Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޤާނޫނީ ވަކީލުން ބުނަނީ ވެރިކަން ކުރަމުންދަނީ ޤާނޫނީ ހަމަތަކުގެ ބޭރުން ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 13:06
މުޒާހަރާއެއްގެ ތެރެއިން

މުޒާހަރާއެއްގެ ތެރެއިން

ޤާނޫން އަސާސީގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށެނީ ދިވެހި ރައްޔިތުންކިބައިން ކަމަށެވެ. އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށެވެ.

އެ ޤާނޫން އަސާސީއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ޤާނޫން ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވަކިވެފައިވާ ބާރުތަކުގެ ތެރެއިން އަނެއް ބާރަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވާ ރައީސުލް ޖުމްހޫރިއްޔާއެވެ. ހަމަ އެހެންމެ އަނެއް ބާރަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޢަދްލު އިންސާފްގެ ބާރު ލިބިގެންވާ ދިވެހިރާއްޖޭގެ ކޯޓުތަކެވެ.

ޤާނޫން އަސާސީގައި މިވާހަކަތައް މިގޮތަށް ބުނެފައިވަނީ ކޮންމެހެން އެއްޗެއް ލިޔާކަށް ނޫނެވެ. ޤާނޫން އަސާސީއެއް ހަދަން ޖެހެނީ އެރައްޔިތުންނަށް ކަމަށް ވާތީއެވެ.

އެކަމަކު ރާއްޖޭގެ ރައްޔިތުން ގާތްގަނޑަކަށް އެޤާނޫން އަސާސީގެ ފޮނި މީރުކަމުން މިހާރު މިވަނީ މަހްރޫމްވެފައެވެ. އެރައްޔިތުންގެ ޙައްޤުތައް ގެއްލި ނިކަމެތިވެފައެވެ. ޤާނޫނެއް ޤަވާއިދެއް އަދި އަމުދުން ޤާނޫން އަސާސީއެއް މިހާރު މިޤައުމުގައި އޮތްކަމަކަށް ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ. ފެންނަނީ ހުރިހާ ބާރަކީވެސް ރައީސުލް ޖުމްހޫރިއްޔާކަމަށް އަމިއްލައަށް ކަނޑައަޅައިގެން ކުރިއަށް ގެންދާތަނެވެ. ސަރުކާރުން ބޭނުންވި އެއްޗެއް ބޭނުންހާ ގޮތަކަށް އެހެރަ ގެންދަނީ ނިންމަމުންނެވެ. ޤާނޫނެއް ޤަވާއިދެއް އިންސާފުގެ ހަމައެއް އަމުދަކުން މިތާކު ނެތެވެ. ރޯމާ ދުވާލަށް މިހާރު ކަޅުފޮއި ރޭގަނޑޭ ހަމަ ނުބުނާކަމެވެ. އަންހެނުން ފިރިހެނުންނަށް ބަދަލު ނުކުރާކަމެވެ. ހަލާލު އަނބިމީހާއަކީ އެހެން މީހެއްގެ މިލްކެއްކަމާއި އޭނާއާއެކީ ރޭކުރާނީ އެހެން މީހަކު ކަމަށް ކަނޑައަޅާ ހާލަތައް ޤައުމު ވެއްޓިއްޖެއެވެ. ވައްކަންކޮށް ޤައުމު އެއްކޮށް ހުސްވެއްޖެއެވެ. ރޯމާ ދުވާލު މާސިންގާހާ ކޮރަޕްޝަން ހިންގާ ހެވިފައި ތިބޭއިރު އެއިން ކަމެއް ލޮލަށް ފެންނަ މީހާގެ ބުރިން ހަންނަގަން ފަށައިފިއެވެ. ރައްޔިތުން ކަޅާކޮށް އެރައްޔިތުން ކުޑަކަކޫ ޖައްސައިފިއެވެ.

ސަދޫމްގައިވެސް ކުރީ ވެރިކަމެކެވެ. އެޤައުމަށް ވީގޮތް ހަނދާނަށް ގެންނަނަމަ ރައްޔިތުންގެ ގައިން ހީބިހި ނަގައިގަނެގެން ދާނެއެވެ. އެހާލަތައް ދިވެހި ރާއްޖެ ވެއްޓިގެންދާއިރު މާތް ﷲ ގަންދީ ހުވާކޮށްގެން ތިބިމީހުން އަތްއުރާލައިގެން ތިބޭނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ.

ޤައުމަށްޓަކައި ދީނަށްޓަކައި އަދި ރައްޔިތުންނަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލާ ހިތުން ނިދިނައިސްގެން ތިބޭ މީހުން އެއީ ކަންދައްކަން ކިޔާއުޅޭ ލަވަޔަކަށް ހެދީމާ ތިއީ ބައެއް ކަމަކަށް މިއަދަކު ޤަބޫލު ކުރެވޭކަށް ނެތެވެ. ﷲ ގަންދީ ކޮށްގެން ތިތިބަ ހުވާ އުވާލާ ވަކިބައެއްގެ އަޅުންނަށް ވެވުނީމާ ރިހަބައެއް ނޫނޭ ބުނާނެ އެހެން ޖާގައެއް ނެތެވެ. ރައްޔިތުން ރޯމާ ދުވާލު ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅުން ކައިބޮއެ މަސްފަލަކޮށް ގަޔަށް ރީތި ޔުނީފޯމް ލައިގެން ދޮން އަންހެން ކުދިންނަށް ތިއްތި ދެއްކޭކަށް ތިޔައީކީވާ ރީތިކަމެއް ނޫނެވެ. ޤާނޫން އަސާސީ ނަގަހައްޓައި ހަމަހަމަކަން ޤާއިމް ކުރުމަށް ނުކެރޭވަރުގެ ފިނޑި ބަޔަކަށް އެކަން ކުރަން މަތިވެފައިތިބި މީހުން ވެއްޓުނީމާ ހަތަރެސްފައިން ހޯހޯއޭ ބުނެ ދެން ރަނގަޅުވާނީ ތިކަމުން އެއްކައިރިވެލިއްޔާއެވެ. ހެދި މޮޅު ޓްރޭނިންގ ގެ ބޭނުމެއްނެތި އަމިއްލައަށް ބޮލާފޮށާއެޅުނީމާ ކޮންމެހެން އަންނައުނު އަނދެގެން މަގުމައްޗަށް ނުކުތުމުގެ ބޭނުމެއް ނެތެވެ.

ބާރު އޮތީތީ އެބާރު އިންތިހާއަށް ބޭނުން ކުރަމުންދާއިރު ވިސްނާލަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން އައި ވެރިކަންތައް ބަސްބުނިހިނދުން ބިމާ ހަމަވިކަމެވެ. އެވެރިން ނިމިދިޔަ ގޮތެވެ. އަނިޔާވެރިންނަށް އެއަނިޔާ ތާއަބަދަށް ކުރިއަށް ނުގެންދެވުނުކަމެވެ. އެހާލަތު މަޑުމަޑުން ފެންނަމުންދާއިރު މަތިން ގަޑި ޖެހުމެވެ. ހާލަތު ބަދަލުވާކަށް ހަމަ ފަޅި ސިކުންތެއްހާ ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ގޮޅިއަކަށްފަހު ގޮޅިއެއް ހުސްވެ އަތްޕުޅުގައި އޮތް ބޮޑު ބާރު އަތްދަށުން ދޫވާތަން ޚުދު ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާނެއެވެ. އެކަންކަމާ ކުރައްވާނެ ކަންކަން ހުސްވެ ފަސްމުގޫ ދޫވާ ކައިރިވީމާ ފަހު އެތިފަހަރަށްވެސް ތައްޔާރުވާކަހަލައެވެ. އެހާލަތަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނިހެން ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނެގުންފަދަ ހާލަތަކަށް ހިނގައިދާނެއެވެ. ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވިފަދަ ވަގުތެއް އަތުވެއްޖެ ނަމަ ވެރިކަން ދިފާއުކުރަން ނަގާ ހަތިޔާރަކަށް ބަޑި ނަގާފާނެ ކަމުގެ އަލާމާތްވެސް މިދަނީ ފެންނަމުންނެވެ. އެކަމަކުވެސް ތާއީދެއް ނެތި ކުރެވޭނެ ވެރިކަމެއް ނޯންނާނެއެވެ. ރައްޔިތެއް ނެތި ހިންގޭނެ ވެރިކަމެއްވެސް ނޯންނާނެއެވެ. ހަމަ އެހެންމެ ﷲ މިންވަރު ކުރެއްވީމާ ވެރިކަންވެސް ވެއްޓޭކަށް ލަހެއްފަހެއް ނޯންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު