Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިމޮކްރަސީ

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރަށް ބާރު ލިބޭ ގޮތަށް ގާނޫނުތައް ދަނީ ބަދަލުކުރަމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 03:29
ރައްޔިތުންގެ މަޖިލިސް: ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުތައް ދަނީ ބަދަލުކުރަމުން

ރައްޔިތުންގެ މަޖިލިސް: ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުތައް ދަނީ ބަދަލުކުރަމުން

ޑިމޮކްރަސީއަކީ ރަނގަޅު ގިނަ ކަންތައްތަކެއް ހިމެނުނު ނަމަވެސް ގޯސް އަދި ނުރަނގަޅު ސިފަތައް ވެސް ހިމެނޭ ނިޒާމެކެވެ. އެންމެ ބޮޑު އެއް ގޯހަކީ އަގުލަބިއްޔަތަށް ތަބާވުމެވެ. އެއީ ކިތަންމެ ބޮޑު ގޯހެއް ކަމުގައި ވިޔަސް އަގުލަބިއްޔަތުން އެގޮތް ނިންމައިފި ނަމަ ޑިމޮކްރަސީގައި އޮތީ އެ ގޮތެވެ. އެއީ އިސްލާމްދީނުގެ އަސްލާ ފުށުއަރާ ނިޒާމެކޭ ބައެއް މީހުން ބުނަނީ އެހެން ވެގެންނެވެ. އިސްލާމްދީނާއި ތަރުބަވީ ނިޒާމުގެ ތެރޭގައި އޮންނަ އުސޫލަކީ ކިތަންމެ ގިނަ ބަޔަކު ބުންޏަސް ގޯސް ގޯހަށް ވުމެވެ. އެންމެ މީހަކު ބުންޏަސް ރަނގަޅު ރަނގަޅަށް ވުމެވެ. ޑިމޮކްރަސީގައި ހުރިހާ ވެސް ބާރަކީ މެޖޯރިޓީއެވެ. ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތާ އެކު ނުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މި ގައުމުން ވެސް ފެނިގެން މިދަނީ އެ ކަމެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މި ދެންނެވި ބާރުތަކާ އެކުގައެވެ. އެގޮތުން 2014 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި ރައްޔިތުން ވަނީ ޑޮމޮކްރަސީގެ ލަގަން ރައީސް ޔާމީނަށް ދެއްވާފައެވެ. އޭގެ ފުރިހަމަ ބޭނުން ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ހިއްޕަވައިފިއެވެ. ޑިމޮކްރަސީގެ އުސޫލްތަކުގެ ނަމުގައި ގާނޫނުތައް ކޮށައި މަށައި އެމަނިކުފާނަށް ހެޔޮވަރުވާ ގޮތަށް ހުރިހާ ކަމެއް ބަދަލުކުރެއްވީ ކުރިން ފާހަގަކުރެއްވި ޑިމޮކްރަސީގައި މުތުލަގަށް ދީފައި އޮތް އަގުލަބިއްޔަތުގެ ނާޖާއިޒް ބާރު ބޭނުންކުރައްވައިގެންނެވެ. އިދިކޮޅު ފަރާތްތައް ވެސް ކުޑަކަކޫ މައްޗަށް ތިރިކުރައްވާފައި ވަނީ އެ ލަގަނުގައި ހިއްޕަވައިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރު ހިއްޕަވައިގެންނެވެ.

ނަތީޖާ ވަރަށް ބިރުވެރިއެވެ. ގާނޫނުއަސާސީން ވަރަށް ފުޅާކޮށް ދީފައިވާ ބާރުތައް އޭގެ ފަހުން ހެދި ގާނޫނުތަކުގެ ތެރެއިން ދެފޮޅުވަތް ދޭތެރޭގައި ވަނީ ފިއްތާލާ ބާރުކޮށްލާފައެވެ. އެއްވެ އުޅުމާއި މުޒާހަރާކުރުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެ ނޫން ވެސް އެތައް އިންސާނީ ހައްގުތަކެއް ވަނީ ނިގުޅައިގެންފައެވެ. ރައްޔިތުން ހަމަ ޗުއްޕު ވެސް ބުނެ ނުލައެވެ. ނުވަތަ ބުނާނެ ފުރުސަތެއް ސަރުކާރުން ނުދެއެވެ.

ސަރުކާރާ އިދިކީލި ކޮންމެ އަޑެއް ކަނޑުވާލުމަށް ގާނޫނުގެ ބާރު އޮތީ ސަރުކާރުން ނަގާފައެވެ. އެފަދަ ކޮންމެ ފަރާތަކާ ދެކޮޅަށް ދައުވާއެއް އުފުލި އެ އަޑެއް ކުޑަގޮޅިއަށްލާ ބަންދުކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. އިދިކޮޅު ފަރާތްކުގެ އަޑު ނީވޭ ވަރަށް އަޑު އެވަނީ ކަނޑާލާފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި މެޖޯރިޓީ އޮތުމުން ރައްޔިތުންނާ މެދު ވެސް ސަރުކާރުން ކަންކުރަނީ ކުރާނެ ގޮތަކަށެވެ. ހެއްދި ގޮތެއް ހެދިގެން ޖެހޭނީ ތިބެންށޭ ބުނާ ބީދައިންނެވެ. ފެނާއި ކަރަންޓާއި ކާޑާއި މި ނޫން ވެސް އެތައް ޚިދުމަތާއި ތަކެއްޗެއްގެ އަގު އިންތިހާ އަށް ބޮޑުކޮށްފިއެވެ. ހިތަށް އެރީމާ ބޮޑުކުރަނީއެވެ. ހިތަށް އެރީމާ ކުޑަކުރަނީއެވެ. ނަމަވެސް ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަހަލައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ނޫނެކެވެ. ރައްޔިތުންނަށް ބާރު އެބަ އޮތް ކަމަށެވެ. މޭ 6 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ފެނިގެން އެދިޔައީ އެކަމެވެ. ނަމަވެސް ހަގީގަތުގައި ވެސް ރައްޔިތުންގެ އެ ނިންމުމުން ސަރުކާރަށް ކުޑަވެސް އަސަރެއް ކޮށްފި ހެއްޔެވެ؟ ނޫނެކެވެ. ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ލިބުނު ފިލާވަޅެއް ނެތް ކަހަލައެވެ. އިންތިޚާބަށް ފަހު ވެސް ފެންނަނީ ބޮޑާ ކަމާއި ކިބުރުވެރިކަމެވެ. ޑިމޮކްރަސީގައި ބާރަކީ މެޖޯރިޓީއޭ، މަޖިލީހުގައި އަދިވެސް އޮތީ ތިމަންނާމެންގެ ބާރޭ، ހަދާނީ ހަދާނެ އެއްޗެކޭ ބުނާ ފަދައެވެ.

އޭގެ ހެކިތައް އެދަނީ ފެންނަމުންނެވެ. ސަރުކާރަށް ބާރުތައް ލިބޭހާ ގޮތަކަށް ނުވަތަ ސަރުކާރުން ކަންކުރަން ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ބަދަލުކުރުމުގެ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނެތެވެ. ޖިނާއީ އިޖުރާއަތުގެ ބިލް ފާސްކޮށް މި އަންނަ މަހުގެ 2 ވަނަ ދުވަހު އަމަލުކުރަން ފަށަން ހަމަޖައްސާފައި ވަނިކޮށް އަނެއްކާ ވެސް ސަރުކާރުން އެ ވަނީ އެ ބިލަށް ވެސް އިސްލާހުތައް ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ބޭނުމަކީ ސަރުކާރާ ދެކޮޅަށް ބަހެއް ބުނާ އެއްވެސް މީހަކަށް ނޭވާލަން ވެސް ފުރުސަތު ނުލިބޭ ވަރަށް ކަންކަން ބަދަލުކުރުމެވެ. މި ނޫން ވެސް އެތައް ބަދަލުތަކެއް ޕެންޑިންގައި އެބަ ހުއްޓެވެ. އިދިކޮޅު ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ދެން އަވަސް މުސްތަގުބަލެއްގައި އިންތިޚާބެއް ވެސް ނުލިބޭ ވަރަށް ކަންކަން ބަދަލުކޮށްލުމުގެ ބިރު އެބަ އޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ދިރުމެއްވޭ، ދިރުމެއްވާ އެއްޗެއް

ދިރުމެއްވޭ، ދިރުމެއްވާ އެއްޗެއް

02 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު