Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

އެހީދޭ ފަރާތްތަކުން ބުނަނީ މިފަދަ ހާދިސާތައް ހިނގަނީ ގަވާއިދާ ހިލާފަށް އެހީ ފޯރުކޮށްދޭން އުޅުމުން ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 ސެޕްޓެމްބަރު 2017 | ހޯމަ 09:40
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް

ބަންގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ތެރޭގައި ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަދި އަންހެނަކު މަރުވެފައިވާ ކަމަށް އެހީދޭ އެޖެންސީތަކުން ބުނެފިއެވެ.

އެހީދޭ އެކި އެޖެންސީތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެއް ކަމަށްވާ "އިންޓާ ސެކްޓާ ކޯޑިނޭޝަން ގްރޫޕް (އައިއެސްސީޖި)" އިން ސެޕްޓެމްބަރު 15 ގައި ނެރުނު ރިޕޯޓެއްގައި ބުނީ ބަލުހަލީ ޕަން ބާޒާރު އޭރިއާގެ މަގެއްގައި ހުއްދަ ނުހޯދާ ބޭއްވި އަންނައުނު ބެހުމުގެ ހަރަކާތެއްގައި ތޮއްޖެހި ފިތިބާރުވެގެން ދެ ކުޑުކުދިންނާއި އަދި އަންހެނަކު މަރުވެފައިވާ ކަމަށާއި، ގަވާއިދުތަކާއި އުސޫލުތައް ހުރެމެ އަދި ކަންކަން އިންތިޒާމް ކުރާ ކޮންޓްރޯލް ރޫމްއެއް ހުރެމެ، އަމިއްލަށް ބައެއް ފަރާތްތަކުން އެހީގެ ސާމާނު ބަހާ ހަދާ ކަމަށެވެ.

އައިއެސްސީޖީން ބުނާ ގޮތުން ވަގުތީ ހިޔާތަކުގައި ތިބި ރޮހިންޖާ މުސްލިމުންގެ 326،700 މީހުންނަށް ކުއްލި، ފުރިހަމަ ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު