Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

ފާއިތުވި ސީޒަނުގައި މިދެޓީމް ބައްދަލުކުރި 2މެޗުވެސް ކާމިޔާބުކުރީ ޓީސީއިން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 11 މެއި 2017 | ބުރާސްފަތި 14:12
ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާޒީގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، ފާއިތުވި ސީޒަނުގައި ޓީސީ އަތުން ބަލިވެފައި ވީނަމަވެސް މިފަހަރު ޓީސީއަތުން ބޭނުން ވަނީ މޮޅެށް ކަމަށް މާޒިޔާގެ ކޯޗް މާޔަން ސެކުލޮސްކީ ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ބުރާސްފަތި ދުވަހު ޓީސީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުނެފައި ވަނީ، ޓިސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާ، ފާއިތުވި ސީޒަނުގައިވެސް އަދި މިސީޒަނުގައި ވެސް އެޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށެވެ.

އެގޮތުން ފާއިތުވި ސީޒަނުގައި މާޒިޔާ އާއި ޓީސީ ގެ 2 ކުރިމަތިލުން ވެސް ޓީސީއިން ކާމިޔާބުކޮށްފައި ވީނަމަވެސް މާޒީގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ސެކުލޮސްކީ ބުންޏެވެ. އޭނާ ބުނެފައި ވަނީ އޭނާ އަބަދު ވެސް ވިސްނަނީ ކުރިއަށް ކަމަށާ، މުޅި ޓީމު އޮތީ ޓީސީގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ސެކުލޮސްކީ ބުނެފައި ވަނީ، މާޒިޔާއަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ފުލުފުލުގައި މެޗުތަށް ހުރުމުން، އެއް މެޗަށް ފަހު އަނެއް މެޗަށް ތައްޔާރުވުމަށް ބޭނުންވާ ވަގުތު ނުލިބުން ކަމަށެވެ.

އެގޮތުން އޭނާ ވަނީ، އެންމެ 45 ދުވަހުގެތެރޭގައި 11 މެޗު ކުޅެން ޖެހުމަކީ އުނދަގޫ ކަމެއްކަން ފާހަގަ ކޮށްފައެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖހުގެ މެޗުތަކާއި މާލެ ލީގުގެ މެޗުތަކާއި ދޭތެރޭގައި އެޓިމަށް ބޭނުންވާ ވަރަށް ވަގުތު ނުލިބޭތީ، ކޯޗު ވަނީ މީގެ ކުރިންވެސް ޕްރެސް ކޮންފަރެންސް ތަކުގައި މި ވާހަކަ ފާހަގަ ކޮށްފައެވެ.

ސެކިލޮސްކީ ބުނެފައި ވަނީ، ޓިސީގައި ހުރީ ރާއްޖޭގެ އެންމެ މޮޅު ކޯޗު ކަމަށާއި،ސްކޮޑަށް ބަލައިފި ނަމަވެސް މޮޅެތި ޒުވާން ކުޅުންތެރިން ޓީމުގައި ހިމެނޭ ކަމަށެވެ. އެހެންކަމުން ޓީސީއަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.

ޓިސީ އާއި މާޒިޔާގެ ކުރިމަތިލުމަކީ މާލެ ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ވެސް ކުޅޭ ފަހު މެޗެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު