Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ ސްކޫލް ހަމަލާ

ޗައިނާގެ ކުޑަކުދިންގެ ސްކޫލެއްގައި ވަޅިހަރައި، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފި

2010ވަނަ އަހަރުން ފެށިގެން މިހާތަނަށް، ޗައިނާގައި ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ވަދެ ވަޅިން ހަމަލާދިނުމުގެ 17 ހާދިސާއެއް ހިނގާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ޖުލައި 2023 | ހޯމަ 12:37
ޗައިނާ

ޗައިނާ

ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި ތުއްތު ކުދިންގެ ސްކޫލަކަށް މީހަކު ވަދެ ވަޅިން ހަމަލާދީ، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފިއެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ވޫ ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މަރާލި 3 މީހުންގެ ތެރޭގައި ހިމެނެނީ ޓީޗަރަކާއި 2 ބެލެނިވެރިންނެވެ. ސްކޫލަށް ވަދެ އޭނާ ހަމަލާދީފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7.40ހާއިރުއެވެ. އޭރު ބެލެނިވެރިން ދިޔައީ ސްކޫލަށް ކުދިން ގެންދަމުން ކަމަށްވެއެވެ.

1.87 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގުއަންގޑޮންގގެ ލިއަންގޖިއަންގގައި ހިންގި ޖަރީމާގެ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއެކު އާންމުން ދަނީ ނަފްރަތާއި ޝޮކްގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ޗައިނާގައި އޮންނަނީ އާންމުން ބަޑި ގެންގުޅުން މަނާކޮށްފައެވެ. ނަމަވެސް ވަޅިން ހަމަލާދިނުން ވަނީ މިފަހަކަށް އައިސް އިތުރުވެފައެވެ. މިގޮތުން 2010ވަނަ އަހަރުން ފެށިގެން މިހާތަނަށް، ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ވަދެ، ވަޅިން ހަމަލާދިނުމުގެ 17 ހާދިސާއެއް ހިނގާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން 10 ހަމަލާދީފައިވަނީ 2018އާ 2023އާ ދެމެދުއެވެ.

އެހެން ބައެއް ގައުމުތަކުގައިވެސް ސްކޫލްތަކަށް ވަދެ ވަޅިން ހަމަލާދިނުމުގެ ހާދިސާތައް ހިނގިނަމަވެސް، ޗައިނާގައި މިގޮތަށް ވަޅިހެރުން އެހާބޮޑަށް އިތުރުވާ ކޮންމެވެސް ސަބަބެއް އޮންނާނެކަމަށް މާހިރުން ބުނެފައިވެއެވެ. މިގޮތުން ކޮވިޑް 19ގެ ސަބަބުން ގެނައި ދިގު ލޮކްޑައުންގެ ސަބަބުން އާންމުންގެ އަތްމަތިދަތިވުމާއި، ވިޔަފާރިތައް ބަނގުރޫޓްވުމާއި، އަދި ލޯބިވާ މީހުން ކުއްލިއަކަށް ވަކިވެދިއުން އެއީ އެކަމުގެ ސަބަބުކަމަށް ދަނީ ބެލެމުންނެވެ.

ކޮވިޑުގެ ސަބަބުން އެންމެ ގިނަ ދުވަހު ލޮކްޑައުންކޮށްފައި އޮތީ ޗައިނާގައެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން މީހުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ސްކޫލްތަކަށްވަދެ ވަޅިން ހަމަލާދިނުން އާންމުވަމުންދާތީ، ޗައިނާގެ ކަމާބެހޭ އިދާރާތަކުން ސްކޫލްތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އިމަރޖެންސީއެއްގައި ކުދިންނާއި މީހުން ސްކޫލްތަކުން ނެރޭނެގޮތުގެ ތަމްރީން ތަކެއްވެސް އަންނަނީ ހިންގަމުންނެވެ.  

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

17 ޖުލައި 2017
ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު