Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔަޟިންގެ މަރުގެ ތަހުގީގް

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން މަރާލި ގެއަށް ވަދެ ނުކުމެވޭނީ މިކެމެރާތަކަށް ފެނިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 19:48
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދުގެ ހަށިގަނޑު ގެންދަނީ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދުގެ ހަށިގަނޑު ގެންދަނީ

ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރ ސ. ފޭދޫ ޗަނބޭލީގޭ، އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދު ވަރަށް ލާއިންސާނީ އަނިޔާ ތަކަކާއެކު ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އެވަނީ މަރާލާފައެވެ. އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ކައިރިއަށް މަރާލައި ވައްޓާލާފައި އޮތްއިރު، ހަށިގަނޑުގެ އެތައް މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ. ދަންވަރު މީހުން ނިދާ ފައިހިލަވަޅު އޮބުނު ފަހުން މި ޖަރީމާ ހިންގި މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުމަކީ ކޮންމެ ދިވެއްސެއްގެވެސް އެދޭނޭ ކަމެވެ. ޔާމީންގެ އާއިލާއާއި ރައްޓެހިން އެކަމަށް އެދި އާދޭސް ކުރާއިރު އެފަދަ އަނިޔާވެރިކަމެއް ތިމާ މީހާއަށްވެސް މެދުވެރި ވެދާނެތީވެސް އެ ލާއިންސާނީ ޢަމަލް ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ.

ރާއްޖެ ޓީވީއަކީ އަބަދުވެސް އިންސާފް ޤާއިމް ކުރުމަށްޓަކއި މަސައްކަތްކޮށް އަދި އެއިންސާފް ޤާއިމް ކުރުމަށްޓަކައި ވެދެވެން އޮންނަ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ އުޅޭ ބައެކެވެ. ހަމަހަމަކަމާއި ނޫސްވެރިކަމުގެ އިންތަކާއި މިންތަކުގެ ތެރެއިންނެވެ. އެގޮތުން ޔާމީން ރަޝީދުގެ ޤާތިލުން ހޯދުމަށްޓަކައި ޚާއްޞަ ޓީމަކުން ވަރަށް ސީރިއަސް ކަމެއް ދެއްވައިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް ފަސޭހަ ކޮށްދިނުމަށް ވެދެވެންއޮތް ހުރިހާ އެހިޓެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް ރާއްޖެ ޓީވީ އޮތީ ތައްޔާރަށެވެ. ތަހުގީގީ ނޫސްވެރިކަމުގެ ތެރެއިން ރާއްޖެ ޓީވީން މިހުށަހަޅާލަނީ އެފަދަ ކަމެކެވެ.

ޔާމީން ރަޝީދު މަރާލާފައި އޮތް ގެ މ. ސްޕެކްޓިއުލާގޭ ހުންނަނީ އެތައް ބައިވަރު ސީސީޓީވީ ކެމެރާތަކެއް ހުންނަ ސަރަހައްދެއްގެ ތެރޭގައެވެ. އެ ގޭގައި ވެސް ސީސީޓީވީ ކެމެރާ ހުރެ އެވެ. އިސްކަންދަރު މަގުގައި ހުންނަ އެގޭގެ ދެކޮޅުންނާއި އެގެ ހުންނަ މަގާއި އިންވެގެން އޮންނަ ރިޔާސީ މަގުގައިވެސް އެގެއާ ގާތުގައި ކެމެރާތައް ހުރެއެވެ.

ކެމެރާ 1

ބިސްބުރު ކައިރިން އިސްކަންދަރު މަގަށް އިރަށް ވަންނައިރު ކަނާތް ފަރާތުން ޖެހޭ އެއްއިމާރާތަކީ ޕާސަނަލް ކޮމްޕިއުޓަރސްގެ ފިހާރައެކެވެ. ފިހާރައިގެ ބޭރުގައި ހަރުކޮށްފައިވާ ދެ ކެމެރާއިން ހުޅަނގާ ވީ ފަޅިއަށް ހުންނަ ކެމެރާއަށް ނާރާ ގޮތަކަށް އެމަގަކަށް ބަޔަކަށް ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އިރުމައްޗާ ވީ ފަޅިއަށް ހުންނަ ކެމެރާއިން ޔާމީން މަރާލާފައި އޮތް ގެ މ. ސްޕެކްޓިއުލާގެއަށް ވަންނަ މީހަކު ނުވަތަ ބަޔަކު އެނގޭނެއެވެ. އިސްކަންދަރު މަގުން އެގެއާ ހަމައަށް ދަންދެން އެކެމެރާއަށް ގެއްލޭ ގޮތަކަށް ދެވޭނެ ހެނެއް ހިއެއް ނުވެއެވެ.

ކެމެރާ 2

މިއީ އިސްކަންދަރު މަގުން ބިސްބުރު ކައިރިން އިރުމައްޗާ ވީ ކޮޅަށް ވަންނައިރު ވާތް ފަރާތުގައި ހުންނަ ގެއެއްގައި ހުންނަ ކެމެރާއެކެވެ. މިކެމެރާއަށްވެސް އެމަގަށް ވަދެގެން އަންނަ ބަޔަކު އަރާނެއެވެ. ނަމަވެސް މިކެމެރާ އިންނަ ގޮތުން މ. ސްޕެކްޓިއުލާގެއާ ހަމަައަށް އެބަޔަކު ދިޔަކަމެއް ނޭނގޭނެއެވެ. މިކެމެރާއަށް ފެންނާނީ ހަމައެކަނި އެމަގަށް ވަންނަ ތަނެވެ.

ކެމެރާ 3

މިކެމެރާ ހުންނަނީ މ. ސްޕެކްޓިއުލާގެ ހުންނަ ބްލޮކްގައި އެއްގެ ދޫކޮށް ހުޅަނގަށް ހުންނަ ފިހާރައެއްގައެވެ. ދެކޮޅަށް ދެކެމެރާ އަޅާފައިވާއިރު ބިސްބުރު ކައިރިން އިސްކަންދަރު މަގަށް ވަދެގެން ޔާމީން މަރާލާފައި އޮތް ގެއާ ދިމާލަށް ކުރިއަށް އަންނަނަމަ މިކެމެރާއަށް އަރާނެއެވެ. އަދި އެފިހާރަ ފަސްދީ ގޮސް މ. ސްޕެކްޓިއުލާގެއަށް ބަޔަކު ވަންނަ ނަމަ މިފިހާރައިގާ ހުޅަނގުން އިރަށް ހަރުކޮށްފައި އިންނަ ކެމެރާއަށް ނާރާ ގޮތަކަށް އެގެއަކަށް ވަދެވޭނެ ކަމަށް ނުބެލެވެ އެވެ.

ކެމެރާ 4 އެއް

މިކެމެރާ ހުންނަނީ ޔާމީން މަރާލާފައި އޮތް ގޭގެ ކުރިމަތިން އެމަގުގެ އަނެއް ފަޅީގައި ހުންނަ ގެއެއްގެ އަސްކަނީގައެވެ. މުޅި ހިސާބު ކަވަރަ ކުރެވޭ ގޮތަށް ވަށައިގެން ފެންނަ ގޮތައް އިންނަ މި ކެމެރާއަށް ނާރާ ގޮތަކަށް މ. ސްޕެކްޓިއުލާގެއަކަށް ނުވަދެވޭނެއެވެ. އަދި ނުވެސް ނުކުމެވޭނެއެވެ.

ކެމެރާ 5

މި ކެމެރާއަކީ ޔާމީން މަރާލާފައި ހުރިގޭގެ އެއްފަޅިއަށްވާ ގޮތައް އޮންނަ ރިޔާސީ މަގުގައި ހުންނަ ދެ ކެމެރާއެވެ. ފިހާރައެއްގެ ބޭރުގައި ހުންނަ މި ކެމެރާ ދެކޮޅަށް ވާ ގޮތައް ހުންނައިރު އިސްކަންދަރު މަގުން ރިޔާސީ މަގަށް ވަންނަ އަދި އެމަގުން އިސްކަންދަރު މަގަށް ނިކުންނަ ކޮންމެ މީހަކުވެސް އަރާނެއެވެ. މ. ސްޕެކްޓިއުލާގެއިން ބަޔަކު ނުކުމެގެން އިސްކަންދަރުމަގުން އިތުރަށް ކުރިއަށް ނުގޮސް މަގަކަށް އަޅާނަމަ ފުރަތަމަ އެޅޭނީ މިމަގަށެވެ. އޭރުން އެއިން ކޮންމެވެސް އެއް ކެމެރާއަކަށް ހުންނާނީ އެމީހަކު އަރާފައެވެ.

ކެމެރާ 6

މިކެމެރާ ހުންނަނީ ބިސްބުރު ކައިރިން އިސްކަންދަރު މަގަށް ވަދެގެން އަންނައިރު ރިޔާސީ މަގުވެސް ފަސްދީ ކަނާތްފަރާތުގައި ހުންނަ ފިހާރައެއްގައެވެ. މިކެމެރާ އަޅުވާފައިވަނީ ބިސްބުރާ ދިމާލަށް ކަމުން ޔާމީން މަރާލާފައި އޮތް ގެއަށް ވަދެނުކުމެ ހަދާ މީހުން މި ކެމެރާއަށްވެސް ދާނީ އަރަމުންނެވެ.

ކެމެރާ 7

މިއީ އިސްކަންދަރު މަގާއި ޖަވާހިރު މަގާއި ގުޅުނު ކަންމަތީގައި ބިސްބުރާވީ ފަޅީގައި ހުންނަ ފިހާރައެއްގައި ހުންނަ ކެމެރާއެކެވެ. މާވެޔޮމަގުން ވަދެގެން ބިސްބުރާ ދިމާލަށް އަންނަ މީހުން މިކެމެރާއަށް ރީތިކޮށް އަރާނެއެވެ.

މިއީ ޔާމީން މަރާލާފައި އޮތް ގެ ހުންނަ އިސްކަންދަރު މަގުގެ އެގޭހުންނަ ސަރަހައްދު ތަކުގައި ހަރުކޮށް މިހާރުވެސް ފެންނަން ހުރި ކެމެރާ ތަކެކެވެ. މިކެމެރާތަކަށް ނާރާ ގޮތަށް ޔާމީންގެ ޤާތިލުން އެގެއަށް ވަދެ ނުކުމެ ހެދޭނެ ހެނެއް ހީއެއް ނުވެއެވެ. ނަމަވެސް މި ކެމެރާތަކުގެ ހާލަތެއް ރާއްޖެ ޓީވީއަކަށް ނޭނގެއެވެ. މިކެމެރާތަކަކީ އޭގެ ބޭނުން ފުދޭގޮތައް އަބަދުވެސް ޖައްސާފައި ހުރި ކެމެރާތަކެއް ނަމަ މިއީ ޔާމީން މަރާލި މީހުންނަށް އެގެއަށް ވަދެ ނުކުމެ ހެދުމުގައި ސިއްރު ނުކުރެވޭނެ ވަސީލަތެކެވެ. މިއިން ކޮންމެވެސް ކެމެރާއަކަށް އަރާނެއެވެ.

މައި ކެމެރާ، ކެމެރާ 8

މިއީ ޔާމީން މަރާލާފައި އޮތް ގޭގެ ތެރޭގައި ހުރި ކެމެރާ ތަކެކެވެ. އެންމެ ތިރީގައި ހަރުކޮށްފައި ހުރި ކެމެރާގެ މޫނުމަތި އަނބުރާލާފައި ހުރިއިރު، އެ ތަނުގެ ލައިޓް ހުރީ ނިއްވާލައިފަ އެވެ. ނަމަވެސް ބޭރުގައި ހުރި އެހެން ކެމެރާތަކަށް ނާރައި ސަލާމަތް ވެވޭނެ ކަމަށް ނުބެލެވެ އެވެ.

ކޮންމެއަކަސް މިއީ ޔާމީން މަރާލި ގާތިލުން ހޯދުމަށް އެހީތެރިވެދާނެ އާލާތްތަކެވެ. މިކެމެރާތަކުގެ ފުޓޭޖްތައް ލިބިއްޖެނަމަ އެބަޔަކު ހޯދުމަށް ފަސޭހަ ވެގެން ހިނގައިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު