Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްއާ އެކު ތަމްރީން ހަދަނީ ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް: ހަމޭސް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 13:57
ރެއާލްގެ މިޑްފިލްޑަރު ހަމޭސް

ރެއާލްގެ މިޑްފިލްޑަރު ހަމޭސް

ރެއާލް މެޑްރިޑްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުންވާ ކަމަށް އެ ކުލަބުގެ މިޑްފިލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ނަޕޯލީ އަތުން 1-3 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަމޭސް ބުނީ، ރެއާލްއާއެކު ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި، އެ ކްލަބާއެކު ދިގު މުއްދަތެއް ހޭދަކުރަން އަބަދު ވެސް ބޭނުންވާ ކަމަށެވެ.

މި ސީޒަނަށްފަހު އެހެން ކުލަބަކަށް ހަމޭސް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ރެއާލްއާ އެކު ތަމްރީން ހަދަނީ ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް ކަމަށާއި، ރަނގަޅު ކަންތަކާ ރަނގަޅު ނޫން ކަންތައް ވެސް ދިމާވާ ކަމަށެވެ. އެހެންނަމަވެސް ބޭނުމީ ކުލަބުގައި މަޑުކުރަން ކަމަށެވެ.

ހަމޭސް ބުނީ ކުރިއާ އަޅާ ބަލާއިރު، ކުޅެން ލިބޭ ފުރުސަތު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. ހަމޭސް ބުނީ މަޑުމަޑުން ހުރިހާ ކަމެއް ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި، ތަފާތު ފެނިގެންދާނެ ކަމަށެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއާ ބެހޭގޮތުން ހަމޭސް ބުނީ އޭނާ އަކީ ވަރަށް ރަނގަޅު ކޯޗެއް ކަމަށެވެ. އެގޮތުން އެކި އެކި މައްސަލަތަކާ ބެހޭގޮތުން ޒިދާންއާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެ މައްސަލަތައް ހިއްސާކުރަން ބޭނުންނުވާ ކަމަށް ވެސް ހަމޭސް ވަނީ ބުނެފައެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީން ވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ހަމޭސް ހޯދުމަށް އިޓަލީގެ ޔުވަންޓަސް އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިފަހަރުގެ ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ 11 ގައި ހިމެނިގެން ހަމޭސް ކުޅުނު ކަމުގައިވީ ނަމަވެސް ފަހަކައް އައިސް އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ގޮތް ނުވެފައެވެ.

2014 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް 98 މެޗު ކުޅެދީ 29 ގޯލް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު