Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުބާއީގެ ޝާހީ އާއިލާ

ގެއްލިފައިވާކަމަށް ބުނާ ދުބާއީގެ ޕްރިންސަސް ލަތީފާ ފެންނަ ފޮޓޯއެއް އާންމުކޮށްފި

ޕްރިންސަސް ލަތީފާއަކީ ދުބާއީގެ ވެރިޔާ މުހައްމަދު ރަޝީދު ބިން އަލްމަކްތޫމްގެ ދަރިކަނބަލުން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 25 ޑިސެމްބަރު 2018 | އަންގާރަ 11:46
ގެއްލިފައިވާކަމަށް ބުނާ ދުބާއީގެ ޕްރިންސަސް ލަތީފާ، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރު މޭރީ ރޮބިންސަންއާއެކު

ގެއްލިފައިވާކަމަށް ބުނާ ދުބާއީގެ ޕްރިންސަސް ލަތީފާ، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރު މޭރީ ރޮބިންސަންއާއެކު

ގެއްލިފައި ވާކަމަށް ބުނާ ދުބާއީގެ އަމީރާ، ލަތީފާ ބިންތު މުޙައްމަދު އަލް މަޚްތޫމް ދިރިހުއްޓާ ފެންނަ ފޮޓޯއެއް ދުބާއީގެ ސަރުކާރުން އާންމުކޮށްފިއެވެ.

ލަތީފާ ގެއްލިފައިވާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތައް ސާބިތުކޮށްދިނުމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލަތީފާ އޭނާގެ އާއިލާއާއި އެކު ދިރިއުޅެމުންދަނީ ދުބާއީގައި ކަމަށެވެ. މިބަޔާނުގައި ބުނެފައިވަނީ މޭރީ ރޮބިންސަން (އދގެ ކުރީގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް އަދި އަޔަލޭންޑްގެ ކުރީގެ ރައީސާ) އާއި އެކު ނަގާފައިވާ ފޮޓޯއިން ލަތީފާ ދިރިހުރިކަން ސާބިތު ކޮށްދޭ ކަމަށެވެ.

ޕްރިންސަސް ލަތީފާއަކީ ދުބާއީގެ ވެރިޔާ މުހައްމަދު ރަޝީދު ބިން އަލްމަކްތޫމްގެ އަންހެން ދަރިކަނބަލުންނެވެ. މި ފޮޓޯ އާންމު ކުރުމުގެ ކުރިން 33 އަހަރުގެ ޕްރިންސަސް އާންމުކޮށް ނުފެންނަތާ 9 މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ގައި ޖެނީވާގައި ހުންނަ ޔޫއޭއީގެ މިޝަންއިން ލަތީފާ އާއި ބޭހެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ލަތީފާގެ އާއިލާގެ އެދުމަކަށް މިއަހަރުގެ ޑިސެމްބަރުމަހުގެ 15 ގައި މޭރީ ރޮބިންސަން ވަނީ ދުބާއީގައި ލަތީފާއާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށްފައިވާއިރު ލަތީފާއަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭކަން މޭރީ ރޮބިންސަން ކަށަވަރު ކޮށްދީފައިވާކަމަށް ޔޫއޭއީގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް ސްކައި ނިއުސްއިން ކުރި ސުވާލަކަށް ޔޫއޭއީ ސަރުކާރުގެ ތަރުޖަމާނު އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ލަތީފާގެ ގާނޫނީ ވަކީލުންދަނީ ފޮޓޯތައް އާންމު ކުރުމުން އެކަމަށް މަރުހަބާ ކިޔައި އަދި އޮޅުން ފިލުވަން ބޭނުންވާ ކަންތައް ސާފު ކުރަމުންނެވެ. މީގެ ކުރިން ލަތީފާ ގެއްލުމާއި ބެހޭގޮތުން ބީބީސީންވެސް ވަނީ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް އާންމު ކޮށްފައެވެ.

ޔޫއޭއީގެ ސަރުކާރުން ލަތީފާ ދިރި ހުރިކަމަށް ބުނިކަމުގައި ވީނަމަވެސް މިކަމާއި ގުޅޭ އެތައް ސުވާލުތަކަކަށް ވަނީ ޖާވަބު ނުލިބިފައެވެ. އަދި އޭނާގެ ގާނޫނީ ވަކީލުންވެސްވަނީ ފާއިތުވި 9 މަސްތެރޭ އޭނާގެ ފޮޓޯ ނުފެންނަނީ ކީއްވެތޯ ސުވާލުކޮށް އަދި މިދުވަސްވަރު ލަތީފާގެ ފޮޓޯ އާންމުވަމުން ދާތީ އެކަމާއި ސުވާލު އުފައްދާފައެވެ. އަދި މޭރީ ރޮބިންސަން މިކަމާއި ދޭތެރެ ބަހެއް ވިދާޅުނުވާތީވެސް އެފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މިހާރު އެންމެންވެސް އިންތިޒާރު ކުރަމުންދަނީ މޭރީ ރޮބިންސަން މިކަމާއި ބެހޭގޮތުން ވިދާޅުވާނެ އެއްޗަކަށެވެ.

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2017

ގުދުސްގެ މައްސަލާގައި ލުބުނާނުގައި ކުރި މުޒާހަރާ ރޫޅާލައިފި

10 ޑިސެމްބަރު 2017
ގުދުސްގެ މައްސަލާގައި ލުބުނާނުގައި ކުރި މުޒާހަރާ ރޫޅާލައިފި
05 ޑިސެމްބަރު 2017

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

05 ޑިސެމްބަރު 2017
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
26 ނޮވެމްބަރު 2017

މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ

26 ނޮވެމްބަރު 2017
މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
18 ނޮވެމްބަރު 2017

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ

18 ނޮވެމްބަރު 2017
ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު