Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ދުބާއީގެ ހާލަތު

ދުބާއީގެ ދެ ސަރަހައްދެއްގެ ލޮކްޑައުން އުވާލައިފި

ދުބާއީގައި ހުކުރު ދުވަހުން ފެށިގެން ދެން ހިންގާނީ ރޭގަނޑު 10 ން ފެށިގެން ފަތިހު 6 އާ ހަަމައަށް ކުރިޔަށްދާ ކާފިއު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އެޕްރީލު 2020 | ހޯމަ 06:05
ދުބާއީގައި މަސައްކަތްކުރާ މީހެއް މާސްކު އަޅައިގެން

ދުބާއީގައި މަސައްކަތްކުރާ މީހެއް މާސްކު އަޅައިގެން

ދުބާއީގެ ވިޔަފާރީގެ ގިނަ ޙަރަކާތްތައް ހިންގާ ދެއަވަށެއްގައި އިޢުލާނުކޮށްފައިވާ "ފުރަބަންދު" އުވާލާފައިވާ ކަމަށް ދުބާއީން ބުނެފިއެވެ.

މި ދެ އަވަށަކީ މަދުން ޢާމްދަނީ ލިބޭ އެހެނިހެން ޤައުމުތަކުން އެގައުމަށް އެތެރެވެފައިވާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އަވަށްތަކެކެވެ. ދުބާއީން ދެ އަވަށެއްގެ ލޮކްޑައުން އުވާލަން ނިންމާފައިމިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކާފިއު ހިންގާ ވަގުތުތައް މަދު ކޮށްފައި ވަނިކޮށެވެ.

ދުބާއީގައި ހުކުރު ދުވަހުން ފެށިގެން ދެން ހިންގާނީ ރޭގަނޑު 10 ން ފެށިގެން ފަތިހު 6 އާ ހަަމައަށް ކުރިޔަށްދާ ކާފިއުއެވެ. އަދި ހަމަ މިގޮތައް އަލް ރަސް އަދި ނައިފް އަވަށުގައިވެސް ގައިވެސް ޢަމަލުކުރުމަށް ދުބާއީން ވަނީ ނިންމާފައެވެ. މި ދެ އަވަށަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްކޮށް ބަންދު ކޮށްފައިވާ ދެ އަވަށެކެވެ.

ދުބާއީގެ ސްޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ޑިޒާސްޓާރ މެނޭޖްމެންޓުން ބުނެފައިވަނީ އެ ދެއަވަށުގައި ފުރަބަންދުގެ މުއްދަތު އުވާލަން ނިންމީ ފާއިތުވި ދެ ދުވަހު އެ ދެސަރަހައްދުން އެއްވެސް މީހަކަށް ވައިރަސް ޖެހިފައިނުވާތީއެވެ. ފާއިތުވި މަސް ދުވަހުގެތެރޭގައި ވައިރަސް ހުރިތޯ ބެލުމަށް 6000 ޓެސްޓް އެ ދެ ޑިސްޓްރިކްޓުގައި ވަނީ ކޮށްފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓް(ޔޫއޭއީ)ގައި 10،300 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 76 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. އަދި މިއީ ގަލްފް ސަރަހައްދުގައި ސައުދީ އަރަބިއްޔާ ނެގުމަށްފަހު ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހެމުން އަންނަ ގައުމުވެސްމެއެވެ. ޔޫއޭއީގެ 7 އެމިރޭޓްސްގެ މައްޗަށް ބިނާވާއިރު އެއިން ކޮންމެ ތަނެއްގެ އަދަދުތައް ވަކިވަކިން ޔޫއޭއިން ހާމައެއްނުކުރެއެވެ.

ގަލްފް ސަރަހައްދަކީ މަދުން އާމްދަނީ ލިބޭ ގިނަ އަދަދެއްގެ ބޭރުގެ ގައުމުތަކުގެ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. ކޮވިޑް-19 އެމީހުން ދިރިއުޅެމުންދާ ސަރަހައްދުތަކުގައި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކުވެސް ވަނީ އެއާބާދީގެ ތެރެއަށްވެސް ވައިރަސް ފެތުރިފަ އެވެ.

ދުބާއީން ހުކުރު ދުވަހު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައެވެ. ނަމަވެސް އެއީ އެތަންތާނގެ 30 އިންސައްތައިގެ ޖާގައަށް ވާވަރަށް މީހުންނަށް ޚިދުމަތްދޭ ގޮތަށެވެ. އަދި ބައެއް ޝޮޕިންގ މޯލްތައްވެސް ވަކިވަރަކަށް ވަނީ ހުޅުވާފައެވެ. އެހެންނަމަވެސް ސިނަމާތަކާއި ކުޅިވަރުކުޅޭ ތަންތަނާއި މިސްކިތްތަކެއް އަދި ނުހުޅުވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލިފައިވާކަމަށް ބުނާ ދުބާއީގެ ޕްރިންސަސް ލަތީފާ ފެންނަ ފޮޓޯއެއް އާންމުކޮށްފި

ގެއްލިފައިވާކަމަށް ބުނާ ދުބާއީގެ ޕްރިންސަސް ލަތީފާ ފެންނަ ފޮޓޯއެއް އާންމުކޮށްފި

25 ޑިސެމްބަރު 2018
ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

09 ނޮވެމްބަރު 2018
ތުރުކީގެ ކުއްލިހާލަތު އުވާލައިފި

ތުރުކީގެ ކުއްލިހާލަތު އުވާލައިފި

19 ޖުލައި 2018
ގާތްގަނޑަކަށް ހަތަރު މަހަށްފަހު އިތިއޯޕިއާގެ ކުއްލި ހާލަތު އުވާލައިފި

ގާތްގަނޑަކަށް ހަތަރު މަހަށްފަހު އިތިއޯޕިއާގެ ކުއްލި ހާލަތު އުވާލައިފި

05 ޖޫން 2018
ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

18 މާރިޗު 2018

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު