Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

އެޓްލެޓިކޯއާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް ގްރިޒްމަން ވަނީ އެއްބަސްވުން ހަދާފަ

ލީވާން އަލީ
ލީވާން އަލީ | 25 މާރިޗު 2017 | ހޮނިހިރު 07:52
ޗެލްސީން ހޯދަން މަސައްކަތްކުރާ އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން

ޗެލްސީން ހޯދަން މަސައްކަތްކުރާ އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަން އިން ބުނީ މި ސީޒަނަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ގްރިޒްމަން ހޯދުމަށް ޗެލްސީންވެސް މަސައްކަތް ފަށައިފި ކަމަށާއި، ގްރިޒްމަން އަކީ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ހޯދުމަށް އެންމެ މަސައްކަތްކުރާ ކުޅުންތެރިޔާ ކަމަށެވެ.

މީގެއިތުރުން އެ ރިޕޯޓުގައި ބުނީ ގްރިޒްމަން ހޯދަން ޗެލްސީން މަސައްކަތް ފަށާފައިވަނީ އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދާ އެކުގައި ކަމަށާއި، އެގޮތުން ވަރަށް އަވަހަށް އަގުހުރި ބިޑެއް އޭނާއަށް ހުށަހަޅަން ޗެލްސީން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެޓްލެޓިކޯއާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ހަދާފައިވާ ގްރިޒްމަން ދާދި ފަހުން ބުނީ އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ އެ ކްލަބުގައި ހުރިހާ ހިނދަކު އޭނާ ކްލަބް ދޫކޮށްނުލާނެ ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަރަށް އަވަހަށް އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ގުޅޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޓްލެޓިކޯއާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ސިމިއޯނީ ވަނީ އޭނާގެ އެއްބަސްވުމުން ދެ އަހަރު ކަނޑާލާފައެވެ. އެގޮތުން އޭނާ 2018 ވަނަ އަހަރު އެ ކްލަބު ދޫކޮށްލުމަށް ފަހު އިންޓަ މިލާނަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލް ސޮސައިޑާޑް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި ގްރިޒްމަން އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 147 މެޗުގައި 79 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު