Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

ނުކުންނާނީ އާ ސްޓައިލެއްގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 13:52
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހަމައަށް އަޔަސް މީގެ ކުރިން ކުޅުނު މެޗުގެތަކުން ލިބޭނެ ފައިދާއެއް ނެތް ކަމަށާއި އަންގާރަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ އާ ސްޓައިލަކާއެކު ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި އަންގާރަ ދުވަހުގެ ރޭ (މިރޭ) އެތުލެޓިކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލް އިން މަސައްކަތް ކުރާނީ އާ ކަމެއް ކުރަން ކަމަށާއި އެކަމުގެ ސަބަބުން އެޓީމަށް އިތުރު މޯޓިވޭޝަނެއް ލިބޭނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް އިން އެތްލެޓިކޯއާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ދަނޑުގައެވެ. އެކަމުގެ ފައިދާ މެޑްރިޑަށް ކޮށްފާނެ ކަމަށް ބެލެވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ ތާރީހު ރެއާލް މެޑްރިޑް ކޮޅަށް ބުރަވި ނަމަވެސް އޭގެން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

ޒިދާން ބުނީ ރެއާލް އަކީ އަބަދުވެސް އެންމެ ފަހު ވަގުތު ނަތީޖާ އަނބުރާލާ ޓީމަކަށް ވިޔަސް އެތުލެޓިކޯގެ މެޗުގައި އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނީ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ.

މީގެ އިތުރުން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގެ، ފޭވަރިޓުންނަކީ ރެއާލް މެޑްރިޑް ނޫންކަމަށް ޒިދާން ބުންޏެވެ.

މި ދެޓީމުގެ ކުރިމަތިލުން ތަކަށް ބަލާއިރު މިދިޔަ ސީޒަނުގައި ރެއާލް އިން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ އެތުލެޓިކޯއާ ބަލިކޮށްގެންނެވެ.

ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވި ފަހުން ރެއާލް ދަނޑުގައި އެތުލެޓިކޯ އަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. ނަމަވެސް އަބަދުވެސް އެތްލެޓިކޯއާ ދެކޮޅަށް ކުޅެން އުދަނގޫ ކަމަށް ޒިދާންވަނީ ބުނެފައެވެ.

"ރެއާލް އަކީ މެޗުގެ ފޭވަރިޓެއް ނޫން، ދެ ޓީމަށްވެސް އޮތީ 50 - 50 ގެ ފުރުސަތެއް، މެޗުގައި ވާނެ ގޮތަކާ މެދު އޭގެ ކުރިން ކަމެއް ކުރާކަށް ނޭންގޭނެ، ޒިދާން ބުންޏެވެ.

މީގެ އިތުރުން ޒިދާން ބުނީ ފާއިތުވި ހަތަރު ފަސްވަރަކަށް އަހަރުތެރޭ، އެތްލެޓިކޯއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

މިރޭގެ މެޗަށް ރެއާލުން ނުކުންނާނީ އަނިޔާގެ ސަބަބުން ގަރެތު ބޭލް ނުލަ އެވެ. އެތްލެޓިކޯ އާއި ރެއާލް ބައްދަލުކުރާ، މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

13 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު