Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: ސެމީގެ ފުރަތަމަ ޖާގަ ކުޅުދުއްފުއްޓަށް

ކުމުންދޫ ވަނީ ގްރޫޕްގެ ފުލަށް ވެއްޓި މުބާރާތުން ކަޓާފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 19:40
ކުޅުދުއްފުށީގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ

ކުޅުދުއްފުށީގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ

ކުމުންދޫ ކަޓުވާލުމަށް ފަހު މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގެ ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައި ކުޅުދުއްފުށި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުޅުދުއްފުށި ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. މިގޯލް ކާމިޔާބު ކޮށްދިނީ އަންވަރު އާދަމެވެ.

އަންވަރު ވަނީ 38 ވަނަ މިނެޓްގައި ވެސް ގޯލެއް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި ހާފު ނިމުމުގެ ކުރިން މެޗުގެ ތިންވަނަ ގޯލް ޖަހައިދިނީ އަލީ ޝިޔާމް (ނަލަވާ) އެވެ.

ފަހު ހާފުގައި ކުޅުދުއްފުއްޓަށް ގޯލް ޖަހައިދިނީ މުހައްމަދު ޝާފީއުއާ ފަތުހުﷲ އާދަމް އަދި ކެޕްޓަން އިބްރާހީމް ހަސަނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅުދުއްފުއްޓަށް ދެ ގޯލު ކާމިޔާބުކޮށްދިން އަންވަރު އާދަމެވެ.

ގުރޫޕު އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުދުއްފުށި ސެމީއަށް ދަތުރު ކުރި އިރު މި މެޗުން ބަލިވި ކުމުންދޫ ވަނީ ގުރޫޕުގެ ފުލަށް ވެއްޓި މުބާރާތުން ކަޓާފަ އެވެ. ގުރޫޕުގެ ދެވަނަ ހޯދި ކުރިނބީއަށް ސެމީގެ ޖާގައެއް ކަށަވަރު ވާނީ 31 ވަނަ ދުވަހު ކުޅޭ ގުރޫޕު ތިނެއްގެ ފަހު މެޗަށް ފަހު އެވެ. ހދ. އަތޮޅު ބުރު ރޭވިފައިވާ ގޮތުން ސެމީއަށް ދަތުރު ކުރާނީ ތިން ގުރޫޕުން އެއްވަނަ ހޯދާ ތިން ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެވަނަ ޓީމެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ބުރާސްފަތި ދުވަހު ކުޅޭނީ ފިއްލަދޫ އާއި މާރަންދޫގެ އިތުރުން ނޮޅިވަރަމާއި ނޮޅިވަރަމްފަރެވެ. އަދި ނ. އަތޮޅު ބުރުގައި ކުޑަފަރިއާ ޅޮހި ބައްދަލު ކުރާ މެޗު ވެސް މާދަމާ ކެނދިކުޅުދޫ ދަނޑުގައި ކުޅޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު