Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިންހެލުމުގައި މަރުވި ކުޑަކުދިން

ބިންހެލުމުގައި މަރުވި ކުޑަކުދިންނާއި ފުއްޕާހަމާ އޮތީ މާނަފުން ގުޅުމެއް

ކޮންމެ ހަމެއް ރަމްޒުކޮށްދެނީ ބިންހެލުމުގެ ކާރިޘާގައި މަރުވިކަން ކަށަވަރުވެފައިވާ ކުޑަ ކުއްޖެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ފެބުރުއަރީ 2023 | ހޯމަ 12:16
ބިންހެލުމުގައި މަރުވި ކުޑަކުދިންގެ ހަނދާނުގައި ފުއްޕާހަން އެލުވަނީ

ބިންހެލުމުގައި މަރުވި ކުޑަކުދިންގެ ހަނދާނުގައި ފުއްޕާހަން އެލުވަނީ

އެއީ ފެބުރުއަރީ 6 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެވެ. ގަޑިން 04:30 އެހާ އިރުވެސް ނުވެ އުޅެނިކޮށް، އެތައް ސަތޭކަ ހާސް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. މިދައްކަނީ ތުރުކީވިލާތާއި ސޫރިޔާ ހިއްސާކުރާ ބޯޑަރު ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގެ ވާހަކައެވެ.

ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި އެ ބިންހެލުން، ތުރުކީވިލާތުގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތައް، އަދި ސޫރިޔާގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދުތައް މުޅިންހެން ސުންނާފަތިކޮށްލިއެވެ. އެ ބިންހެލުމަކީ 1939 ވަނަ އަހަރަށް ފަހު ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމާ ވިދިގެން އަރަން ފެށި ލޮޅުންތަކަކީވެސް ވަކި ކުޑަ ލޮޅުންތަކެއް ނޫނެވެ.

ދުވަހަކީ ފެބުރުއަރީ 19 ވަނަ ދުވަހެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 46000ގެ ފާހަގަ ހުރަސްކޮށްފައި ވާ އިރު، އެ ޢަދަދުތައް އަދިވެސް ހާސްހާހުން އިތުރުވުމުގެ ބިރު އިންތިހާއެވެ. އެތައް ބަޔަކަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ. ވޭތުވެގެންދާ ކޮންމެ ސިކުންތަކާއެކު، އިތުރު މީހަކު ދިރިހުއްޓާ ފެނިދާނެ ކަމުގެ ޢުއްމީދުވެސް ދަނީ ފަނޑުވަމުންނެވެ. މަރުވިކަން ކަށަވަރުވި މީހުންގެ ތެރޭގައި ގިނަ ޢަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ. ބިންހެލުމުގެ ކާރިޘާގައި މަރުވެދިޔަ ކުޑަކުދިންގެ ހަނދާނުގައި އާދީއްތަ ދުވަހު ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ބިންހެލުމުގައި އެންމެ ބޮޑު އަސަރެއް ފޯރި އެއް ސަރަޙައްދު ކަމަށް ވާ ހަތޭގައި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ތުރުކީވިލާތުގެ ފޮޓޯގްރާފަރ އޯގުން ސެވޭރް އޯކުޝްއެވެ. ވޮލަންޓިއަރުންގެ އެހީގައި އޭނާވަނީ ސުންނާފަތިވެފައިވާ ހަތޭގެ އިމާރާތްތަކުގެ އެކި ހިސާބުތަކުގައި ރަތްކުލައިގެ ފުއްޕާހަންތަކެއް އެލުވާފައެވެ. ކޮންމެ ހަމެއް ރަމްޒުކޮށްދެނީ ބިންހެލުމުގެ ކާރިޘާގައި މަރުވިކަން ކަށަވަރުވެފައިވާ ކުޑަ ކުއްޖެކެވެ.

އޯކުޝް ބުނި ގޮތުގައި އައްސާލާ ކޮންމެ ހަމަކާއެކު އޭނާގެ ހިތުގައި ރިހެއެވެ. އިންޓަރވިއު ކުރުމާ ހިސާބަށް އެކަނިވެސް 1500 އެއްހާ ފުއްޕާހަން އައްސައިފިއެވެ. ހިތަށް ކިތަންމެ ދަތިވި ކަމުގައި ވީ ނަމަވެސް، ކޮންމެ ކުއްޖެއްގެ ޙައްޤުގައި ރަތްކުލައިގެ ފުއްޕާހަމެއް، ވައިގެ ތެރޭގައި ވިހުރާލުމަކީ މިއަދު އޯކުޝްގެ ޢަޒުމެކެވެ.

ފެބުރުއަރީ 19 ވަނަ ދުވަހަކީ ބިންހެލުމަށް 2 ހަފުތާ ފާއިތުވީ ދުވަސް ކަމަށް ވާ އިރު، މީހުން ސަލާމަތް ކުރުމަށް ހިންގަމުން ދިޔަ އޮޕަރޭޝަން ވަނީ ހިސާބަކަށް މަޑު ޖައްސާލާފައެވެ. ވީނުވީއެއް ނޭނގި ލޯބިވާ މީހުން ގެއްލިފައި ތިބި އެތައް ބަޔަކު މިއަދު ކުރަމުންދާ ޢުއްމީދަކީ، އެންމެ ފަހު ފަހަރަށް ނަމަވެސް، އެމީހުން ދެކިލުމެވެ. އެއީ މަރުވެފައިވާ ހަށިގަނޑުކަމުގައި ވީ ނަމަވެސް މިއަދު އެމީހުންނަށް ފުދެއެވެ.  

ބާރުގަދަ ބިންހެލުމާއި އެ ބިންހެލުމާ ގުޅިގެން އެކި ލޮޅުންތަކުގައި 345000 އެއްހާ އެޕަރޓްމަންޓް ސުންނާފަތިވެފައި ވާއިރު، މަރުވި މީހުންގެ ޢަދަދު އަދިވެސް މައްޗަށް ދާނެ ކަމީ މިއަދު ޤަބޫލު ކުރަން ޖެހިފައި އޮތް ހިތި ޙަޤީޤަތެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމަކީ އޯގަސްޓް 2021 އަށްފަހު މުޅި ދުނިޔޭގެ ނިސްބަތުންވެސް މިހާތަނަށް ރެކޯޑް ކުރި އެންމެ ބާރުގަދަ ބިންހެލުމެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ފުރަތަމަ ބިންހެލުން އައިތާ އެންމެ 11 މިނެޓް ފަހުން، ރެކްޓަރ މިންގަނޑުން 6.7ގެ ބާރުމިނުގައި ވަރުގަދަ ލޮޅުމެއް އަރާފައި ވާއިރު، ފެބުރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް 3858 ލޮޅުން ރެކޯޑް ކޮށްފައިވެއެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ވަރުގަދަ ބިންހެލުން އައި ސަރަޙައްދަކީ، ޖުމުލަ ގޮތެއްގައި އެފަދަ ހަރަކާތްތައް މަދު ސަރަޙައްދެކެވެ. 1905 ވަނަ އަހަރުން ފެށިގެން ބަލާ ކަމުގައި ވާނަމަ، ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުން އައި ސަރަޙައްދުގެ ވަށައިގެން އޮތް 250 ކިލޯމީޓަރުގެ ހިސާބުގަނޑުން، ރެކްޓަރ މިންގަނޑުން 6.0ގެ ބާރުމިނަށް ވުރެ މަތިން ރެކޯޑް ކޮށްފައިވަނީ އެންމެ 5 ބިންހެލުމެކެވެ. އެއީ 1905، 1945 އަދި 1986 އާއި 1998 ގައި އައި ބިންހެލުންތަކެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު