Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް

އެމްބާޕޭ ވަނީ ފްރާންސްގެ ފައުންޑޭޝަނަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 މާރިޗު 2020 | ހޮނިހިރު 06:13
ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ

ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ

ފްރާންސްގައި ގެދޮރު ނެތް މީހުންނަށް ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ މާލީ ގޮތުން އެހީތެރިވެއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެމްބާޕޭ މާލީ ގޮތުން އެހީވެފައިވަނީ އެގައުމުގެ "އައްބެ ޕިއެރޭ ފައުންޑޭޝަން" މެދުވެރިކޮށެވެ. އެ ފައުންޑޭޝަނަށް އެމްބާޕޭ ހަދިޔާކުރި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް، އެ ފައުންޑޭޝަނުން ވަނީ ގެދޮރު ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުން އެމްބާޕޭ ދީލަތި އެހީއެއް ވެފައިވާކަން ހާމަކޮށްފައެވެ.

އެ ފައުންޑޭޝަނުން ބުނީ މި ދަނޑިވަޅުގައި ފައުންޑޭޝަނުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އުމުރުން 21 އަހަރުގެ އެމްބާޕޭ ދީލަތި އެހީއެއް ވެފައިވާ ކަމަށާއި، މި ފައިސާ ބޭނުންކުރާނީ މި ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ ގެދޮރު ނެތް މީހުންނަށް ކަމަށެވެ.

ފްރާންސްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް އެގައުމުން 32،964 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 1،995 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޕީއެސްޖީގެ ތަރި އެމްބާޕޭ ދީލަތި އެހީއެއްވިއިރު، ދާދި ފަހުން ޕީއެސްޖީން ވަނީ އެ ގައުމުގެ ޗެރިޓީއަކަށް އެއް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ކުޑަކުދިންނާއި، ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އިތުރަށް ގެދޮރުނެތް މީހުންނަށެވެ. މީގެ އިތުރަށް ފްރާންސްގެ ޑޮކްޓަރުންނަށްވެސް މި ފައިސާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު