
09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
09 އޮކްޓޯބަރު 2026

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

09 އޮކްޓޯބަރު 2026
ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް