Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިޕީއެލް ފަސްކުރަން ނިންމުން

އައިޕީއެލް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އައިޕީއެލް ފަސްކުރިކަން ބީސީސީއައި އިން ވަނީ ހާމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އެޕްރީލު 2020 | ބުރާސްފަތި 14:27
އައިޕީއެލް މެޗެއްގެ ތެރެއިން

އައިޕީއެލް މެޗެއްގެ ތެރެއިން

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން ނިންމީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންޑިއާގައި ލޮކްޑައުންގެ މުއްދަތު މެއި މަހު 3 ވަނަ ދުވަހާއި ހަމަޔަށް އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު ޓީ-ޓުވެންޓީ މި މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ.

ބީސީސީއައި ގެ ރައީސް ސިރޯވް ގަންގަލީ ވިދާޅުވީ ބީސީސީއައި އިން މުބާރާތް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެކަމަކު މިވަގުތަށް ބަލާނަމަ މުހިންމީ ކުޅުންތެރިންނާއި އާންމުންގެ ސިއްހަތު ކަމަށެވެ. އަދި މުބާރާތް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއަހަރުގެ އައިޕީއެލް ފަސްކުރިއިރު، މި މުބާރާތް މީގެ ކުރިން 2009 ވަނަ އަހަރު ވަނީ ސައުތު އެފްރިކާގައި ބާއްވާފައެވެ. އޭރު މުބާރާތް ސައުތު އެފްރިކާއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު މި މުބާރާތުގެ އެއްބައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގައިވެސް ކުރިއަށް ގެންގޮސްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރިއިރު، މިހާތަނަށް އިންޑިއާއިން މި ވައިރަހަށް 12،700 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު