Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފިތުރު އީދު

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

ކޮންމެ ޢީދު ބަންދަކަށް ރަށްރަށަށް މީހުން ދަތުރު ކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 ޖޫން 2017 | ހޮނިހިރު 07:37
ޢީދު ބަންދަށް ރަށްރަށަށް މީހުން ދިއުން

ޢީދު ބަންދަށް ރަށްރަށަށް މީހުން ދިއުން

ޢީދު ބަންދާ ދިމާކޮށް ތޮއްޖެހިފައިވާ މާލެ ސިޓީ ދޫކޮށް އާއިލާއާއިއެކު އެކުވެރި، މަޖާ ވަގުތުތަކެއް ހޭދަކުރުމަށް ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްތަކަށް ފުރައެވެ. މާލޭގެ ހަލަބޮލި މާހައުލުން ދުރަށް ޖެހިލައި، އެކުވެރިންނާ، ގާތް ތިމާގެ މީހުންނާ އެކު، ޢީދުގެ އުފާ ފާހަގަކޮށްލުމަށް، އެންމެ މުނާސަބު ގޮތަކީ އަތޮޅު ތެރެއަށް ދިއުމެވެ. މާލެ އާއި ރަށްރަށުގައި ޢީދު ފާހަގަކުރުމުގައި ތަފާތުތަކެއް ހުރެއެވެ. ޢީދަށް ރަށްރަށުގައި ސަގާފީ ކުޅިވަރުތަކާއި، ދިވެހިންގެ އެންމެ ކުރީގެ އާދަތައް، އާލާކުރުމުގެ ތަފާތު ކުޅިވަރުތަކުގެ އިތުރުން، ދިވެހި ތަފާތު ކެއުންތައް ތައްޔާރުކުރެއެވެ.

މިކަންކަން ތަޖުރިބާކޮށްލުމަށް، ކޮންމެ ޢީދަކާ ދިމާކޮށްވެސް ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރެ އެވެ. ކޮންކްރީޓް ޖަންގައްޔެއްފަދަ މާލެ ސިޓީ އެއްކޮށްހެން ހުސްވެއެވެ.

މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށްވެސް ގިނަ ބަޔަކުވަނީ ރަށްރަށަށް ފުރައިގެން ގޮސްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ގިނަ ބަޔަކު ވަނީ މާލެ ދޫކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގޮސްފައެވެ. އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާ، ލޯންޗުތަކާއި ފެރީތަކާއި، އޮޑިދޯނި ފަހަރު ވަނީ، ރަށްރަށަށް ދާ މީހުން އަރައި ފުރި ބާރުވެފައެވެ.

މިދުވަސްވަރު ދޯނި ފަހަރުން ޖާގަ ހޯދުމަކީވެސް އެހާ ފަސޭހަކަމަކަށް ނުވެއެވެ. ބައެއް ފަރާތްތަކުން އަގުބޮޑުކޮށް، ލޯންޗު ހިފައިގެންވެސް ރަށްރަށަށް ދެއެވެ. މީހުން އުފުލާ ދޯނި ތަކުގެ އިތުރަށް، މަސްދޯނި ފަހަރާއި މުދާ އުފުލާ ދޯނިތަކުގައިވެސް ގިނަ ބަޔަކު ރަށްރަށަށްދެއެވެ.

މާލޭގެ ބަނދަރަކީ އާއްމުކޮށް، ދޯނިތަކުން ފުރިފައިވާ ބަނދަރެއް ނަމަވެސް، ޢީދާ ދިމާކޮށް، ބަނދަރުމަތި އެކުގައިހެން ވަނީ ހުސްވެފައެވެ. މަދު ދޯންޏެއް ނޫނީ ބަނދަރުކޮށްފައިވާ މަންޒަރު މިހާރު ނުފެނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ ފިތުރު ޢީދަށް ލިބުނު ބަންދުވެސް އިތުރެވެ. މިއީވެސް މި ޢީދަށް ރަށްރަށަށް މީހުން ދިއުމަށް މެދުވެރިވި އެއް ސަބަބެވެ.

ގިނަ ބަޔަކު ކަނޑު ދަތުރު ފަތުރު ކުރާ މިފަދަ ދުވަސްވަރެއްގައި ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ސަމާލުވެގެން ދަތުރު ކުރުމަށް ކަމާގުޅޭ ފަރާތްތަކުން ކޮންމެ ފަހަރަކުވެސް ހަނދާންކޮށްދެއެވެ.

ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ގިނައިން ގޮވައިގެން ދަތުރުކުރާއިރު، އެ ދޯންޏަކަށް، އެކަށީގެންވާ މިންވަރަށް މީހުން ގޮވައިގެން ދަތުރުކުރުމާއި، ލައިފްޖެކެޓާއި، އެނޫންވެސް ކަނޑުމަތީގެ ހާދިސާއެއް ދިމާވާ ހާލަތެއްގައި ބޭނުންކުރަންޖެހޭ ސާމާނު، މީހުންނަށް ހަމަވާ ވަރަށް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ކަމާގުޅޭ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ހަނދުމަކޮށްދެމުންނެވެ.

ކަނޑުމަތީގެ ސަލާމަތީ ކަންކަމުގެ އިތުރުންވެސް މި ދުވަސްވަރު ސަމާލުވާންޖެހޭ މުހިއްމު ކަންކަން އެބަހުއްޓެވެ.

އެގޮތުން އީދު ބަންދާ ދިމާކޮށް އެކި ތަންތަނަށް ފުރާ އިރު، އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ފުލުހުން ދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ.

ދިރިއުޅޭ ގެ ހުސްވެފައިވާކަން ހާމަވާނެގޮތަށް، އެމީހަކު ދިރިއުޅޭ ގެއެއް ޓެގް ކޮށްފައި އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް އޭނާ ފުލުހުން އެދެއެވެ. ޢީދު ބަންދަށް ރަށުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސޯޝަލް މީޑީއާގައި ހާމަކުރާ މިފަދަ މައުލޫމާތުގެ ބޭނުންކޮށް، އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ކުށްކުރުމަށް ފުރުޞަތުތައް ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ވައްކަމާއި މުދަލައް ގެއްލުންދިނުން ފަދަ މައްސަލަތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު، މި އަހަރު ރަމަޟާން މަހު ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މަގުމަތީގައި މީހުން ހިނގާފައިދާ އިރު ސައިކަލުގައި ބާރު ދުވެލީގައި ގޮސް، ފޯނާއި ދަބަސްފަދަ ތަކެތި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ އިންތިހާއަށް ގިނަވެފައެވެ.

ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތައް ހިނގިޔަ ނުދިނުމަށް އާންމު ރައްޔިތުންވެސް، އަޅަންޖެހޭ ހުރިހާ ފިޔަޅުތައް އެޅުމަކީ މުހިއްމު ކަމެކެވެ. މިފަދަ ކަންކަން ހައްލު ކުރެވޭނީ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކުއެވެ.

އަދި މިގޮތަށް ގިނަ ދުވަސްތަކަކަށް ގެއިން ދާ އިރު، ދޮރުތައް ރަގަޅަށް ތަޅުލުމަށް ހަނދުމަކުރަން ޖެހެއެވެ. ގޭގައި ހުންނަ އަގުހުރި ތަކެތި ފަސޭހައިން ފެންނަ ހިސާބުތަކުގައި ނުބެހެއްޓުންފަދަ ކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު