Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ - އެމެރިކާ

އިންޑިއާ އިން ޓްރަމްޕް އަށް ހޫނު މަރުހަބާއެއް

24 ފެބުރުއަރީ 2020 | ހޯމަ 16:09

އިންޑިއާ ވަޑައިގެންނެވީ ހޯމަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 24 ފެބުރުއަރީ 2020 | ހޯމަ 16:09
ޓްރަމްޕްއާ މޯދީ

ޓްރަމްޕްއާ މޯދީ | ޓްވިޓަރ

އެމެރިކާގެ ރައީސް ޑޮނާލްްޑް ޓްރަމްޕް ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގެންފިއެވެ. ދުނިޔޭގެ ޑިމްކޮރެސީ އެންމެ ބޮޑު ޤައުމަށް އެމެރިކާގެ ރައީސް ވަޑައިގެންނެވީ އަނބިކަނބަލުން މެލަނިޔާ ޓްރަމްޕާއެކު ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ގުޖުރާތު ސްޓޭޓުގެ އަޙްމްދުއާބާދުގެ އެއަރޕޯޓުން ޓްރަމްޕަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން އިންޑިއާގެ އެކި ކަހަލަ ޘަޤާފީ ޙަރަކާތްތަކެއް ހުށައަޅައި ދީފައިވެއެވެ. ޓްރަމްޕަށް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ. އެއަށްފަހު ކާރުގައި ޓްރަމްޕް ވަޑައިގެންނެވީ ރަސްމީ ގޮތުން އަޙްމަދުއާބާދުގެ މޮޓެރާ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތަށެވެ.

އެއް ލައްކައެއްހާ މީހުން ޖަމާވި އެ ސްޓޭޑިއަމްގައި ޓްރަމްްޕް ވަނީ އިންޑިއާގެ ރައްޔިތުންނާ މުޚަތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޓްރަމްްޕްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާއާ އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޖާގައިގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، ތިން ބިލިއަން ޑޮލަރުގެ އަގުހުރި އަސްކަރިއްޔާގެ ހެލިކޮޕްޓަރު އިންޑިއާގެ އަސްކަރިއްޔާ އަށް ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެއަށް ފަހު އެއަރފޯސް ވަންގެ ފްލައިޓްގައި ޓްރަމްޕް ވަޑައިގެންނެވީ އާގްރާއަށެވެ.

ޓްރަމްޕްއާ އަނބިކަނބަލުން ވަނީ އާގްރާގައި ހުންނަ ދުނިޠޭގެ ހަތް އަޖައިބުން އެއް އަޖައިބު ކަމުގައިވާ ތާޖު މަހަލް އަށް ޒިޔާރަތް ކުރައްވާފައެވެ. އެެމެރިކާގެ ރައީސްގެ ދެކަނބަލުން ވަނީ ތާޖު މަހަލްއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންގެ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށް ފަހު ޓްރަމްޕް ވަނީ ވެރިރަށް ނިއު ދިއްލީ އަށް ވަޑައިގެންފައެވެ. ރަސްމީ އިޙުތިފާލުތައް އޮންނާނީ މާދަމާކަމަށް ޚަބަރު ލިބެއެވެ.

ހޯމަ ދުވަހުގެރޭ ޓްރަމްޕް ހުންނަވަނީ ނިއު ދިއްލީގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އައިޓީސީ މައޫރްޔާ ހޮޓަލުގައެވެ. އިންޑިއާއާއ އެމެރިކާއާ ދެގައުމުގެ ދެމެދު ރަސްމީ ވާހަކަތައް ފަށަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އިންޑިއާ ގަޑިން 10 ޖަހާއިރުއެވެ.

އެގޮތުން އިންޑިއާގެ ރައީސްގެ ރަސްމީގެކޮޅު ރަޝްތްރަޕަތީ ބަވަން ގައި ރައީސް ރާމުނާތު ކޮވިންދާއަ ޓްރަމްޕް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށް ފަހު މަހާތުމާ ގާންދީގެ މަޤްބަރާއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީއާ ޓްރަމްޕް ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ. ޓްރަމްޕްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅަކަށްވާއިރު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުން ތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް