Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަމޭސް ރޮޑްރިގޭޒް

ހަމޭސް ގަތުމުގެ ރޭހުގައި އެވެޓަން އިންވެސް ބައިވެރިވެއްޖެ

13 އެޕްރީލު 2020 | ހޯމަ 11:37

ހަމޭސް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްއިން ވެސް އަންނަނީ މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 އެޕްރީލު 2020 | ހޯމަ 11:37
ރެއާލް މެޑްރިޑްގެ މިޑްފިލްޑަރ ހަމޭސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑްގެ މިޑްފިލްޑަރ ހަމޭސް ރޮޑްރިގޭޒް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފިލްޑަރު ހަމޭސް ރޮޑްރިގޭޒް ގަތުމުގެ ރޭހުގައި އެވެޓަންއިން ބައިވެރިވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ރެއާލް މެޑްރިޑުން ހަމޭސް ވިއްކާލާނެއެވެ. ސަބަބަކީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ޕްލޭނުގައި ހަމޭސް ނުހިމެނޭތީއެވެ. ހަމޭސް ގަތުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ ފާރަލަމުންނެވެ. އޭގެތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްވެސް ހިމެނެއެވެ.

އެވެޓަންއިން ހަމޭސް އަށް ބިޑްކުރަމަށް ތައްޔާރުވަމުން އަންނައިރު، އެ ކްލަބުން ހަމޭސް ހޯދުމަށް 40 މިލިއަން ޕައުންޑް ހޭދަކުރުމަށް އޮތީ ތައްޔާރަށެވެ. އެކަމަކު ހަމޭސް ހޯދުމުގައި އެވެޓަންއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވުމެވެ.

އެކަމަކު ހަމޭސް ގަތުމަށް އެވެޓަންގެ ކޯޗު އެންޗެލޮޓީ ވަނީ އެ ކްލަބުގައި އެދިފައެވެ. އެންޗެލޮޓީ ވަނީ މީގެ ކުރިން ރެއާލްއަށް ހަމެސް ގެންދިޔުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގެ ކުރީކޮޅު ހަމޭސް ކުޅެފައިވާއިރު އޭނާ އަށް ސީޒަންގެ މެދުތެރެއިން އަނިޔާވެ ދެން އިތުރަށް މި ސީޒަނުގައި ކުޅެވޭނެ ކަމާއި މެދު ޝައްކެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށްވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު މުއްދަތުގައި ހަމޭސް ވަނީ އެޓީމަށް ކުޅެދިން 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާއެކު ޖަރުމަން ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 72 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ، އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
25 މާރިޗު 2017

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

25 މާރިޗު 2017
ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް