Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

12 މާރިޗު 2020 | ބުރާސްފަތި 10:26

މި ހާލަތު އިއުލާންކުރީ ނިންމުންތައް އަވަހަށް ނިންމުމުގެ ގޮތުން: އަމީން

އަމަން ހަލީމް
އަމަން ހަލީމް | 12 މާރިޗު 2020 | ބުރާސްފަތި 10:26
ކުއްލި ޚަބަރު

ކުއްލި ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުއްގައި މިކަން އިއުލާންކުރެއްވީ އާންމު ސިއްހަތުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

Advertisement - newsAdvertisement

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގޭނެއެވެ. އަދި އެ އެންގުން ރައްދުވާ މީހާ އެ އެންގުމަށް ބޯލަނބަން ދެކޮޅުހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްްސަލައެއް ހުށަހެޅިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުން ނެރޭ އެފަދަ އަމުރެއް ތަންފީޒު ކުރަން ފުލުހުންގެ އެހީތެރިކަންވެސް ހޯދިދާނެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ސަބަބުން، އެއްވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް ހަނިކަމެއް ގެނެވޭނީ، ސިއްހީގޮތުން ނުރައްކާވެދާނެ ފަދަ ބަލިމަޑުކަމެއްގެ ސަބަބުން، ނުވަތަ ގައިންގަޔަށް އަރާފާނެ ބައްޔެއްގެ ސަބަބުން، ނުވަތަ ދުރާލާ އެންމެންނަށް އެނގި އޭގެން ރައްކާތެރިވާންޖެހޭފަދަ ބައްޔެއްގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ އަމިއްލަ ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުމުގެ ސަބަބުން، އެ ވަގުތަކަށާއި ހާލަތަކަށާއި ކަމުގެ ކުޑަބޮޑުމިނަށް ބަލާއިރު، މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަށް ހަނިކަމެއް ގެންނަން ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހަމައެކަނި އެ ނިސްބަތަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޑައިރަކްޓަރ އޮފް ޕަބްލިކް ހެލްތު ކަމަށެވެ. އަދި މި ހާލަތު އިއުލާންކުރުމާއި ގުޅިގެން އެޗްޕީއޭއަށް ގިނަ ކަންކަން ކުރުމުގެ ބާރުލިބިގެންދާއިރު، އޭގެތެރޭގައި ސުކޫލްތައް ހުޅުވުމާއި، ބަންދުކުރުމުގެ ބާރުވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ނިންމާފައިވާ ގޮތާއި ހިލާފަށް ނޫނީ އޭގެ އިތުރަށް އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިނުވާކަމަށެވެ.

މިހާލަތު އިއުލާންކުރެއްވި ސަބަބު ބަޔާންކޮށްދެއްވަމުން އަމީން ވިދާޅުވީ މިއީ ސަރުކާރުން އަވަހަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުންއެޅި ފިޔަވަޅޭއް ކަމަށެވެ. އަދި މިހާރު ބަލީގެ ހާލަތު އިތުރަށް ގޯސްވެފައިނުވާކަމަށާއި، ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް