Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުސް ސަޅިބައިސާ. މެނިފެސްޓޯގެ ތިންބައިކުޅަ އެއްބައިވެސް ޕީޕީއެމްއަށް ތަންފީޒެއްނުވޭ!

އުމްރާނީ ތަަރައްގީގެ ދެ ތިން ވައުދެއް ފިޔަވައި ގިނައީ ނުފުއްދާ ހުރި ކަންކަން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2020 | ބުދަ 14:13
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބާ ގުޅިގެން ތައާރަފްވެގެން އައި ކަމެކެވެ. ވެރިކަމަށް ވާދަކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ބަޔާންކޮށް ތަފާތު އެކިއެކު ވައުދުތައް ވެއެވެ. މިވެނި ކަމެއް ކޮށްދޭނަމޭ އެވެނި ކަމެއް ކޮށްދޭނަމޭ ބުނެ ރައްޔިތުންގެ ކުރިމަތީގައި އެތައް އަހުދެއްވެއެވެ.

މިހާރު ކޮންމެ ކަހަލަ އިންތިހާބެއް ބޭއްވިޔަސް ވައުދު ނުވާ ބަޔަކު ނޫޅެއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބެއް ވިޔަސް މިފަދައެވެ. އިންތިހާބީ މަގާމަކަށް ވާދަކުރަނީނަމަ، ވައުދުނާމާއެއް ނުވާ ފަރާތެއް ނޫޅެއެވެ. މިހާރު އިންތިހާބުވާ ފަރާތެއްގެ ދައުރުގައި ކުރެވުނު މަސައްކަތްތައް މިނެކިރަން ބޭނުންކުރާ މިންގަނޑަކީވެސް މި ވައުދުނާމާއެވެ.

ދެން މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ވާހަކައެވެ. ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމާއިއެކު މިހާރު އެކި ރަށްތަކަށް ގޮސް ވަރަށް ގިނަ ވާހަކަތަކެއް ލިބޭ ކޮންމެ ފުރުސަތެއްގައި ދެކެވޭތީ، އަޅުގަނޑުވެސް އެ ވާހަކަތައް އަޑުއަހާލީމެވެ. ފާހަގަކުރެވުނު އެއް ކަމެކެވެ. ވަރަށް ބައިވަރު ވައުދުތަކެއް ފުއްދި ކަމަށް ދައުވާކުރެއެވެ. ދެން މިވަރަށް ވައުދު ފުއްދި ވާހަކަ ދައްކަވަމުން ގެންދާ އެ ޕާޓީގެ އިސްވެރިން ދައްކާ ވާހަކައެއްގެ ތެދު ދޮގު ބަލާލުމުގެ މަސައްކަތް ކޮށްލީމެވެ.

ތެދެކެވެ. އުމްރާނީ ތަރައްގީގައި މެކުހުގައެވެ. ބޮޑު ބްރިޖަކާއި، މައްޗަށް ބެލުމުން ކަރަށް ނާރު އަރާ ވަރުގެ އުސް އިމާރާތްތައް އެވެރިކަމުގައި އަޅާފައިވެއެވެ. ވައިގެ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖޭގެ އެއްވެސް ސަރަހައްދެއް އިސްތިސްނާ ނުވާނެހެން، އެކި ސަރަހައްދުތަކުގައި ވައިގެ ބަނދަރުތައް ގާއިމްކުރަން ފެށި، އެތައް ސަރަހައްދެއްގައި އެ މަސައްކަތް ވަނީ ނިމިފައެވެ. ބޯވާރޭގައި ތެމި ފޯވެ ހުންނަވަން ޖެހުނު ނަމަވެސް، ތަސައްވުރު ސާފެވެ.

ވަރުވަރުން އެކި ރަށްރަށުގައި ދަމާފައި ހުރި ބެނަރތަކުގައި އަދިވެސް އެ ލިޔެކިޔުންތައް އެބަހުއްޓެވެ. ދަނޑުވެރިންގެ އާމްދަނީ 10000ރ. އިތުރުކުރަން ވީވައުދު ނުފުއްދެއެވެ. 10000 ދަނޑުވެރިން އުފައްދަން ވީވައުދު ނުފުއްދެއެވެ. މަސްވެރިކަމުގެ ސިނާއަތަށް 10000 ޒުވާން މަސްވެރިން އުފައްދަން ވީވައުދު ނުފުއްދެއެވެ. ބެޔަސް ނުބެޔަސް ދޭންބުނި 10000ރ. އޮތީ ކަޅުވެން ބަނޑުގައެވެ.

ކަރަންޓު ބިލް ކުޑަކުރަންވެސް ވައުދުވިއެވެ. ފަސް އަހަރު ދުވަހުގެ ވެރިކަމެއްކޮށް ފައިބައިގެން ދިޔައިރުވެސް ކަރަންޓް ބިލަށް ލިބުނު ލުޔެއް ފެންނާކަށް ނެތެވެ. އާންމު ރައްޔިތު މީހާގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ވައުދަށް ވީނުވީއެއް ނޭނގެއެވެ. ކައިރީގައި އުޅުނު ބަޔެއްގެ ޖީބު ބަރުވުން ފިޔަވައި، ދެން އެހެން ބަޔެއްގެ ޖީބަށް ލޯ ލާރިއެއް ވަންކަމެއް ނޭނގެއެވެ.

އަނެއް ކަމަކަށް އުފައްދަން ބުނި ވަޒީފާތަކެވެ. ދައުލަތުގެ އެކި ކުންފުނިތަކުން ވަޒީފާ ޒުވާނުންނަށް ދިނެވެ. އެއީ ތެދެކެވެ. އެކަމަކު، ވައުދުވީ 95000 ވަޒީފާ އުފެއްދުމަށެވެ. އަދި އޭގެތެރެއިން 70000 ވަޒީފާ އުފެއްދީމޭވެސް ބުނެފައި އެބަހުއްޓެވެ. ވަޒީފާ އުފެއްދީމާ ބުނާއިރު، އެއީ ކޮން ދާއިރާއަކުން ކާކަށް ދިން ވަޒީފާއެއްތޯ ފާހަގަކުރަން ރަނގަޅެވެ.

އުފެއްދިހާ ރިސޯޓު ވަޒީފާތަކުގައި ގިނައީ ބިދޭސީންނެވެ. ރިސޯޓު މުވައްޒަފުންނަށް ދޭން ބުނި ހިއްސާތައް ބޮޑުވާ ބިއްލޫރި އަޅައިގެންވެސް ނުފެނެއެވެ. ކޮންމެ އަހަރަކު 10 ރިސޯޓު ހުޅުވައި އުފައްދަން ބުނި ވަޒީފާތައް ކޮބާ ހެއްޔެވެ. ދެންވެސް މި ދައުވާކުރަނީ ވައުދު ފުއްދީމޭ ބުނެއެވެ.

ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ފެށި ހިޔާ މަޝްރޫއު ފިޔަވައި، ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރެވުނު މަސައްކަތެއް ނެތެވެ. ހުޅުމާލޭ ފޭސް-2 ހިއްކައި، އެކަން ކޮށްދެއްވާނެ ކަމަށް ވައުދުވުމުން ދިވެހިން ކުރި އިންތިޒާރަށް އިތުރުވީ ބޮޅުތަކެކެވެ.

ކުރީ ސަރުކާރުތަކުން ނިންމާފައި ހުރި ފްލެޓްތައް ދިނުމުގައިވެސް އިސްކުރީ މިނިސްޓަރުންނާއި ޕާޓީގެ ނުފޫޒުގަދަ ބޭފުޅުންގެ ލިސްޓެވެ. ނިންމާފައި ހުރި އެތައް ފްލެޓަކާއި ރޯހައުސްތައް، ހަވާލުނުކުރެވި ހުއްޓާ އެކަންވެސް ކުރީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަވަސް އަރުވާލައިގެންނެވެ.

އެތަންތަން ލިބުނު މީހުންނަކަށް މިއަދުވެސް އެތަންތަނަކަށް ނުވަދެއެވެ. އަނެއްކާވެސް އިތުރު މަރާމާތުތަކެއް ކުރަން ޖެހޭތީއެވެ. ދެން މޭގައި އަތްޖަހާ ވައުދު ފުއްދީމޭ ބުނުމުން ގަބޫލުކުރާނީ ވަކި ކާކުހެއްޔެވެ.

ކަނޑުމަތީގެ ހޮސްޕިޓަލް ގައުމުގެ ދެ ބިތުގައި ބާއްވާނެ ކަމަށް ވައުދުވިއެވެ. ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ވައުދުވިއެވެ. އަދި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖައްސާނެ ކަމަށްވެސް ވައުދުވިއެވެ. އެ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަން ކަންކަން ފެއްޓެވި ވާހަކަވެސް 31 އޮކްޓޫބަރު 2016ގައި އޭރުގެ ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. ފަހަރުގައި އެ ޑޮކްޓަރުން ރަށްރަށުގެ މަލަމަތިން އަދި ދައްކާ ނުލަނީ ކަމުގައި ވެދާނެއެވެ.

24 ގަޑިއިރަށް ސިއްހީ މަރުކަޒުތައް ބަދަލުކުރީ ނަމެއްގައެވެ. އަތޮޅުތަކަށް ބޮޑު ސަމާލުކަމެއް ދީގެން ހޮސްޕިޓަލުތައް ތަރައްގީކުރާނެ ކަމަށް ވައުދުވީއިރު، މިއަދުވެސް އެއިން ހޮސްޕިޓަލެއްގެ ހާލަތު ބަލާލަން ދިޔަ މީހަކަށް އެވައުދަށް ވީގޮތް ވަރަށް ރަނގަޅަށް ފަހުމްވާނެއެވެ. 2018ގެ ޖުލައި މަހު ހުޅުވަން ބުނި ދަރުމަވަންތަ ހޮސްޕިޓަލުގެ "ދަރުމަ" އަދިވެސް ދިވެހިންނަކަށް ނުލިބެއެވެ.

ހަގީގަތަކީ ޕީއާރް ވީޑިއޯތަކުގައި ބޭނުންކުރާނެ ރީތި މަންޒަރުތަކެއް ފެންނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފިޔަވައި ދެން ފުއްދުނު ވައުދެއް ނެތެވެ. ތިން ބިލިއަން ޑޮލަރު ހަރަދުކޮށްގެން ގައުމުގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާފައި ދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު، ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްތައް ހުރުން ބުއްދި ގަބޫލުކުރޭތޯއެވެ.

ވައުދުވެފައި އެ ވައުދުތައް ފުއްދީމޭ ބުނާނީ، ވައުދުތައް ފުއްދުނު ނަމައެވެ. ކިތަންެ ހިތްހަމައެއް ބަޔަކު ނުޖެހުނަސް، 2013 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގެ 30 އިންސައްތަވެސް ނުފުއްދެއެވެ. ބަލިވެވަޑައިގަތުމުން ދިވެހިންގެ ބޮޑާކަމޭ ވިދާޅުވި ރައީސްގެ ވެރިކަން ނިމުމުގެ ފަހަތުގައި ނުފުއްދި ހުރި ވައުދުތަކުގެ ދައުރު ބޮޑެވެ. މިއީ މިހާރުގެ ސަރުކާރުންވެސް އިބުރަތް ލިބިގަންނަން ޖެހޭ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

03 ސެޕްޓެމްބަރު 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު