Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 4 އަހަރު

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ހަމައެކަނި ޕީޕީއެމް އަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2017 | ހުކުރު 09:41
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިންނަށް ގެއްލިފައިވާ ގިނަ ހުއްގުތަކެއް ހޯއްދައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތުމަށް ފަހުގައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް މިއަދު ހަތަރު އަހަރު ފުރިގެންދާއިރު އެމނިުފާނުގެ ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހިންނަށް ލިބިފައިވާ ހައްގުތައް ވެސް މި ވަނީ ނިގުޅައިގެންފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިންނަށް ހައްގުތައް ލިބުމުގެ ބަދަލުގައި ހައްގުތަކުން ދަނީ މަހުރޫމްވަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ބުރަ މަސައްކަތްތަކެއް ކޮށްގެން ސިޔާސީ ގޮތުން ދިވެހިން ހޯދި މިނިވަންކަން ރައީސް ޔާމީންގެ ވެރިކަމުގައި މި ވަނީ ނިގުޅައިގެންފައެވެ. ސިޔާސީ ގޮތުން އެމަނިކުފާނާ ހިޔާލް ތަފާތުވާ ކޮންމެ މީހަކަށް އޮންނަން ޖެހިފައި މިވަނީ ޖަލުގެ ކުޑަގޮޅީގައެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ސިޔާސީ ގޮތުން ވާދަވެރި ލީޑަރުންތަކެއް ތިއްބެވި ނަމަވެސް މިއަދު އެ ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގެ ކުޑަގޮޅީގައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ޝައިޙް އިމްރާން އަބްދުﷲ އާއި ގާސީމް އިބްރާހީމް މިވަނީ ސަލާމަތް ނުވެވޭ ފަދަ ދަންތުރައެއްގައި ޖައްސާފައެވެ. މި ހުރިހާ ބޭފުޅުންގެ ވެސް "އަސްލު" ކުށަކީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމެވެ. އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔުމެވެ. ސަރުކާރުން ކުރާ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށް އަޑުއުފުލުމެވެ.

ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރަށް ފާޑުކިޔައި އަޑުއުފުލުމަކީ ޓެރެރިޒަމްގެ ކުށެއް ކަމަށް ވެދާނެއެވެ. އެކަމުގެ ހެއްކަކީ ގިނަ ސިޔާސީ ލީޑަރުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލައި ޖަލަށްލާފައި ވުމެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ސަރުކާރާއި ނުވަތަ އެމަނިކުފާނާ ވާދަވެރި ނުވަތަ ވާދަ ކޮށްފާނެ ކަމަށް ގަބޫލު ކުރެއްވޭ ހުރިހާ ސިޔާސީ ލީޑަރުންނަށް ޖަލުގެ ކުޑަ ގޮޅި ދެއްކެވުމަށް ފަހު ރައީސް ޔާމީން ނިންމަވާލެއްވީއެއް ނޫނެވެ. އެމަނިކުފާނު ނިސަބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ސިޔާސީ ހަރަކާތެއް ހިންގަން ޖާގަ ނުދެއްވައޭ ބުނުން ދޮގަކަށް ނުވާނެއެވެ.

އެގޮތުން ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ވެރިރަށް މާލޭގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދަ އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުދޭ ކަމީ އެމަނިކުފާނުގެ ވެރިކަމަށް ހަތަރު އަހަރު ފުރިގެންދާއިރު އޮތް އެންމެ ބޮޑު އެއް ހަގީގަތެވެ. ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ޖަލްސާތައް ބާއްވައި، ސިޔާސީ ހަރަކާތްތައް ނުހިންގަނީ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ތާއިދު ނެތުމުންނެވެ.

ދެން އޮތީ ހިޔާލްފާޅުމުގެ މިނިވަން ކަމުގެ ވާހަކައެވެ. ސިޔާސީ ޕޯޑިއަމްތަކުގައްޔާއި އެ ނޫން ވެސް ޕްލެޓްފޯމްތަކުގައި ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކުން މިއަދު ވެފައި ވަނީ އަބުރާ ބެހުން ކަމުގައެވެ. އެގޮތުން ނޫސްވެރިންނަށާއި މީޑިއާތަކަށާއި އަދި ސިޔާސީ ބޭފުޅުންނަށްގެ މައްޗަށް އަބުރާ ބެހުނު ކަމަށް އެތައް ދައުވާތަކެއް އުފުލައި ބޮޑެތި އަދަަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖޭގެ ނޫސްވެރިންނަށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި ތިބެންޖެހިފައި މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ސަބަބަކީ ބޮޑު ޖޫރިމަނާއެއް އައިސް އެ ޖޫރިމަނާ ނުދެއްކި ޖަލަށް ދާން ޖެހިދާނެތީއެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ހާލަތަކީ ވެސް ހަމަ މިއީއެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހާއި ޝަރުޢީ ކޯޓްތާއި މިނިވަން މުއައްސަސާތަކަށް ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނިންމުމަކީ މިއަދު ކުރެވިދާނެ ކަމެއް ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ ގިނަ ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ނުވަތަ ހިންގާ މަޝްރޫޢުތުގައި މައްސަލަތައް ހުރުމުން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުމުން އެ މައްސަލަތައް ބެލިފައި ނުވާތީއެވެ. ނުވަތަ ބަލަމުން ނުދާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަލާއިރު ގާނޫނުއަސާސީ އާއި އެއްގޮތަށް މިނިވަން ކަމާ އެކު މަޖިލީހުގެ ތެރޭގައި މެމްބަރުންނަށް މަސައްކަތް ކުރުމަކީ މިއަދު ކުރެވެން ނެތް ކަމެކެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަމަކާ ދެކޮޅަށް މެމްބަރަކު ވޯޓް ދެއްވައިފި ނަމަ ގޮނޑި ގެއްލިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ސަބަބަކީ މެމްބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލު ކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާތީއެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ތެދުވި ގިނަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވުމަކީ ވެސް މަޖިލިސް މެމްބަރުންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރަން ކެރިވަޑައިނުގަންނަވާ އެއް ސަބަބެވެ.

އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ ހާލަތަކީ ވެސް އެއީއެވެ. އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ކޮންމެ ކޮމިޝަނެއް ވެސް ހަރަކާތްތެރިވަމުން ދަނީ ސަރުކާރުން ޖަހާ ބެރަކަށް ނަށާ ފަދަ ގޮތަކަށެވެ.

ދެން އޮތީ ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންގެ ވާހަކައެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގައި މިނިވަން ޖުޑިޝަރީއެއް ނެތެވެ. ކޯޓްތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވިދާނެ ކަމަށް މިއަދު ރައްޔިތުންނެއް ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައި އެ ދައުވާ ސަރުކާރުން ބޭނުންވާ ގޮތަށް ސަރުކާރުގެ ކޮޅަށް ނިމިގެންދާތީއެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރިގެންދާއިރު ރައްޔިތުންނަށް ލިބުނު އެއްވެސް އުފަލެއް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ކޮންމެ މަޝްރޫޢުއެއްގައި ކޮރޮޕްޝަން ހިންގާ ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ހައްގުތައް ދުވަހެއް ދުވަހަކަށް ފަހަތަށް ޖެހި ތާށިވަމުންދާކަމީ އަދުގެ ހަގީގަތެވެ. އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރަށް ބަހާރު މޫސުން އައިސްގެން އުފާފާޅު ކުރުމުގެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ނުކުރާމީ މިއަދުގެ ހަގީގަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު