Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނަށް ދެމުންދާ ހަމަލާތައް

ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ މީހުންގެ 70% އަކީ ކުޑަކުދިންނާއި އަންހެނުން

ތަފާސް ހިސާބުތައް ބުނާ ގޮތުން އެންމެ ދުވަހެއްގެ ތެރޭގައި އެކަނި ވެސް އިސްރާއީލުން ވަނީ 471 މީހުން މަރާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 13:59
ފަލަސްތީން

ފަލަސްތީން

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ މީހުންގެ 70% އަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއިލުން ފަލަސްތީނުގެ ޣައްޒާ އަަށް ދެމުންދާ ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 3478 އަށް ވުރެ އިތުރެވެ. އަދި މިހާތަނަށް އައި އިރު ޒަހަމްވި މީހުން އަދަދު ވަނީ 12000 އަށް އަރާފައކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލްގެދްރާ ވިދާޅުވީ އިސްރާއިލްގެ ހަމަލާތަކުން ކުރާ ނޭދެވޭ އަސަރު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްގެ ލާއިންސާނީ އަނިޔާތައް ހުއްޓުވޭނެ ގޮތެއް ނެތި ފަލަސްތީނުގެ މުޅި ވުޖޫދު ސުވާލުމާކެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޒަހަމްވި މީހުންގެ ތެރޭގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ގިނަ ވުމަކީ އެއީ އިސްރާއިލުގެ އަނިޔާވެރިކަން ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާތަނަށް މި ހަމަލާތަކުގެ އަސަރު 433 އާއިލާ އަށް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 2421 މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ އިރު ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި ތާށިވެފައި ވެސް އެތައް ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ބުނާ ގޮތުން އެންމެ ދުވަހެއްގެ ތެރޭގައި އެކަނި ވެސް އިސްރާއީލުން ވަނީ 471 މީހުން މަރާލާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު