Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ބައިމިލިޔަން ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 11:09
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި

މިޔަންމާ ރޮހިންޖާ މުސްލިމުން ގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ވަރަށް ގިނަ ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދަނީ ދައްކަމުންނެވެ. އޭގެތެރޭގައި ބާރުގަދަ ޖަމިއްޔާތަކާއި ނުފޫޒު ގަދަ ބޭފުޅުން ހިމެނެއެވެ. އެހެން ނަމަވެސް ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެ ބާރުގަދަ ނުފޫޒުގަދަ ޖަމިއްޔާތަކާއި ނުފޫޒު ގަދަ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅާއި އަދި ވިދާޅުވާ ބަސްފުޅުތަކުން މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ.

ރޮހިންޖާ މުސްލިމުންނާ މެދު ބުނެއުޅެނީ އަދި ގަބޫލުކުރެވިފައިި ވަނީ އެއީ ދުނިޔޭގައި އެންމެ ނިކަމެތިކޮށް ކަމޭހިތޭ މައިނޯރިޓީގެ ގޮތުގައެވެ. އެމީހުންނަކީ ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ދިރިއުޅޭތާ އެތަކެއް ސަތޭކަ އަހަރުވެފައިވާ ބައެކެވެ. އެމީހުންގެ ގައުމުގައި ހިމެނޭ 135 ރަސްމީ ނަސްލީ ގްރޫޕްތަކުގެ ތެރޭގައި އެމީހުން ނުހިމެނެއެވެ. ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ލިބިފައިނުވާއިރު އެމީހުންވެފައި ވަނީ ގައުމެއް ލިބިގެން ނުވާ ބައެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ އަސްކަރިއްޔާ އިން ދެމުންގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް އދ. ސެކިއުރިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރު ކުރީކޮޅު ގޮވާލާފައެެވެ. މިޔަންމާގެ ސިފައިން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށްވެސް ސެކިޔުރިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސެކިޔުރިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރު ފަހުކޮޅުވެސް މިޔަންމާގެ ހާލަތާމެދު ވާހަކަ ދައްކާފައެވެ. އެ ބައްދަލުވުމުގައި ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އިތުރަށް ގުޓަރޭސް ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ "މިއަދު ދުނިޔޭގައި އެންމެ ބޮޑުވަމުންދާ ރެފިއުޖީ އިމާޖެންސީ ކަމަށާއި އަދި އިންސާނިއްޔަތާ ގުޅިފައިވާ އަދި އިންސާނީ ހައްގުތަކާ ގުޅިފައިވާ ބިރުވެރިކަމެއް ކަމަށެވެ." ގުޓަރޭސް ވިދާޅުވީ އިންސާނީ ކާރިސާ އަކީ، ހައްދުފަހަނައަޅައި ދިޔުމާއި، ކުށްވެރިން އުފެދުމާއި އަދި ހިއުމަން ޓްރެފިކް ކުރާ ފަރާތްތައް އުފެދުމަށް ދިމާވާނެ ކަމެއް ކަމަށެވެ. ގުޓަރޭސް އިތުރަށް ވިދާޅުވީ މިޔަންމާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު މިޔަންމާ ސަރުކާރުން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށާއި އަދި ގައުމު ދޫކޮށް ގޮސްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ގައުމަށް އާދެވެން ޖެހޭނެ ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންވެސް ވަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރަށް ދުނިޔޭގައި ކަމުވޮށިގެންވާ އަދި ގަދަރު ލިބެގެންވާ ތަފާތު ޝަޚުސިއްޔަތުތައް ވެސް ވަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާ އެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާފައެވެ. މިޔަންމާގެ ރަކައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުޑިސްޓުންގެ ލީޑަރު ޑަލައި ލާމާ ވަނީ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ގޮވާލައްވާފައެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް، ޑުލައި ލާމާ ގޮވާލައްވައިފައިވަނީ މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށެވެ. އަދި ، ނޯބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިން ކަމަށްވާ ޑެސްމުންޓް ޓޫޓޫ އާއި މަލާލާ ޔޫސުފްޒާއީ ވެސް ވަނީ ސޫޗީ އަށް މި މޭރުމުން ގޮވާލައްވާފައެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާުފައިވާއިރު އެ އޮޕަރޭޝަން އަސްކަރިއްޔާ އިން ކުރިއަށް ގެންދަނީ ސަރުކާރުން ބާރުދީގެންނެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ. މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

ކަންކަން ނިއުޅެމުންދާ ގޮތަށްބަލާއިރު މިޔަންމާގެ މުސްލިމުންގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ނުފޫޒު ގަދަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަމަލީ ސިފައެެއް އަދިވެސް ނާދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު